ކޯޓް ޓެކްނޮލޮޖީ

ctech

މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް (މެމްސް)

ޝަރްޢީދާއިރާގެ މަސައްކަތްތައް ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ކުރުމަށް ފާއިތުވި މުއްދަތުގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިގޮތުން ހިންގުނު ގިނަ މަސައްކަތްތައް ދިމާވި އެކި ހުރަސްތަކުގެ ސަބުން ކުރިއަށް ނުގެންދެވި ދިއުމަށް ފަހު، އާ މަޝްރޫޢެއް ހިންގުމަށް ތައްޔާރުކުރެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. މުޅި މަޝްރޫޢުން ޙާޞިލުކުރަން ބޭނުންވި އެންމެ މުހިންމު ލަނޑުދަޑިއަކީ ޝަރްޢީދާއިރާއަކީ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބަރޯސާވެފައިވާ އަދި ކަރުދާހާ ނުލާ މަސައްކަތްކުރާ،ރައްޔިތުންނަށް ހަލުއިކަމާއެކު ޚިދުމަތްދޭ ދާއިރާއެއްގެ ގޮތުގައި ޝަރްޢީ ދާއިރާ ވެގެން ދިއުމެވެ. މެމްސްގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ކޯޓްމޮޑިއުލް، އެމްޕްލޯއީސް އިންފޮރމޭޝަން ސިސްޓަމް  (އީ.އައި.އެސް)، އަދި މެއިލް މެނޭޖްމަންޓްއެވެ.


1- އެމްޕްލޯއީ އިންފޮރމޭޝަން ސިސްޓަމް (އީއައިއެސް)

- - އައިއެސްއަކީ މުވައްޒަފުންގެ ހުރިހާ ރެކޯޑުތައް ބެލެހެއްޓުމަށްޓަކައި ތައްޔާރު ކުރެވިފައިވާ މޮޑިއުލްއެކެވެ. މި މޮޑިއުލްގެ އެހީގައި މުޅި ޝަރްޢީދާއިރާގެ މުވައްޒަފުންގެ ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓޭނެއެވެ.

- މުވައްޒަފުންގެ ޙާޟިރީއާއި ސަލާމާއި ޗުއްޓީގެ ހުރިހާ ރެކޯޑުތަކެއް އީއައިއެސް ގެ ތެރެއިން ބެލެހެއްޓިގެންދާނެއެވެ. އަދި ޝަރްޢީދާއިރާއިން ވަޒީފާދެވޭ މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރަންޖެހޭ މީހުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ބަދަލުކުރުންފަދަ ހުރިހާ ޗިޓުތަކެއް ސިސްޓަމްގެ ތެރެއިން ޖެނަރޭޓްކޮށް އެ މަޢުލޫމާތު ރެޖިސްޓްރީއަށް އަބަދުވެސް އަޕްޑޭޓް ވަމުންދާނެއެވެ. އަދި މުވައްޒަފުންގެ ޢަދަދާއި ހުސް މަޤާމްތަކާއި ޢުމުރާއި މުވައްޒަފުން މަޤާމްގައި ހޭދަކުރި މުއްދަތާއި އެމުވައްޒަފުން ތަމްރީނުކޮށް ފައިވާ ކޯސްތަކާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި ސޮފްޓްވެއަރގެ އެހީގައި ފަސޭހަކަމާއެކު ބެލެހެއްޓޭނެއެވެ.

އަދި ޗުއްޓީއަށް އެދުމާއި ޗުއްޓީ ދިނުމާއި ބަދަލުގައި މަސައްކަތް ޙަވާލުކުރުމަށް ސިސްޓަމްގެ ތެރެއިން ޗިޓުތައް ހެދިގެން ދާނެއެވެ، - މުވައްޒަފުންގެ މުސާރަ ޝީޓް ސިސްޓަމުން ޖެނެރޭޓް ކުރުމާއި ގަޑީލާރިއާއި އިތުރުގަޑި ހެދުމަކީވެސް އީއައިއެސްގައި ހިމެނޭ މުހިންމުބައިތަކެވެ.- - ޓްރޭނިންގ މޮޑިއުލްގެ ގޮތުގައި އީއައިއެސްގެ ތެރެއިން ކަވަރުކުރެވޭނީ ޓްރޭނިން ރިކުއާމެންޓް ތައްޔާރުކޮށް ބެލެހެއްޓުމާއި އެ ތަންފީޒުކުރެވޭ މިންވަރާއި ޓްރޭނިންދެވޭ މީހުންގެ މަޢުލޫމާތާއި ޓްރޭނިން ފުރިހަމަ ކުރަމުންދާ ފަރާތްތަކާބެހޭ ހުރިހާ މަޢުލޫމާތެއް ބެލެހެއްޓުމެވެ.

2- މެއިލް މެނޭޖްމަންޓް

މެއިލް މެނޭޖްމަންޓުގެ ތެރެއިން އޮފީހަށް ލިބޭ އެންމެހާ ލިއުކިއުންތައް ބެލެހެއްޓުމުގެ ނިޒާމް ހަމަޖެހިގެންދާނެއެވެ މިގޮތުން:

 - އޮފީހަށް ލިބޭ އެންމެހާ ލިއެކިއުންތައް ސިސްޓަމްގެ ތެރެއިން އެންޓްރީ ކުރުމާއި ސެކްޝަންތަކަށް ޙަވާލުކުރުމާއި އެތަކެއްޗަށް ޖަވާބުދެވޭ ކަން މޮނިޓަރ ކުރުން ހިމެނެއެވެ.

 - އޮފީހުގެ ފަރާތުން ބޭރަށް ފޮނުވަންޖެހޭ އެންމެހާ ލިއުންތަކުގައި ނަންބަރު ޖެހުން މެއިލް މެނޭޖްމަންޓުގެ ޑިސްޕެޗް ބައިން ކުރެވޭނެއެވެ.

 - މެމްސްސޮފްޓްވެއާރ ބޭނުންކުރާނީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތަކާއި ޝަރްޢީދާއިރާގެ އެންމެހާ އޮފީސްތަކުންނެވެ.

- މަތީގައި ފާހަގަ ކުރެވުނު މަސައްކަތްތައް ކުރިއަށް ދާއިރު ކަމާގުޅޭ އެންމެހާ ޑޮކިއުމަންޓުތައް ސްކޭންކޮށް ސިސްޓަމްގެ ތެރެއަށް އަޕްލޯޑް ކުރެވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

 - ފާހަގަކުރެވުނު މައިގަނޑު ބައިތަކުގެ އިތުރުންވެސް މައްސަލަތަކާގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލެހެއްޓުމާއި، އޮފީހުގެ އެންމެ އިސްވެރިޔާގެ ޝެޑިއުލްތައްޔާރު ކުރުމާއި އޮފީހުން އިންތިޒާމްކުރާ ބައްދަލުވުންތަކާބެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމާއި ފައިސާއާބެހޭ މަސައްކަތްތަކާބެހޭ ބައިތައްވެސް ހިމެނިފައިވާނެއެވެ.

3- ކޯޓް މޮޑިއުލް (މެކްސް):

 - މައްސަލަތައް ހިންގުމުގެ ނިޒާމް ކޮމްޕިއުޓަރައިޒް ވެގެންދާއިރު އޭގެތެރޭގައި ހިމެނޭނީ މައްސަލަ ހުށަހަޅާ ފޯމްތައް ކޯޓަށް ބަލައިގަތުމަށް ފަހު ފޯމް އެޕްރޫވް ކުރުމާއި މައްސަލަ ހުށަހެޅުމުގެ ފީގެ ފައިސާ ބަލައިގަތުމާއި ފަނޑިޔާރުންނާ މައްސަލަ ޙަވާލުކުރުމާއި މައްސަލަ ތާވަލް ކުރުމާއި ޗިޓު ހެދުމާއި މައްސަލައަށް ޙާޒިރުވާ މީހާއަށް ޗިޓު ރައްދުވިކަން ދެނެގަތުމާއި މައްސަލައަށް ކޯޓަށް ކިޔާފައިވާ ފަރާތްތައް ކޯޓަށް ޙާޒިރުވިކަން ދެނެގަތުމާއި މައްސަލައިގެ އަޑުއެހުންތައް ރެކޯޑުކޮށް އިއްވޭ ނިޔާތައް ރެކޯޑު ކުރުމެވެ.

 - ބަލަމުންދާ މައްސަލައެއް ފަނޑިޔާރު ޗުއްޓީ ނެންގެވުމާ ގުޅިގެން ނުވަތަ އެހެން ސަބަބަކާހުރެ އެހެން ފަނޑިޔާރުންނަށް އިސްޤާޟީގެ ނިންމެވުމެއްގެ ދަށުން މައްސަލަ ހަވާލު ކުރެވޭނެގޮތްވަނީ އިންތިޒާމް ކުރެވިފައެވެ.

 - ސެކްޝަންގައި ނުނިމިހުރި މައްސަލަތަކުގެ ލިސްޓާއި މުޅިކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ލިސްޓާއި ދުވަހު ބާއްވާ މައްސަލަތަކުގެ ޢަދަދުފަދަ މަޢުލޫމާތު ފަސޭހަކަމާއެކު ސިސްޓަމުން ބަލާލެވޭނެއެވެ.

- ޕޯސްޓް ޖަޖްމަންޓް އެކްޝަންގެ ގޮތުގައި ހިމެނިގެން ދާނީ މައްސަލައިގެ ޙުކުމް އިއްވުމަށްފަހު ތަންފީޒު ޗިޓާއި ސާބިތު ދަރަނީގެ ޗިޓާއި، ސާބިތު ޚަރަދުގެ ޗިޓު ސިސްޓަމްގެ ތެރެއިން ހެދުމާއި ކުށުގެ ރެކޯޑު ސިސްޓަމްގެ ތެރެއިން އަޕްޑޭޓް ވަމުންދިއުމެވެ.

 - ދަރަންޏާއި ޚަރަދުގެ ރެކޯޑުގެ ގޮތުގައި ކޮމްޕިއުޓަރައިޒް ވެގެންދާނީ ކޯޓަށް ބަލައިގަނެވޭ ޚަރަދާއި ދަރަނީގެ ރެކޯޑުތައް ބެލެހެއްޓުމާއި ކޮންމެ ދަރަންޏަކުން ދެއްކޭ މިންވަރާއި ނުދެއްކި އޮތް ބާކީ ބެލެހެއްޓުމެވެ.

- ކޯޓު އަމުރުތައް ނެރުމުގެ މަސައްކަތުގެ ތެރެއިން ކޮމްޕިއުޓަރައިޒް ވެގެންދާނީ ކޯޓުން ނެރެންޖެހޭ އަމުރުތައް ސިސްޓަމްގެ ތެރެއިން ޖަނަރޭޓް ކުރުމާއި އެތަކެތީގެ ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުމެވެ. މީގެ ތެރޭގައި ބަލާފާސް ކުރުމުގެ އަމުރުތަކާއި، ތަޙްޤީޤަށް މީހުންބަންދުކުރުމާއި، ބަންދުން ދޫކޮށްލުމާއި، އެކައުންޓް ފްރީޒްކުރުމާއި،ޕާސްޕޯޓް ހިފެހެއްޓުން ފަދަ ހުރިހާ ކޯޓު އޯޑަރުތަކެއް ހިމެނެއެވެ.

- ކާވެންޏާއި ވަރީގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރުމުގައި ހިމެނެނީ ކާވެނީގެ ފޯމާއި ވަރީގެ ފޯމް ބަލައިގަތުމާއި ކާވެންޏާއި ވަރީގެ ދަފްތަރު (ރެޖިސްޓްރީ) ބެލެހެއްޓުމާއި ކާވެންޏާއި ވަރީގެ ސެޓްފިކެޓް ތައްޔާރު ކުރުމާއި ކާވެންޏާއި ވަރީގެ އެންމެހާ ރެކޯޑުތައް ބެލެހެއްޓުމެވެ.

 - ދުވަސްވީ ޝަރްޢީ ލިއުން ނުވަތަ އާކާއިވް ބެލެހެއްޓުމުގެ މަސައްކަތުގައި ހިމެނިފައިވަނީ ދުވަސްވީ ކުރީގެ މައްސަލަތަކާބެހޭ ލިއުންތަކާއި، ކާވެންޏާއި ވަރީގެ މަޢުލޫމާތު ބޭނުންވުމުން ފަސޭހައިން ހޯދޭގޮތަށް ކޯޓުތަކުން ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިތުރު ނޯޓެއް ނުފޮނުވާ ވަގުތުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މެމްސްގައި އިތުރަށް ހިމެނޭނެ ބައިތައް:

 - އީ-ފައިލިންގ ގެތެރޭގައި ހިމެނިގެންދާނީ ލޯފާމްތަކުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި އެޓަރނީޖެނެރަލް (އޭޖީ) އޮފީހުން އިލެކްޓްރޯނިކްކޮށް ފޮނުވާ މައްސަލަ ފޯމްތައް ކޯޓުން ބަލައިގަތުމާއެކު އެންޓްރީ ޕްރޮސެސްގެ ތެރެއަށް ވަދެގެން ދިއުމެވެ.

 - ލޯޔަރުންގެ ރެޖިސްޓްރީ ބެލެހެއްޓުމުގެ ތެރޭގައި ހިމެނިގެންދާނީ ރާއްޖޭގެ ޝަރްޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިތިބި ވަކީލުންގެ މަޢުލޫމާތު އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓެމުން ދިއުމާއެކު ހުރިހާ ކޯޓުތަކަށް ލޯޔަރުންގެރެޖިސްޓްރީއަށް އެކްސެސް ވަމުން ދިއުމެވެ.

މެމްސް ސޮފްޓްވެއަރ އަކީ މުޅި ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި ބޭނުންކުރުމަށް ހަމަޖައްސާފައިވާ ރަސްމީ ސޮފްޓްވެއަރއެވެ. މި ސޮފްޓްވެއަރ ޝަރުޢީދާއިރާގައި ބޭނުންކުރުމަށް ހަމަޖެހުމާގުޅިގެން އެއްވެސް އިދާރާއަކުން އިތުރު ސޮފްޓްވެއަރއަކަށް ޚަރަދުކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މި ސޮފްޓްވެއަރ ޑިވެލޮޕްކޮށް މެއިންޓެއިންކޮށް ބަލަހައްޓަމުންގެންދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މި ސޮފްޓްވެއަރގެ މިހާރު ބޭނުންކުރާ ވަރޜަންއަކީ 03 އެވެ.

އޯޑިއޯ ވިޜުއަލް ކޮންފަރެންސް ސިސްޓަމް

އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށާއި މާލޭގެ ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވަނީ އޯޑިއޯ ވިޜުއަލް ކޮންފަރެންސް ސިސްޓަމަކުން ގުޅުވާލެވިފައެވެ. މިއީ ދުރުގައި ތިބެގެން ޝަރުޢީ ކޯޓުތަކުގެ ބޭނުމަށާއި ހެކިބަސް ނެގުމަށް ބޭނުންކުރަމުންދާ މުހިންމު ވަސީލަތެކެވެ. އޯޑިއޯ ކޮންފަރެންސް ސިސްޓަމް މެދުވެރިކޯށް ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި މާލޭ ކޯޓުތަށް ވަނީ ގުޅިފައެވެ. އަދި ހުރިހާ އަތޮޅުވެރިކަން ކުރާ މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ކ.މާފުށީ މެޖިސްޓްރޭޓް ކޯޓާއި މާލޭ ކޯޓުތަކާއި ޑިޕާޓްމަންޓު ވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ގުޅާލެވި ބޭނުންކުރަން ފެށިފައެވެ.

އޯޑިއޯ ވިޜުއަލް ކޮންފަރެންސްގެ ޒަރީޢާއިން ގުޅާލުމަށް ބޭނުންކުރަމުންދަނީ 2 Mbps ގެ ބޭންޑްވިތް އެކެވެ.

ޝަރުޢީދާއިރާގައި ބޭނުންކުރަމުންދަނީ އެންމެ ހައިއެންޑް HD ޕޮލިކޮމް ސިސްޓަމްތަކެކެވެ.

ކޯޓް ރެކޯޑިންގް ސިސްޓަމް

ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތްތައް ޑިޖިޓައިޒްކޮށް ރެކޯޑްކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރަމުންދަނީ ހައިއެންޑް ބޯޝް ސިސްޓަމްތަކެކެވެ. މިސިސްޓަމް މިހާރުވަނީ 120 ކޯޓެއްގައި ވަނީ ބެހެއްޓިފައެވެ. އޭގެ އިތުރުން އެހެން ކޯޓުތަކުގައި ބޭނުންކުރެވެނީ ޑިޖިޓަލް ރެކޯރޑަރ ތަކެކެވެ. މިތަންތަންވެސް ފިޔަވަހިތަކަކަށް ބަހާލައިގެން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވެއެވެ.

އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ސިސްޓަމް

ރާއްޖޭގައި ޤާއިމްކުރެވިފައިވާ އެންމެ ބޮޑު ވައިޑްއޭރިއާ ވިޢުގާ ޤާއިމްކޮށްފައިވަނީ ޝަރުޢީދާއިރާގައެވެ. އާބާދީގައި 1000 (އެއްހާސް) ހިމެނޭ ކޮންމެ ރަށެއް ވަނީ އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލެވިފައެވެ. މިނެޓްވަރކް ފުރިހަމަވެގެންދާއިރު 101 (ސަތޭކް އެއް ރަށެއް) ހުންނާނީ ގުޅާލެވިފައެވެ. މިރަށްތައް ގުޅާލެވިފައިވާނީ 2 Mbps ބޭންޑްވިތްގެ ޕައިޕަކުންނެވެ.

މިވިޢުގައިގައި އިންޓަރނެޓާއި ވޮއިސް ކޮމިއުނިކޭޝަން ލިބޭނެއެވެ. އާންމު މުވާޞަލާތަށް މިވިޢުގާ ބޭނުންކުރާނީ ވޮއިސް އޮވަރ އައިޕީ ފޯނުތަކެވެ. އަދި ވިއުގައިގައި ފެކްސްމެޝިން ބޭނުންނުކޮށް ފެކްސް ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މިވިއުގައިގައި ހިމެނޭ ކޮންމެ ކޯޓަކާއި އިދާރާއަކުންވެސް އެތަނެއް މެނޭޖްކުރުމަށް ބޭނުންކުރާނީ އިންޓަރނެޓްގެ ޒަރީޢާއިން މެމްސްއެވެ.

ސޮފްޓްވެއަރ ޑިވެލޮޕްމަންޓް

ޝަރުޢީދާއިރާގެ މުހިންމު ސޮފްޓްވެއަރއެއް ކަމުގައިވާ މެމްސްއާއި މެކްސް މިހާރު ޑިވެލޮޕްކޮށް ލިޔެ، ބަގްފިލުވަމުން ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޕްރޮގްރާމަރުން އަމިއްލައަށެވެ. މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 06 ވެބްސައިޓާއި ޑޭޓާބޭސް ފަރުމާކޮށް ބަލަހައްޓަމުން ގެންދަނީ ޑިޕާޓްމަންޓުގެ އައިޓީ ޓީމުންނެވެ.

ޑޭޓާ މެނޭޖްމަންޓް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޑޭޓާ ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދަނީ ތިން ލޮކޭޝަނެއްގައި ސަރވަރތައް ބަހައްޓައިގެން މިތަކެތީގެ ޑޭޓާ ބެކަޕް ނަގަމުންގެންދާ ގޮތަށެވެ.

ޑޮކިއުމަންޓް މެނޭޖްމަންޓް ސިސްޓަމް

ރާއްޖޭގެ ނިސްބަތުން އެއްދާއިރާއެއްގައި އެންމެ ގިނައިން ޑޮކިއުމަންޓް ޖެނެރޭޓްކުރާ ދާއިރާއަކީ ޝަރުޢީދާއިރާއެވެ. ޝަރުޢީދާއިރާގައި މައިގަނޑުގޮތެއްގައި ދެބާވަތެއްގެ ޑޮކިއުމަންޓުތަކެއް ޖެނެރޭޓް ކުރެވެއެވެ. އެއީ އިދާރީ ކަންތައްތަކާއި ގުޅޭ ޑޮކިއުމަންޓުތަކާއި މައްސަލަތަކާއި ގުޅޭ ޝަރުޢީ ލިޔުންތަކެވެ.

ޝަރުޢީ މައްސަލަތަކާއި ގުޅޭ ލިޔުންތައް ބަލަހައްޓަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަރުޝީފުގައެވެ. މާލޭގައި ގާއިމްކުރެވިފައިވާ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުން އަހަރެއްގެ މައްޗައް 40 ހާސް ފައިލް އުފައްދައެވެ. މިކަމަށް ގާތްގަނޑަކަށް 800 އަކަފޫޓުގެ އޭރިއާއެށް ބޭނުންވެއެވެ.

މީގެ އިތުރުން އަތޮޅުތަކުން އަންނަ ކައިވެންޏާއި ވަރީގެ ޑޮކިއުމަންޓުތަކާއި ކުރީގެ ލިޔެކިޔުންތައް އަރުޝީފުގައި ކޮންމެ ދުވަހަކުސް ސްކޭންކޮށް ރައްކާކުރަމުން ގެންދެއެވެ. މިގޮތުން އަރުޝީފުން މަހެއްގެ މައްޗައް 130000 (އެއްލައްކަ ތިރީސްހާސް) ސަފްޙާ ސްކޭން ކުރެވެއެވެ.

އިދާރީ ލިޔުންތަކާއި ޝަރުޢީ ލިޔުންތަކާގުޅޭ އެތައް މިލިއަން ޑޮކިއުމަންޓެއް މިޑިޕާޓްމަންޓުން ބަލަހައްޓަމުން ދެއެވެ. މިގޮތަށް މިކަމަށް ޚާއްސަ ކުރެވިފައިވާ 2400 އަކަފޫޓުވެސް ވަނީ މިހާރު ކުޑަވެ އިތުރު ޖާގައެއް ބޭނުންވެފައެވެ.

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
sex watch
porn
kartal escort
izmit escort
freehdporn.mobi
porno