އިސްތިއުނާފުކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މާލޭގައި ޤާއިމްކޮށްފައިވާ ހައިކޯޓަށް

stat4

އިސްތިއުނާފުކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މާލޭގައި ޤާއިމްކޮށްފައިވާ ހައިކޯޓަށެވެ. އެގޮތުން ޝަރުޢީ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ %86 މައްސަލަ ހުށަހަޅާފައިވަނީ މާލޭގައި ހުންނަ ހައިކޯޓުގެ މައި އިދާރާއަށެވެ. އެއީ 357 މައްސަލައެވެ. މި މައްސަލަތަކަކީ މާލޭގައި ހުންނަ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނޭ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކެވެ. މާލޭގައި ހުންނަ ހައިކޯޓަށް ނިސްބަތާ ސަރަޙައްދު ތެރޭގައި ހިމެނެނީ ސުޕީރިއަރ ކޯޓުތަކާއި ޅ، ކ، އ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ.

އިތުރަށް ވިދާޅުވުމަށް...

އިސްތިއުނާފުކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ސިވިލް ކޯޓުން ނިންމި މައްސަލަތައް

stat3

2015 ވަނަ އަހަރު ޝަރުޢީ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ސިވިލް ކޯޓުން ނިންމި މައްސަލަތަކެވެ. އެގޮތުން 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅުނު 415 މައްސަލައިގެ ތެރެއިން %35.4 މައްސަލައަކީ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ. އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ އަދަދަކީ 147 އެވެ.

އިތުރަށް ވިދާޅުވުމަށް...

2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގެ 2.1 އިންސައްތަ މައްސަލަ

stat2

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވަނީ އާދަވެގެން ދެ އިންސައްތަ މައްސަލައެވެ. އެގޮތުން 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 415 މައްސަލައެވެ. އެއީ، މުޅި ރާއްޖޭގައި ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގެ %2.1 އެވެ. އޭގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް 2015 ވަނަ އަހަރު އެންމެ ގިނަ މައްސަލަ ހުށަހެޅި، އަދި ނިންމާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުން.

stat1

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް 2015 ވަނަ އަހަރު އެންމެ ގިނަ މައްސަލަ ހުށަހެޅި، އަދި ނިންމާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ. އެގޮތުން، 2015 ވަނަ އަހަރު ޝަރުޢީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތަށް މުޅި ރާއްޖޭގެ ދަށު މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވަނީ 19486 މައްސަލައެވެ. މި މައްސަލަތަކުގެ ތެރެއިން 12149 މައްސަލަ ނިންމާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ.

ވަޒީފާގެ ފުރުޞަތު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށާއި ކޯޓް މާސްޓަރުގެ މަޤާމަށް  ކުރިމަތިލުމުގެ ފުރުޞަތު، 03 މާރިޗު 2016 ވާ ބުދަ ދުވަހުގެ 14:30 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ވަޒީފާގެ ފުރުޞަތު

ހައިކޯޓު ދެކުނު ގޮފީގެ ކޯޓް މާސްޓަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 22 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އިޢުލާން ވިދާޅުވުމަށް

ވަޒީފާގެ ފުރުޞަތު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ 4 މަޤާމަކަށާއި ޖުޑީޝަލް އެކަޑަމީގެ 2 މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު، 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:30 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޓްރޭނިންގ ޕްރޮގްރާމްތަކުގައި ފަނޑިޔާރުން ބައިވެރިކުރުމާގުޅޭ ޢާއްމު ސިޓީ

މިހާރަކަށް އައިސް، ބައެއް މުއައްސަސާތަކުން އެކިއެކި ފަރާތްތައް ބައިވެރިވާގޮތަށް ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކުގައި ފަނޑިޔާރުން ބައިވެރިކުރުމަށް އެދެމުންދާކަން ފާހަގަކުރެވިފައިވާތީ، ފަނޑިޔާރުން ބައިވެރިވާގޮތަށް ހިންގާ ޕްރޮގްރާމްތައް ވާންވާނީ ފަނޑިޔާރުންގެ ހައިބަތާ އެކަށީގެންވާގޮތަށް ފަރުމާކުރެވޭ، ހަމައެކަނި ފަނޑިޔާރުންނަށް ޚާއްޞަ ޕްރޮގްރާމްތަކަކަށް ކަމުގައި ވަނީ ހަމަޖައްސަވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީދާއިރާއަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިއެއް

Naseem222

24 އަހަރާއި 02 މަހާއި 21 ދުވަހު ފޫހިކަމެއްނެތި ވަޒީފާއެއްގައި ދެމިހުރުމަކީ މިފަދަ އިޙުޞާޞެއް ކުރެވިފައިވާ ފަރާތްތަކަށް ނޫނީ އަންދާޒާކުރުން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހަފުތާގެ ތެރޭގައި މަސައްކަތު 05 ދުވަސް އޮންނައިރު، ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ވަޒީފާއަށް ނިކުމެ ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ދުވަހުގެ މަސައްކަތު ގަޑި ނިމުމުގެކުރިން ފުރިހަމަކުރުމަކީ މުރާލި މުވައްޒަފަކަށް ނޫނީ ކުރުން މާ ފަސޭހަކަމަކަށް ނުވާނެއެވެ. ޚާއްޞަކޮށް އެކި މުއައްސަސާތަކާ ގުޅިގެން ނޫނީ ފުރިހަމަނުކުރެވޭ ގިނަ މުވައްޒަފުންތަކެއްގެ ޙައްޤު ހިމެނޭ ކަންތައްތައް ފާހަގަ ކޮށްލަންޖެހެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލު އަލްއުސްތާޛް އަޙްމަދު ޠާލިބު އަށް ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދިނުން

12 ނޮވެމްބަރު 2015 އިން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނު، ސ.މީދޫ، ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު (އައިޑީކާޑު ނަންބަރު A040031) އަކީ، 01 ފެބުރުވަރީ 2016 އިން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫންނެވެ.

އިޢުލާނު ވިދާޅުވުމަށް

އިޢުލާނު ބާޠިލުކުރުން

.އެނިމޭޝަންތަކެއް ތައްޔާރުކޮށް، ބެކްޑްރޮޕް އަދި ލައިޓިންގ ހަދައިދީ، އިންފޯގްރާފްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނާގުޅިގެން ދެވުނު މަޢުލޫމާތަށް ބައެއް ބަދަލު ގެންނަންޖެހޭތީ އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ

އިޢުލާނު ވިދާޅުވުމަށް

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno