"އިސް މެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ގެ ތިންވަނަ ދުވަސް

Day301

ޖުޑީޝަލް ދާއިރާތަކުގެ 19 ފަނޑިޔާރުންނާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައި ކުރިއަށްދާ "އިސް މެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ގެ ތިންވަނަ ދުވަހުގެ ސެޝަންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

"އިސް މެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ގެ ދެވަނަ ދުވަހުގެ ސެޝަންތައް ކުރިއަށްދަނީ

newsupload01

ޖުޑީޝަލް ދާއިރާތަކުގެ 19 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ "އިސް މެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ގެ ދެވަނަ ދުވަހުގެ ސެޝަންތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައި ފެށިގެން ކުރިއަށް އެބަދެއެވެ.

07 މޭ 2016 އިން 09 މޭ 2016 ގެ ނިޔަލަށް ކުރިއަށްދާ މި ކޮލޯކިއަމްގެ މި އަދުގެ ސެޝަންތައް ފައްޓަވައިދެއްވީ ކްރިިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް އެވެ.

އިތުރަށް ވިދާޅުވުމަށް...

"އިސް މެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކާމިޔާބު ކަމާއެކު ނިންމާލުން

00upload01

07 މޭ 2016 އިން 09 މޭ 2016 އަށް ކުރިއަށް ގެންދާ "އިސްމެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޮލޯކިއަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ނަންގަވައިދެއްވީ ސިވިލްކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ އެވެ. މިއަދު ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ތަރިކަ ބެހުމާގުޅޭ އުޞޫލުތަކާއި، ބިމާބެހޭ ޤާނޫނުގެ އުޞޫލުތަކާގުޅޭގޮތުން ތަފްޞީލީގޮތެއްގައި މަޝްވަރާކުރެވުނެވެ.

އިތުރަށް ވިދާޅުވުމަށް...

"އިސް މެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" ފަށައިގެން ކުރިއަށްދަނީ

upload01

އަލަށް ޢަމަލުކުރަންފަށާ ޤާނޫނުތަކާއި، ޤާނޫނީ ތަފާތު މަފްހޫމުތަކާ މެދު ފަނޑިޔާރުންގެ އަހުލުވެރިކަން އިތުރުކުރުމަށާއި، ފަނޑިޔާރުންގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، ތަޖުރިބާ ޙިއްޞާކުރުމުގެ މަޤުޞަދުގައި ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންގެ މެދުގައި ބާއްވާ "އިސްމެޖިސްޓްރޭޓުންގެ ކޮލޯކިއަމް 2016" މިއަދު ހެނދުނު 09:00 އިން ފެށިގެން ކުރިއަށް އެބަދެއެވެ.

އިތުރަށް ވިދާޅުވުމަށް...

"ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕަރސަންސް" ކާމިޔާބުކަމާއެކު ނިމިއްޖެ

IMG 9887

އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) އާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިޔަށްގެންދިޔަ "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕަރސަންސް" ނިމިއްޖެއެވެ. ކޮލޯކިއަމް ނިންމުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ކުރިޔަށްގެންގޮސްފައެވެ. މިރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއަރޒް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ޤާޟީންގެ އިތުރުން، ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި ޑްރަގް ކޯޓުގެ އިސްޤާޟީންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) ގެ ޗީފް އޮފް މިޝަން، މރ. ޖެޒެޕޭ ކްރޮޝެޓީ އާއި، ނޭޕާލްގެ އޮނަރަބަލް ޖަސްޓިސް ތެކް ނަރަޔަން ކުންވަރް އާއި، ސައުތު އޮސްޓްރޭލިޔާގެ އެޓަރނީ ޑެޒްލީ ޑެނިއަލް ބިލިޗް ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

އިންސާނީ ވަގުފާރީ ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ޢާއްމު ސިޓީއެއް ނެރެ، މުހިންމު ކަންތައްތަކަކަށް އަމަލުކުރުމަށް ނިންމައިފި

hassan

އިންސާނީ ވަގުފާރީ ހުއްޓުވުމަށް އެޅޭ އިތުރުފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޢާއްމު ސިޓީއެއް ނެރެ، މުހިންމު ކަންތައްތަކަކަށް އަމަލުކުރުމަށް ނިންމައިފިއެވެ. މި ޢާއްމު ސިޓީ ނެރުން އޮތީ އިންސާނީ ވަގުފާރިއާ ގުޅޭގޮތުން، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން އާ ގުޅިގެން، "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕަރސަންސް" ގެ ނަމުގައި ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ކޮލޯކިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. ޢާއްމު ސިޓީ ނެރެދެއްވުމުގެ ގޮތުން، މި ރަސްމިއްޔާތުގައި ޢާއްމު ސިޓީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު ސޮއިކުރެއްވިއެވެ.

އިތުރަށް ވިދާޅުވުމަށް...

"އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ ވަޢުދު" ގައި ޝަރުޢީ ކޯޓުތަކުން ސޮއިކުރައްވައިފި

18

 

"އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ ވަޢުދު" ގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙާޟިރުގައި ސޮއިކުރައްވައިފިއެވެ. މި ވަޢުދުގައި ސޮއިކުރެއްވުން އޮތީ، ފަނޑިޔާރުންނަށް އަމާޒުކޮށްގެން 4 އިން 5 މެއި 2016 އަށް، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުނު "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕަރސަންސް" ގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

އިތުރަށް ވިދާޅުވުމަށް...

"ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕަރސަންސް" ފަށައިގެން ކުރިޔަށްދަނީ

IMG 6555

އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) އާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން އިންތިޒާމްކޮށްފައިވާ "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕަރސަންސް" ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ. ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި ކޮލޯކިއަމްއަކީ، ހިއުމަން ޓްރެފިކިންގ އާގުޅޭގޮތުން ބައިނަލް އަޤުވާމީ ފެންވަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ މާހިރުންނާއެކު، މަޝްވަރާކޮށް ތަޖުރިބާ ޙިއްޞާކުރުމަށްޓަކައި ބޭއްވޭ ކޮލޯކިއަމް އެކެވެ. މި ކޮލޯކިއަމްގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ޤާޟީންގެ އިތުރުން، މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އިތުރަށް ވިދާޅުވުމަށް...

ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކާއި ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

00Stat01

2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ 8% އިތުރު

2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 8% އިތުރުވެއްޖެއެވެ. 2015 ވަނަ ފުރަތަމަ ކުއާޓަރ ގައި 4820 މައްސަލަ ހުށަހެޅިފައި ވީނަމަވެސް 2016 ވަނަ އަހަރުގެ ފުރަތަމަ ކުއަޓަރ ގައި ހުށަހެޅިފައިވަނީ 5225 މައްސަލައެވެ. އެގޮތުން ސުޕީރިއަރ ކޯޓުތަކަށް 15% މައްސަލަ އިތުރަށް ހުށަހެޅިފައިވާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް 4% މައްސަލަ އިތުރަށް ހުށަހެޅިފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

ވަޒީފާގެ ފުރުޞަތު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު 9 މޭ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އިޢުލާން ވިދާޅުވުމަށް

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު 02 މޭ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އިޢުލާން ވިދާޅުވުމަށް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno