ތައާރަފް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-RU-/01 (02 ޑިސެމްބަރ 2008) ރޫލިންގްއާ އެއްގޮތްވާގޮތުގެ މަތީން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައެވެ. އަދި މި އިދާރާ ހިންގުމާ ޙަވާލުވެތިއްބެވި ފަރާތްތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޖަވާބުދާރީވަމުން ގެންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

އަދި ޤާނޫނުއަސާސީ އަށް 07 އޯގަސްޓް 2007 ވަނަ ދުވަހު ޢަމަލު ކުރަން ފެށުމާ ހަމައަށް ޝަރުޢީދާއިރާގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދިޔައީ މިނިސްޓްރީ އޮފް ޖަސްޓިސް އިންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުމާބެހޭ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އެންމެ ދުވަސްވީ މުވައްސަސާއެވެ. ޝަރުޢީ ކޯޓުތަކުގެ އިދާރީކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އިދާރާ " ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" މިނަމަށް ބަދަލުވީ 01 އޮކްޓޯބަރ 2008 ގައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުންބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތަށް މަގުދައްކައިދޭ ޤާނޫނުތަކާއި އުޞޫލްތައް:

- ފަނޑިޔާރުންގެ ޤާނޫނު.

- ކޯޓުތަކާ ބެހޭ ޤާނޫނު.

-  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާންމު ސިޓީތައް.

- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރތައް.

-  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ ނިންމުންތައް.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ދަށުގައިވާ ބިންތައް:

-  ޖަސްޓިސް ބިލްޑިންގް / މ.އޯކިޑްމަގު، މާލެ

-  ޖުޑީޝަލް ޓްރޭނިންގ ސެންޓަރ / ވިލިމާލެ

-  ފެމިލީ ކޯޓް / ކާވެންޏާބެހޭބައި

-  ދިވެހިރާއްޖޭގެ ހައިކޯޓް ޢިމާރާތްކުރާ ބިން / މެދުޒިޔާރަތްމަގު، ހެންވޭރު (96 ނަންބަރު ކޮށި)

-ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރާ ބިން /  ބޮޑުތަކުރުފާނު މަގު

 

ތާރީޚް

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން އިންތިޒާމު ކުރެވެމުން އައިގޮތް:

 

 • 2015: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ޙަސަން ސަޢީދު ޙުސައިން ހަމަޖެއްސެވުން.
 • 2013: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމުގައި ހުންނެވި އިބްރާހީމް އަޙްމަދު މަނިކު މަގާމުން ވަކިވުން.
 • 2011: 14 މާޗް 2011 ގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގްއިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 90، 91، 92، 93 އަދި94 ވަނަ މާއްދާ އުވާލައިކުރިއެކޭ އެއްފަދައަކުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގްއާ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެންދެވުން.
 • 2010: 21 އޮކްޓޯބަރ 2010 ގައި ޤާނޫނު ނަންބަރު 2010/22 "ދިވެހިރާއްޖޭގެ ޤާނޫނު" ގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަލުން އުފެއްދުން.
 • 2009: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމަށް އިބްރާހީމް އަޙްމަދު މަނިކު ހަމަޖެއްސެވުން.
 • 2008: 2 ޑިސެމްބަރު 2008 ގައި ސުޕްރީމް ކޯޓުގެ ނަންމަބރު 2008/SC-RU/01 ރޫލިންގް އިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެންދެވުން.
 • 2008: 1 އޮކްޓޯބަރ 2008 ގައި ޤާނޫނު ނަންބަރު 2008/10 "ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޖުޑީޝަލް ސަރވިސަސް އުވާލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން.
 • 2008: މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަޞްދީޤުކުރެއްވުމާ ގުޅިގެން 07 އޯގަސްޓް 2008ގައި މިނިސްޓްރީ އޮފް ޖަސްޓިސް އުވާލުން. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސް އުފެއްދުން
 • 1996: މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަލުކުރެއްވުން
 • 1993: މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަމަށް ބަދަލުކުރުން.
 • 1968: މަޙްކަމަތުއް ޝަރުޢިއްޔާގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އަށް ބަދަލުކުރެއްވުން.
 • 1934: ވުޒާރަތުލް ޙައްޤާނިއްޔާ ގެ ނަން، މަޙުކަމަތުއް ޝަރުޢިއްޔާއަށް ބަދަލުކުރެއްވުން.
 • 1932: ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވެ ވުޒާރަތުލް ޙައްޤާނިއްޔާ (މިނިސްޓްރީ އޮފް ޖަސްޓިސް) އުފެއްދެވުން. އަދި ވަޒީރުލް ޙައްޤާނިއްޔާގެ ގޮތުގައި އައްޝައިޚް ޙުސައިން ޞަލާޙުއްދީން އިސްކުރެވުނެވެ

 

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno