ނެޓްވޯކް އެންހޭންސްމަންޓް ޕްރޮޖެކްޓްގެ ދަށުން 100 ރަށް ގުޅާލައި، ކޯޓުތައް ގުޅާލުމުގެ މަސައްކަތް ނިމުމަކާ ގާތަށް !

nec1

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑާއި (ދިރާގު) ގުޅިގެން ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ 101 ރަށުގެ މެޖިސްޓްރޭޓް ކޯޓު ގުޅާލުމުގެ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލައިފިއެވެ. މިމަޝްރޫޢުގެ ދަށުން މިހާތަނަށް ގުޅާލާފައިވާ މި 100 މެޖިސްޓްރޭޓް ކޯޓުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ދިރާގުން ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މި 100 ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހައި ސްޕީޑް ލިންކެއް އެ ކޯޓު ތަކާއި، މި ޑިޕާޓްމަންޓާއިދެ މެދު ޤާއިމްކޮށް، އިންޓްރާނެޓް، އިންޓަނެޓް، އަދި ޕީއޭބީޢެކްސްގެ ޚިދުމަށް ދޭން ވަނީ ފަށާފައެވެ. މިއީ ރާއްޖޭގައި ޤާއިމްކުރެވޭ މިފަދަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ވައިޑްއޭރިއާ ވިއުގައެވެ.

އިތުރަށް ވިދާޅުވުމަށް...

އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުން

އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ، ކޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. ކަރަންޓްގެ ޚިދުމަތް ލިބޭނެކަމަށް ލަފާކުރެވެނީ މިއަދުގެ މެންދުރު ނަމާދުގެ ފަހުން ކަމަށް ވާތީ، އެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޑީ.ޖޭ.އޭ ގެ މުވައްޒަފުން ފަހު މަސައްކަތު ބުރާސްފަތި ދުވަސް ފާހަގަކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުން ފަހު މަސައްކަތު ބުރާސްފަތި ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިހިނގާ 2015 ވަނަ އަހަރު ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ވަޒަންކުރުމާއެކު ނުނިމިވާ މަސައްކަތްތައް ފާހަގަކޮށް، އެމަސައްކަތްތައް ހަލުވިކަމާއެކު ނިންމުމުގެ މަސައްކަތް މުވައްޒަފުން ވަނީ ކޮށްފައެވެ. އަދި ކުރިޔަށް އޮތް 2016 ވަނަ އަހަރު ޝަރުޢީ ދާއިރާގެ އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަނީ ޕްލޭން ކޮށްފައެވެ.

2015 ވަނަ އަހަރުގެ ފަހު މަސައްކަތު ބުރާސްފަތި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑިޕާޓްމަންޓުގެ މުވައްޒަފުން ވަނީ މާލޭގައި ހުރި ކޯޓުތަކުގެ ފާރުތަކުގައި ކުލަލައި، ދޮވެ ރީތިކުރުމުގެ މަސައްކަތާއި ކޯޓުތަކުގެ އެތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްފައެވެ.

ޑީ.ޖޭ.އޭ ގެ މުވައްޒަފުންނަށް ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް

dv5

ގެވެށި އަނިޔާއާ މެދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ ގެވެށި އަނިޔާ އަކީ ދިވެހި މި މުޖުތަމަޢު އިން ފާހަގަކުރެވިފައިވާ ސީރިއަސް މައްސަލައަކަށްވާތީ، މި މައްސަލަ އާ މެދު ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މައްސަލަ ޙައްލުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަށް އަހުލުވެރި ބަޔަކަށް ޑިޕާޓްމަންޓްގެ އެންމެހައި މުވައްޒަފުން ހެދުމެވެ.

އިތުރަށް ވިދާޅުވުމަށް...

ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވައިފި

Eid-al-fitr1438

1438 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑިއާގުޅޭ

1438 ވަނަ އަހަރުގެ ރަމަޟާންމަހާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، 1438 ވަނަ އަހަރުގެ ރަމަޟާންމަހާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ޝަރުޢީ ދާއިރާގެވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަނޑިއާގުޅޭ ޢާއްމުސިޓީ ވިދާޅުވުމަށް

ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ސާފުކުރުމާގުޅޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ސާފުކުރާ ފޯމުތަކުގައި ތައްގަނޑު ޖަހައިދިނުމުގެ ބަދަލުގައި ދޫކުރަމުން ދަނީ އެ މަޢުލޫމާތު ހިމެނޭ ރިޕޯޓެކެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ސާފުކުރަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ފިޔަވައި، އެހެން ކޯޓުތަކުން ސާފުކުރަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނިގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އިޢުލާން ވިދާޅުވުމަށް

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓުކުރުމާ ގުޅޭ ޢާއްމު ސިޓީ

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓުކުރުމާ ގުޅޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ޢާއްމު ސިޓީގައި ހިމެނޭ މުހިންމު ކަންތައްތައް ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ވަރިކައިވެނީގެ ތަފާސްހިސާބު 2016

vari2

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނާތާއި އަދި އެނޫންވެސް ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ ކަންކަމާގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލަމުންދަނީ ޝަރުޢީ ކޯޓުތަކުންނެވެ. އެގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ އެފަދަ މައްސަލަތައް ބަލަމުންދަނީ، މާލޭގައި ނަމަ، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ފެމިލީ ކޯޓުން، އަދި އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށެއްގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ. މިފަދަ މައްސަލަތައް ކޯޓުތަކުން ބަލަމުންދަނީ ޢާއިލާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޢާއިލާ އާ ބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

އިތުރަށް ވިދާޅުވުމަށް...

2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގެ ކޭސް މެނޭޖްމަންޓް ރިޕޯޓް ޝާއިޢުކޮށްފި

CM

ޝަރުޢީ ކޯޓުތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި ކޭސް މެނޭޖްކުރިގޮތުގެ ރިޕޯޓް ޝާއިޢުކޮށްފިއެވެ. ޝަރުޢީ ކޯޓުތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ކޭސް މެނޭޖްމަންޓް ރިޕޯޓަށް ބަލާއިރު، ކޯޓުތަކުގެ ޕަރފޯމަންސްއާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ފަހިވެފައިވާކަން ކަށަވަރުކުރުމުގެ ގޮތުން، ޝަރީޢަތް ކުރެވޭ ބަސް ނޭނގޭ އަދި ވާހަކަދެއްކުމާއި، އަޑު އިވުމުން މަޙްރޫމްވެފައިވާ ޚަޞްމުންނާއި، ހެކިންނާއި، ޚަބީރުންނަށް ތަރުޖަމާނުންގެ އެހީތެރިކަން ޝަރުޢީ ކޯޓުތަކުން ދަނީ ފޯރުކޮށްދެމުންނެވެ، ވުމާއެކު، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތުތަކުގައި، ފަސޭހަކަމާއެކު ތަރުޖަމާނުން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމަށްޓަކައި މިޑިޕާޓްމަންޓުގައި ވަނީ ތަރުޖަމާނުންގެ ދަފްތަރެއް ޤާއިމުކޮށްފައެވެ. މި ދަފްތަރުގައި ހިމެނެނީ:

އިތުރަށް ވިދާޅުވުމަށް...