އަލްމަރްހޫމާ ޢާއިޝަތު ވަޙީދާގެ ހަނދާނުގައި

FDI 7664

ދައުލަތަށާއި ޝަރުޢީދާއިރާއަށް  އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި މ.އިރާކުމާގެ އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ 2017 މާރިޗު 01 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ނިޔާވިއިރު ޢުމަރުފުޅަކީ 58 އަހަރެވެ.

އިތުރަށް ވިދާޅުވުމަށް...

"މިއަދަކީ ކޯޓުތަކުގައި ހުޅުޖެހި ދުވަސް"

posterpng

2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 08 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަރުޢީދާއިރާއަށް ވަރަށް ހިތާމަވެރި ބަނަދުވަހެކެވެ. މި ދުވަހު 08 ކޯޓުގައި ހުޅުޖަހައި އެތަންތާގައި ހުރި ރައްޔިތުންގެ ޙައްޤުތަކާގުޅޭ ހުރިހާ ލިޔުމެއް ނައްތާލައި، 70 އަހަރު ވަންދެން ރައްކާކުރެވިފައިވާ ޝަރުޢީ ލިޔުންތައް ވަނީ އަބަދަށްޓަކައި ނައްތާލާފައެވެ.

މި ޙާދިސާއަށް މިއަދަށް 05 އަހަރު ވެފައިވާއިރު އަންދާލި ކޯޓުތަކުގެ ތެރެއިން ބައެއް ތަންތަން އަދިވެސް ވަނީ މަރާމާތު ނުކުރެވިއެވެ. މި ޓެރަރިސްޓް ހަމަލާގެ ސަބަބުން ޝަރުޢީދާއިރާގެ އުމުރާނީ ތަރައްޤީ ވަނީ އެތަށް އަހަރެއް ފަހަތަށް ޖައްސާލާފައެވެ. އަދި މިފަދަ ބަނަދުވަހެއް ތަކުރާރު ވިޔަނުދިނުމަކީ ޝަރުޢީދާއިރާގެ އިލްތިމާސެކެވެ.

އަޅުގަނޑުމެންގެ މިއަދުގެ ދުޢާއަކީ ފަނޑިޔާރުންނާއި، ފަނޑިޔާރުގެތައް އަދުއްވުންގެ ޙަމަލާތަކުން މާތްﷲ ރައްކާތެރިކޮށްދެއްވުމެވެ.

އާމީން.


ރިޕޯޓް ވިދާޅުވުމަށް މި ލިންކަށް ފިއްތާލައްވާ


"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް" ކޮންފަރެންސް ފަށައިފި

session1

"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރހައި-ޕަރފޯމަންސް" ކޮންފަރެންސް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ފަށައިގެން މިހާރު ކުރިޔަށްއެބަދެއެވެ.

އިތުރަށް ވިދާޅުވުމަށް...

ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް ކޮންފަރެންސް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އިފްތިތާޙްކޮށްދެއްވައިފި

JDC2

"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރހައި-ޕަރފޯމަންސް" ކޮންފަރެންސް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބަދުﷲ ސަޢީދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް" ކޮންފަރެންސް ބާއްވަނީ

StrengtheningJud-adm2017

އޯގަނައިޒޭޝަނަލް ނޮލެޖް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޝަރުޢީ ދާއިރާގެ ހިއުމަން ރިސޯސްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތްތައް ފާހަގަކޮށް، ހައި-ޕަރފޯމަންސް ޖުޑީޝަރީއެއް ބިނާކުރުމަށްޓަކައި ޤާއިމުކުރަންޖެހޭ މުހިންމު ސިފަތައް އަމިއްލަކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ ބޭނުމުގައި، "ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް" ގެ  ނަމުގައި ކޮންފަރެންސް އެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

2017 ފެބްރުވަރީ 05 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ، މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިންގ ޗާންސެލަރ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ އާއި، ސުޕީރިއަރ ކޯޓުތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ބަޖެޓް އަދި އެޗް.އާރު ގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިތުރަށް ވިދާޅުވުމަށް...

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

Lawreports-MobileApplication

ލޯ ރިޕޯޓް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ޤާނޫނާ ޤަވާއިދުތަކާ ޙަލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނޭހެން ތައްޔާރުކުރެވިފައިވާ ޑޭޓާބޭހެކެވެ.

ޤާނޫނުތައް ގިންތިކޮށްގެން ތައްޔާރުކޮށްފައިވާ މި ޑޭޓާބޭސްގައި، ކޮންމެ ޤާނޫނެއްވެސް ފެނިގެންދާއިރު، އެ ޤާނޫނަށް އިޞްލާޙެއް އައިސްފައިވާނަމަ، އެ އިޞްލާޙެއް އައިސްފައިވާކަން، ވާތްފަރާތުގެ މަތީގައިވާ "އިތުރު މައުލޫމާތު" ލިންކްއިން ހައިލައިޓްވެފައި ހުރެއެވެ.

އިތުރަށް ވިދާޅުވުމަށް...

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

Stat2016-01

2015 ވަނަ އަހަރާ އަޅައިބަލާއިރު 2016 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކަށް ހުށަހެޅިފައި ވަނީ 17712 މައްސަލައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ނިޔަލަށް 20116 މައްސަލަ ވަނީ ހުށަހެޅިފައެވެ. މިއީ މިހާ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ. އަދި މިއަހަރުގެ ތެރޭގައި ކޯޓުތަކުން ނިންމި މައްސަލަތަކުގެ ޢަދަދުވެސް ވަނީ 20000 ވުރެ އިތުރުވެފައެވެ.

2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް

2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދަށްވުރެ 13.6% ވަނީ އިތުރުވެފައެވެ. އެގޮތުން 2015 ވަނަ އަހަރުގައި 17712 މައްސަލަ ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް 20116 މައްސަލަ ހުށަހެޅިފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 2404 މައްސަލައިގެ އިތުރުވުމެކެވެ.

2016 ވަނަ އަހަރަކީ ޝަރުޢީ ކޯޓުތަކަށް 20000 ވުރެ ގިނައިން މައްސަލަ ހުށަހެޅުނު ފުރަތަމަ އަހަރެވެ.

އިތުރަށް ވިދާޅުވުމަށް...

މީހުން ޓްރެފިކު ކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޢުލޫމާތުދޭ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުން

މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ގުޅޭ ގޮތުން އެކުލަވާލައިފައިވާ ޤާނޫނާއި ، ގައިޑްލައިންތަކާއި އަދި ސްޓޭންޑަރޑް އޮޕަރާޓިން ޕްރޮސީޖިއަރސް ( އެސް. އޯ. ޕީ ) އާ ގުޅޭ މަޢުލޫމާތު، ކަމާ ގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓު އާއި އިންޓަނޭޝަނަލް އޯގައިނޭޝަން ފޯ މައިގްރޭޝަން ގުޅިގެން ހޮޓެލް ޖެންގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ސިވިލް ކޯޓާއި ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބައިވެރި ވެއްޖެއެވެ.
21 ޑިސެންބަރު 2016 ވީ ބުދަ ދުވަހު ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބައިވެރިވަޑައިނެވީ  ޑިރެކްޓަރ މުޙައްމަދު ޢަލީ މުޙައްމަދާއި އަދި އެސިސްޓެންޓު ލީގަލް އޮފިސަރ އަލްއުސްތާޛު ސުހާދު އާދަމް އެވެ. އަދި ސިވިލް ކޯޓުގެ ފަރާތުން  ބައިވެރިވެ ވަޑައިގެންނެވީ އެކޯޓުގެ އެސިސްޓެންޓު ލީގަލް އޮފިސަރ އަލްއުސްތާޛާ ނުހާ ޢަބުދުﷲ އެވެ.
މި ބައްދަލުވުމުގައި މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ޤާނޫނު (2013/12) ރާއްޖޭގައި ޢަމަލުކުރަން ފެށިފަހުން، މިވީ ތިން އަހަރުދުވަހުގެ ތެރޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަށް ފާހަގަ ކުރެއްވިއެވެ. އަދި މި ޤާނޫނުގައި މަފްހޫމްތަކާއި ކަނޑައެޅިފައިވާ އަދަބުތަކާއި އަދި ވިކްޓިމް އައިޑެންޓިފިކޭޝަންގެ ގައިޑްލައިންތައްވެސް ބައިވެރިންނާ ޙިއްސާ ކުރެވުނެވެ.

ލ. އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނުހުޅުވުމުގެ ސަބަބުން ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައިގައި ހައްޔަރުކުރި ފުލުސްމީހާއާއި ސިފައިންގެ މީހާ މިނިވަންވެއްޖެކަމަށް ބުނާ ޚަބަރާގުޅޭ

ލ. އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނުހުޅުވުމުގެ ސަބަބުން ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައިގައި ހައްޔަރުކުރި ފުލުސްމީހާއާއި ސިފައިންގެ މީހާ މިނިވަންވެއްޖެކަމަށް ބުނެ ބައެއް މީޑިއާތަކުން ޢާންމުކޮށްފައިވާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-B/CIR/2016/11 (22 ސެޕްޓެންބަރު 2016) ސަރކިއުލަރ އާގުޅިގެން، ރަސްމީ ގަޑި ނިމުމުން އިތުރުގަޑީގައި މަސައްކަތްކުރަން ނުޖެހޭގޮތަށް މަސައްކަތްތައް ރާވައި ދައުލަތުގެ އޮފީސްތައްވެސް ބަންދުކުރާގޮތަށް ހަމަޖައްސަވާފައިވާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެގޮތުން ޝަރުޢީދާއިރާގެ ހުރިހާ ކޯޓުތަކާއި، އިދާރާތައްވެސް، ކަނޑައެޅިފައިވާ ރަސްމީގަޑީގައި ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރާވައި އިންތިޒާމްކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

އެއް ޕްލެޓްފޯމަކުން ކޭސް ރިޕޯޓްތައް ހޯއްދެވުމަށް "ލޯ ރިޕޯޓް ޑޭޓާބޭސް"

Lawreports-CJn

ލޯ ރިޕޯޓް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތައް އަދި ޤަރާރުތަކާއި އުޞޫލުތަކާއި ޝަރުޢީ ނިންމުތައް އެއްތަން ކުރެވިފައިވާ ޑޭޓާބޭހެކެވެ. މި ޑޭޓާބޭހުގައި ޤާނޫނާ ޤަވާއިދުތަކާ ޙަލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނެއެވެ.

އިތުރަށް ވިދާޅުވުމަށް...