ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ އެންމެ ބޮޑު ވައިޑް އޭރިއާ ވިއުގާ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ދިރާގާއެކު ސޮއިކޮށްފި

dhiraagu2

ޝަރުޢީ ދާއިރާއަކީ ޒަމާނީ ވަޞީލަތްތައް ފަހިވެފައިވާ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޝަރުޢީ ދާއިރާގެ މުވާޞަލާތީ ވިއުގާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގުޅުން ޕލކ ދިރާގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެމެދު ކުރެވޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. "ޖުޑީޝަރީ ނެޓްވޯރކް ތަރައްޤީކުރުމުގެ މަޝްރޫޢު" ގެ ނަމުގައި ކުރިޔަށް ގެންދެވޭ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދެވެ. ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ސީއީއޯ އަދި އެމްޑީ، އަލްފާޟިލް އިސްމާއިލް ރަޝީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އެއް ވިއުގާއަކުން ގުޅާލުމަށް 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިކަން ފަހިވެފައި މިވަނީ ފާއިތުވި 5 ވަރަކަށް މަސްދުވަހުގެ ތެރޭގައި ދިރާގުގެ ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ދިރާގުގެ އެންމެހައި ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް ދިރާގުގެ ސީ.އީ.އޯ އަދި އެމްޑީ އަލްފާޟިލް އިސްމާއިލް ރަޝީދަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު ޙުސައިން ޝުކުރު ދެންނެވިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދުގެ ވާހަކަފުޅުގައި، ޖުޑީޝަރީ ނެޓްވޯރކް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އަދި މިކަމުގައި ކޯޓުތަކުގެ ފަނޑިޔާރުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެބޭފުޅުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. މި މަޝްރޫޢު މުޅިން ފުރިހަމަ ވުމުން، ޝަރުޢީ ދާއިރާ ކަރުދާހަށް ބަރޯސާވެފައިވާ މިންވަރު ވަރަށް ބޮޑުތަން ދަށްކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އަލްފާޟިލް އިސްމާއިލް ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އަލްފާޟިލް އިސްމާއިލް ރަޝީދު ގެ ވާހަކަފުޅުގައި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރާއްޖެ ފަދަ ޓެކްޏޮލޮޖީގައި އަދި ކުރިއަރަމުން އަންނަ ޤައުމެއްގައި، މިފަދަ ކަންކަމުގައި ގެންގުޅުއްވާ ދުރުވިސްނުމަށާއި، ޓެކްނޮލޮޖީގެ އެހީގައި އާންމުންނަށް ދެމުންގެންދާ ހިދުމަތްތައް ތަރައްޤީކުރުމަށް، ކުރައްވަމުން ގެންދަވާ މަސައްކަތަތްތަކަށް މަރުހަބާ ދެންނެވިއެވެ. ހަމައެހެންމެ މިފަދަ ބޮޑު މަޝްރޫއެއް ހިންގުމުގައި ޓެކްނޮލޮޖީގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދިރާގަށް ކުރައްވާ އިތުބާރަށާއި، އަދި ދިރާގާއި މި ޕްރޮޖެކްޓް ހަވާލުކުރެވިގެންދިޔުމަކީ ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއްކަން ފާހަގަކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޝުކުރުދެންނެވިއެވެ.

ޝަރުޢީ ދާއިރާގެ ނެޓްވޯރކް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖުޑީޝަރީ ނެޓްވޯރކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނަމުގައި ކުރިޔަށް ގެންދެވޭ މި މަޝްރޫޢުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި 101 މެޖިސްޓްރޭޓް ކޯޓް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލެވި، މި 101 މެޖިސްޓްރޭޓް ކޯޓުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ޤާއިމުކުރެވިގެންދާނެއެވެ. މި 101 މެޖިސްޓްރޭޓް ކޯޓަކީ އާބާދީ 1000 އަށް ބޮޑު ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ވެރިކަންކުރާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ.

މި މަޝްރޫޢުގެ ދަށުން މައިގަނޑު ތިން ޚިދުމަތެއް ދިރާގުން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ، ކްލައުޑް ވޮއިސް/އޯޑިއޯ-ވީޑިއޯ ކޮންފަރެންސިންގ ޚިދުމަތާއި، ހައި އިންޓްރާނެޓް ލިންކް އަދި އިންޓަރނެޓް ޚިދުމަތެވެ. މި މަޝްރޫޢުގެ ދަށުން، މި ވިއުގައިގައި ހިމެނޭ ތަންތަނުގެ މުވާޞަލާތު ބަދަލުވެގެންދާނީ އައި.ޕީ ފޯން ނެޓްވޯރކަކަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލެވޭ 101 މެޖިސްޓްރޭޓް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެމެދު ހައިސްޕީޑް އިންޓްރާނެޓް ލިންކެއް ޤާއިމްކުރެވި، އެކަށީގެންވާ ބޭންޑްވިތެއްގައި އިންޓަނެޓްގެ ޚިދުމަތް ކަށަވަރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ފެކްސް ފޮނުވުން ހުއްޓުމަކަށް އައިސް، ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ޑޭޓާ ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

ޖުޑީޝަރީ ނެޓްވޯރކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަން ޤާއިމްކޮށް، އެ ސޮލިއުޝަން ބަލަހައްޓާނީ ދިރާގާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓެކްނީޝަނުންނެވެ. މި މަޝްރޫޢުގެ ދަށުން، 101 ރަށުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަން 26 ހަފްތާގެ ތެރޭގައި ޤާއިމްކުރެވިގެންދާނެއެވެ.

މިއީ ރާއްޖޭގައި ޤާއިމްކުރެވޭ މިފަދަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ވައިޑްއޭރިއާ ވިއުގައެވެ.

ދިރާގަކީ ޝަރުޢި ދާއިރާގެ ކޯޓުތަކަށް ފޯން ލައިނާއި، އޭ.ޑީ.އެސް.އެލް އިންޓަރނެޓް ފޯރުކޮށްދޭ ކުންފުންޏަށްވާއިރު، ޝަރުޢި ދާއިރާގެ ނެޓްވޯރކް ހަރުދަނާކުރުމަށްޓަކައި މިހާރުވެސް ދިރާގުން ދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއެކު މަސައްކަތް ކުރަމުންނެވެ. "ޖުޑީޝަރީ ނެޓްވޯރކް ތަރައްޤީކުރުމުގެ މަޝްރޫޢު" ދިރާގާ ޙަވާލުކޮށްފައި މިވަނީ، ދިރާގަކީ، ދިވެހި ސަރުކާރުގެ ޙިއްޞާ އޮންނަ، މިދާއިރާއަށް އަންނަ ތަރައްޤީއާ އެއް ހަލުވި މިނެއްގައި ހަރުދަނާކަމާއެކު މި ޚިދުމަތް މެދުކެނޑުމެއްނެތި ޝަރުޢީ ދާއިރާއަށް ފޯރުކޮށްދެވޭނެ ކުންފުންޏެއް ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ލިބިފައިވާތީއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމްކޮށްފައިވީނަމަވެސް، ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން ހެދިފައިވަނީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ކަމަށްވުމުން، އެކޯޓުތަކުގެ ދެމެދުގައި، އަދި ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެމެދުގައި އެކަށީގެންވާ ކޮމިއުނިކޭޝަން ނެޓްވޯކެއް ޤާއިމުވެފައި އޮތުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ، ޝަރީޢަތްތަކާ ގުޅިގެންނާއި އިދާރީގޮތުން ގުޅަންޖެހޭ ފަރާތްތަކަށް ގުޅުމާއި، އިލެކްޓްރޯނިކް ލިޔުންތައް ބަދަލުކުރުމާއި، އިންޓަނެޓާއި ފައިލް ޝެއަރިންގ އަދި ފައިލް ސްޓޯރިންގ އާއި އަރކައިވިންގ ފަދަ ވަޞީލަތްތައް ބޭނުންކުރުމާއި، އިންޓްރަރނެޓްގެ ޒަރީޢާއިން ބޭނުންކުރަމުންދާ ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ، މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް (މެމްސް) ސޮފްޓްވެއަރ ފަދަ އިންޓަރނަލް ސޮފްޓްވެއަރ މެދުވެރިކޮށް ކޭސް މެނޭޖްކުރުމާއި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ޒަރީޢާއިން ހެކިބަސް ނެގުމާއި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަމަކީ އިތުބާރުކުރެވޭ، ނެޓްވޯކް ކޮމިއުނިކޭޝަން އިންފްރަސްޓްރަކްޗަރ އެއްގެ މައްޗަށް ބަރޯސާވެފައިވާ ކަންކަމަށްވާތީއެވެ.

"ޖުޑީޝަރީ ނެޓްވޯރކް ތަރައްޤީކުރުމުގެ މަޝްރޫޢު" ގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު ޙުސައިން އާއި، ދިރާގުގެ ސީއީއޯ އަދި އެމްޑީ، އަލްފާޟިލް އިސްމާއިލް ރަޝީދުގެ އިތުރުން، ފަނޑިޔާރުންނާއި، ކޯޓުތަކުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންނާއި، ދިރާގުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.dhiraagu3dhiraagu4dhiraagu5dhiraagu6dhiraagu9dhiraagu8dhiraagu7dhiraagu10

2016 ވަނަ އަހަރުގެ 05 ނަންބަރު ޢާއްމުސިޓީ

ވަކިވަކި ކޯޓުތަކުންނާއި، ވަކިވަކި ފަނޑިޔާރުން ދައުލަތުގެ އެކިއެކި ފަރާތްތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ މުޢާމަލާތު ކުރެއްވުމުން ފުށުއެރުންތަކެއް ކުރިމަތިވަމުންދާތީއާއި، އަދި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ވަކިވަކި ކޯޓުތަކާ މުޢާމަލާތު ކުރެއްވުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ މުޢާމަލާތު ކުރެއްވުމާގުޅޭގޮތުން 13 އޭޕްރީލް 2016 ވަނީ ޢާއްމު ސިޓީ އެއް ނެރުއްވާފައެވެ.

ޢާއްމުސިޓީ ވިދާޅުވުަމަށް

ވަޒީފާގެ ފުރުޞަތު


ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު 21 އޭޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ވަނީ ހުޅުވާ ލެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ރިޓަޔަރޑް ފަނޑިޔާރު އަލްމަރުޙޫމް އަލްއުސްތާޛު ޢަލީ ޙުސައިން އަވަހާރަވުމުގެ ހިތާމަފާޅުކުރުން

retiredjudge

ރިޓަޔަރޑް ފަނޑިޔާރު އަލްމަރުޙޫމް އަލްއުސްތާޛު ޢަލީ ޙުސައިން، ހަޒާރުމާގެ/ށ.ކަނޑިތީމު، 05 އޭޕްރީލް 2016 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރުފުޅެވެ.

އިތުރަށް ވިދާޅުވުމަށް...

ކޯޓުތަކުގެ ޙާލަތު ބައްލަވައިލުމަށް ވަފުދުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި

magcourtshaalath2016

ޝަރުޢީ ކޯޓުތަކުގެ ޙާލަތު ބެއްލެވުމަށާއި ބައެއް އިދާރީ މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި މިދިޔަ ހަފްތާއާއި މި ހަފުތާގައި ތިން ވަފުދެއް ހަތަރު އަތޮޅަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޅ. ނައިފަރަށް ކުރެއްވި ދަތުރުގައި ބައްލަވާފައިވަނީ، ޅ. ނައިފަރުގައި ހަދާ ކޯޓުގެ އައު އިމާރާތަށް ބޭނުންވާ ތަކެތި ހޯއްދެވުމަށާއި އަދި އައު ޢިމާރާތުގައި ކޯޓުގެ މަސައްކަތް ފެށުން ލަސްވަމުންދާ ސަބަބުތައް ދެނެގަނެ އެ އެކަންކަން ޙައްލުކޮށް ދެއްވުމަށެވެ. މި ވަފުދުގައި ވަޑައިގެންނެވި ޑިޕާޓްމަންޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙައިލަމް މުޙައްމަދު ވަނީ ދަތުރުގައި ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް އެކުލަވައިލައްވާފައިވާ ރިޕޯޓެއް ހުށަހަޅުއްވާފައެވެ. އެ ރިޕޯޓުގައި އޭނާ ފާހަގަ ކުރައްވާފައިވާ ކަންތައްތަކާމެދު މިހާރު ދަނީ ފިޔަވަޅު އެޅެމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް 2016: އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ކޮލޯކިއަމްއާ ގުޅޭ

IMG 5471

"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް 2016: އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ގެ ނަމުގައި ޝަރުޢީ ދާއިރާގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ތައްޔާރުވަމުންދާ، ޝަރުޢީ ދާއިރާގެ ތެރެއިން ރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމާބެހޭ ކޮލޯކިއަމްއާ ގުޅޭގޮތުން ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާއެކު އިބްތިދާއީ ބައްދަލުވުމެއް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބާއްވައިފިއެވެ. ސިވިލް ކޯޓުގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމާ ގުޅޭ ގޮތުން "ޑުއިންގ ބިޒްނަސް 2016" ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ޝަރުޢީ ދާއިރާއާ ގުޅުން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ޝަރުޢީ ދާއިރާގެ ފަރާތުން މިކޮލޯކިއަމްގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

އިތުރަށް ވިދާޅުވުމަށް...

މެޖިސްޓްރޭޓް ކޯޓުތައް އޮޓޮމޭޓް ކުރުމުގެ އާ ފިޔަވައްސަކަށް

mems

މޯލްޑިވްސް އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) ގެ އައު ފިޔަވައްސެއް ކޯޓުތަކުގައި ފެށުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ފަށާފައެވެ. މިގޮތުން ކޯޓުތަކުގައި މެމްސްގެ އައު މޮޑިއުލްތައް ތަޢާރަފްކޮށް، މަސައްކަތާގުޅޭ އިތުރު ދާއިރާތައް އޮޓޮމޭޓް ކުރުމަށްޓަކައި އަތޮޅުތަކުގެ ޝަރުޢީ ކޯޓުތަކުންދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ފޯން ލައިންތަކުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑުން

ފޯން ލައިންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކޯޓުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިދުވަސްކޮޅު ދަތިތަކެއް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަށްޓަކައި ކޯޓުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން ޝަރުޢީދާއިރާގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ. ފޯން ލައިންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބިގެންދާނެކަމުގެ ޔަޤީންކަން މިފުރުޞަތުގައި އަރުވަމެވެ.

ޝަރުޢީ ދާއިރާގެ އަންހެންކަނބަލުންނާމެދު ފަޚުރުވެރިވަން !

Anhenun Dhuvas 2016

މިއަދަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހެވެ. މި ދުވަހުގެ މުނާޞަބަތުގައި ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ލޮބުވެތި އެންމެހައި އަންހެންކަނބަލުންނަށް މަރުޙަބާ ދަންނަވަމެވެ.

އިތުރަށް ވިދާޅުވުމަށް...

2014 ވަނަ އަހަރާ އަޅާބަލާއިރު 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަތަކުގެ އަދަދު %20.6 އިތުރު

stat6

2014 ވަނަ އަހަރާ އަޅާބަލާއިރު 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަތަކުގެ އަދަދު %20.6 އިތުރެވެ. 2014 ވަނަ އަހަރު އިސްތިއުނާފުކުރުމަށް 344 މައްސަލަ ހުށަހަޅާފައިވާއިރު 2015 ވަނަ އަހަރު ހުށަހަޅާފައިވަނީ 415 މައްސަލައެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno