"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް – އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ކޮލޯކިއަމް

pic0909

މި ކޮލޯކިއަމް އަކީ، ވަރލްޑް ބޭންކްގެ ޑުއިންގ ބިޒްނަސް ރޭންކިންގ ގައި ރާއްޖޭގެ ދަރަޖަ އަހަރަކަށް ވުރެ އަހަރެއް ވުރެ ރަނގަޅުކުރުމަށްޓަކައި ދައުލަތުން ކުރައްވާ މަސައްކަތުގައި ޝަރުޢީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޝަރުޢީ ދާއިރާއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން، ގުޅުން ހުރި މުއައްސަސާތަކާއެކު ބޭއްވުނު ކޮލޯކިއަމްއެކެވެ.

އިތުރަށް ވިދާޅުވުމަށް...

"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް – އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ކޮލޯކިއަމް މިއަދު ބާއްވައިފި

Doingbusiness-01

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޝަރުޢީ ދާއިރާ ގުޅިގެން މިއަދު ބޭއްވުނު މި ކޮލޯކިއަމްއަކީ ވަރލްޑް ބޭންކްގެ ޑުއިންގ ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ރޭންކް އަހަރަކަށްވުރެ އަހަރެއް ދަށަށްދަމުންދާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ އިސްނެންގެވުމާއި ލަފާފުޅުގެ މަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޝަރުޢީ ދާއިރާއިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން،"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް – އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ގެ ނަމުގައި ކުރިއަށް ގެންދެވުނު ކޮލޯކިއަމް އެކެވެ.

މި ކޮލޯކިއަމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ސިޓީ އެޑްރެސް ކުރުމާގުޅޭ

ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަން" ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޛުކުރުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރައްވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/11/SC (31 އޮގަސްޓް 2015) ސަރކިއުލަރ އިން ޤާއިމުކުރައްވާފައިވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީންނެވެ. އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުންނެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާގުޅޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

މީހުން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ތިން ބިދޭސީއަކު ޖަލަށް ލުމަށް ޙުކުމްކުރުން

މީހުން ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާގުޅިގެން، ބަނގުލަދޭޝްގެ ތިން މީހަކު 10 އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 07 ވަނަ ދުވަހު ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ ނުރޫޖަހާން ދިވެހިރާއްޖެއަށް ގެނެސް އޭނާ ޓްރެފިކްކުރުމުގައި އެންމެ ފުރިހަމަގޮތުގައި ބައިވެރިވެފައިވާކަން އެ މައްސަލައިގައި ލިބިފައިވާ ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، މީހުން ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ، ބަނގުލަދޭޝްގެ ތިން މީހުން ކަމަށްވާ، ބާދްޝާ (ޕާސްޕޯޓް ނަންބަރު B0901824) އާއި، އެމް.ޑީ ސައިމް މޮއްލާ (ޕާސްޕޯޓް ނަންބަރު AA5563689) އާއި، ޢަބްދުލްމަލަކު (ޕާސްޕޯޓް ނަންބަރު B1225641) އެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާ ބެހޭ

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ފުރަތަމަ ބުރު 2017 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 15 ވަނަ ދުވަހު ފެށުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ވަނީ ތާވަލުކުރައްވާފައެވެ.

މި ޕްރޮގްރާމާގުޅޭ އިތުރު މަޢުލޫމާތު  3396880 އިން ލިބިވަޑައިގަންނަވާނެއެވެ.

 

އިތުރަށް ވިދާޅުވުމަށް

ސ.މީދޫ ހަސަންކާރިގެ އަލްއުސްތާޛް ޙުސްނުއްސުޢޫދުގެ ސަސްޕެންޝަން އުވާލުން

 މި ޑިޕާޓްމަންޓްގެ ނަންބަރު 198-L/2016/144 (31 އޮކްޓޫބަރު 2016) އިޢުލާނުން، 2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނުކަން އަންގާފައިވާ ސ.މީދޫ ހަސަންކާރިގެއަލްއުސްތާޛް ޙުސްނުއްސުޢޫދު (އައިޑީކާޑު ނަންބަރު: A053050) އަށް، 2016 ނޮވެންބަރު 08 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ވަނީ ދެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

އަލްއުސްތާޛު ޙުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާގުޅޭ

2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ސ.މީދޫ، ހަސަންކާރިގޭ އަލްއުސްތާޛު ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކާއި އެންގުންތަކާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީއާއި، ޝަރުޢީދާއިރާގެ ތަޞައްވުރު ގެއްލޭގޮތަށް ކޯޓުގެ ނިންމުންތަކާ ގުޅިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ކުރައްވާފައިވާ ޓްވީޓްތަކާއި، ޙުސްނުއްސުޢޫދު ޙަވާލާދީ މީޑިއާގައި ޢާއްމުކޮށްފައިވާ ޚަބަރުތަކަކީ، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތަކެއް ކަމަށްވުމާއެކު، އެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ 3 ވަނަ މާއްދާގެ 3.2 ގެ (ހ)، (ނ) އަދި (ރ) އާ ޚިލާފު ޢަމަލުތަކެއްކަމަށްވާތީ، އެމައްސަލަ ބަލައި ވަކިގޮތެއް ނިމެންދެނެވެ.

މި މައްސަލާގައި އަލްއުސްތާޛު ޙުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާ ގުޅޭ މަޢުލޫމާތު އެފަރާތާ ޙިއްޞާކޮށް، މިފަދަ ޢަމަލުތައް ތަކުރާރުނުކުރުމަށް އަންގައި ނަޞޭޙަތާއި އިންޒާރު ވަނީ ދެވިފައެވެ.

އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާގުޅޭ

2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވަނީ، ކޯޓުތަކުގެ ތަޞައްވުރު ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރައްވަމުން ދިއުމުގެ އިތުރުން، ފުލުހުންގެ އިދާރާއިން ތަޙުޤީޤުކުރަމުންދާ އަލްއުސްތާޛު ޢަލީ ޙުސައިން އާ ގުޅުންހުރި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އަލްއުސްތާޛު ޢަލީ ޙުސައިން ކުރައްވާފައިވާކަމަށް ބެލެވޭތީ، އެމައްސަލަ ބަލައި ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅު އަޅައި ނިމެންދެނެވެ.

މިމަހުގެ 16 އިން 22 ގެ ނިޔަލަށް 656 އަޑުއެހުން ބާއްވައި 451 މައްސަލަ ނިންމައިފި.

12

މި މަހުގެ 16 އިން 22 ގެ ނިޔަލަށް ނިމުނު ހަފުތާގެ ތެރޭގައި ހައިކޯޓު އަދި ސުޕީރިއަރ ކޯޓުތަކުން 202 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުން ޖުމްލަ 249 މައްސަލަ ނިންމާފައިވެއެވެ. އެގޮތުން މިހަފްތާ ތެރޭގައި ޖުމުލަ 451 މައްސަލަ ކޯޓުތަކުން ނިންމާފައިވެއެވެ. މި ނަތީޖާއަށް ބަލާއިރު، އެ ހަފުތާގައި މެޖިސްޓްރޭޓަކު އެވްރެޖްކޮށް 1.9 މައްސަލަ ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އަދި މެޖިސްޓްރޭޓު ކޯޓުތަކުގައި މިހަފްތާގައި ޖުމުލަ 656 އަޑު އެހުން ބާއްވާފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 އަށް ނިމި ދިޔަ ހަފުތާވެސް، މައްސަލަތައް ނިންމުމުގައި ކާމިޔާބު

statnews22-10-2016

ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިއްބެވި 07 ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ 38 ޤާޟީންނާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ ޖުމްލަ 129 މެޖިސްޓްރޭޓުންނާއެކު، 09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތައި ތިއްބެވި ފަނޑިޔާރުންގެ ޢަދަދަކީ 174 އެވެ.

އެ ހަފުތާގެ ކޯޓުތަކުގެ ކްލިއަރެންސް ރޭޓަށް ބަލާއިރު، އޭގެ ކުރީ ހަފުތާއަށްވުރެ މި ހަފުތާގައި ޙާޞިލްކުރެވުނު ނަތީޖާ ކާމިޔާބުކަން ވަނީ ފާހަގަކުރެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ 132 ފަރާތަކަށް ދެއްވައިފި

lawyer4

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 132 ފަރާތަކުން މިރޭ ޤާނޫނީ ވަކީލުކަމުގެ ހުވާކުރައްވައިފިއެވެ. ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން އޮތީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.

އިތުރަށް ވިދާޅުވުމަށް...