ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތާގުޅޭ

 Legalpractitioners-oathtaking-ceremony2016

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 2016 އޮކްޓޫބަރ 05 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.

މި ރަސްމިއްޔާތުގެ ޑްރެސް ކޯޑަކީ ކޯޓު ފަޓުލޫނެވެ.

މި ރަސްމިއްޔާތުގެ ރިހާސަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރ 05 ވާ ބުދަދުވަހުގެ 13:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެވިފައިވާ ފަރާތްތައް ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 45 މިނިޓްކުރިން ދަރުބާރުގޭ ފާށަނާ މާލަމަށް ޙާޟިރުވެވަޑައިގަންނަވަން ވާނެއެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އިސްނަންގަވައިގެން ވަރަށްބާރަށް ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދޭ

ރައްޔިތުންނާއި ގާތުން ޢަދުލް އިންޞާފު ޤާއިމް ކުރުމަށްޓަކައި ނުނިމިހުރި އެއްއަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށްޓަކައި އަތޮޅުތަކަށް ޝަރުޢީވަފުދު ފޮނުވައިގެން ކުރެވެމުންދާ މަސައްކަތުގެ ދަށުން 2015 ވަނައަހަރު ނިމުނުއިރު ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓްކޯޓުތަކުގައި ނުނިމިހުރި އަހަރުވެފައިވާ 2056 މައްސަލައިގެ ތެރެއިން، 2016 މޭ މަހުގެ ނިޔަލަށް 807 މައްސަލަ ވަނީ ނިންމިފައެވެ.

މެޖިސްޓްރޭޓްކޯޓު ތަކުގެ ތެރެއިން ށ. އަތޮޅާއި. ދ. އަތޮޅާއި، ވ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި އެއް އަހަރުވީ ހުރިހާ މައްސަލައެއް ވަނީ ބަލައި ނިމިފައެވެ.

އިތުރަށް ވިދާޅުވުމަށް...

އިންސާނީ ވަގުފާރީގެ މަޢުލޫމާތު އެއްކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފި

stat-tip2016

2016 ވަނަ އަހަރުގެ ޝަރުޢީދާއިރާގެ ތަފާސްހިސާބުގައި އިންސާނީ ވަގުފާރީގެ މަޢުލޫމާތު ހިމެނުމަށްޓަކައި، އެމަޢުލޫމާތު އެއްކުރުމާ ގުޅޭގޮތުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައި މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވާފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ 2016 ވަނަ އަހަރުގެ ޝަރުޢީދާއިރާގެ ތަފާސްހިސާބުގައި އިންސާނީ ވާގުފާރިއާ ގުޅޭގޮތުން އެއްކުރާނެ މަޢުލޫމާތު ކަނޑައެޅުމާއި، ދެފަރާތުން އެއްކުރާ ތަފާސްހިސާބު އެއްގޮތް ކުރުމަށާއި، ހުނަރާއި ތަޖުރިބާ ބަދަލުކުރުމުގެ މަޤުޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން މި ބައްދަލުވުމުގައި ޝަރުޢީދާއިރާއިން އިންސާނީ ވަގުފާރީގެ މަޢުލޫމާތު އެއްކުރުމުގައި ބޭނުންކުރާނެ ޓެންޕްލޭޓުތައް ތައްޔާރުކޮށް ފައިނަލްކުރުމުގެ މަސައްކަތް ކުރެވުނެވެ.

އިތުރަށް ވިދާޅުވުމަށް...

މެޖިސްޓްރޭޓް ކޯޓުތަކަށް އައު ފޯނު ލައިން ޑައިރެކްޓްރީ އެއް އެކުލަވައިލަނީ

101courtproject2016

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ 101 ރަށުގެ މެޖިސްޓްރޭޓް ކޯޓު ގުޅާލުމުގެ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ ނިނުމަކަށް އައުމާއެކު، މެޖިސްޓްރޭޓް ކޯޓުތަކުގެ އެނަލޮގް ފޯނު ލައިންތައް އައު އައިޕީ ފޯނު ލައިން ތަކަކަށް އަޕްގްރޭޑްކޮށް އައު ލައިން ތައް ބޭނުންކުރަން ފެށުމުން، ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް ގުޅުމުގައި ވަނީ ދަތިތަކެއް މެދުވެރިވެފައެވެ. މިކަން މިހެން މެދުވެރިވެފައި މިވަނީ، މި ޕްރޮޖެކްޓްގެ ދަށުން ގެނެވުނު ބަދަލާއެކު ކޯޓުތަކުގައި ކުރިން ބޭނުންކުރި ނަންބަރުތަކުގެ ބަދަލުގައި އައު ނަންބަރުތަކެއް ބޭނުންކުރާގޮތަށް ހަމަޖެހިގެން ދިއުމާ ގުޅިގެންނެއެވެ.

މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ ފޯނު ލައިންތަކުގެ އައު ޑައިރެކްޓްރީ އެއް ތައްޔާރުކުރުމުގެ މަސައްކަތްފަށައި، އެ ޑައިރެކްޓްރީ ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ޝާއިޢުކޮށް، އަދި ކަމާބެހޭ އެންމެހައި އިދާރާތަކާ ޙިއްޞާކުރުމުގެ މަސައްކަތް ޑިޕާޓްމަންޓުން މިހާރު ވަނީ ފަށާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތާގުޅޭ

Legalpractitioners-oathtaking-ceremony2016

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 2016 އޮކްޓޫބަރ 05 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.

މި ރަސްމިއްޔާތުގެ ޑްރެސް ކޯޑަކީ ކޯޓު ފަޓުލޫނެވެ.

މި ރަސްމިއްޔާތުގެ ރިހާސަލް ބޭއްވުމަށް ހަމަޖެހިފައިވަނީ  2016 އޮކްޓޫބަރ 05 ވާ ބުދަދުވަހުގެ 13:00 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެވިފައިވާ ފަރާތްތައް ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 45 މިނިޓްކުރިން ދަރުބާރުގޭ ފާށަނާ މާލަމަށް ޙާޟިރުވެވަޑައިގަންނަވަން ވާނެއެވެ.

ޝަރުޢީ ދާއިރާއިން 31 ޑިސެމްބަރު 2013 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް މައިގަނޑުގޮތެއްގައި ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް: އޮޑިޓް ރިޕޯޓް 2013

auditޝަރުޢީ ދާއިރާގެ މުއައްސަސާތަކުން 31 ޑިސެމްބަރު 2013 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް މައިގަނޑުގޮތެއްގައި ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2013 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ. އެގޮތުން މައިގަނޑުގޮތެއްގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޝަރުޢީ ދާއިރާގެ މުއައްސަސާތަކުން 31 ޑިސެމްބަރު 2013 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ޑިޕާޓްމަންޓަށާއި ޝަރުޢީ ދާއިރާގެ މުއައްސަސާތަކަށް ފާސްކޮށްދެއްވި ބަޖެޓްތަކުގެ މަޤުޞަދުތައް ޙާޞިލުވާ ގޮތަށް، އެބަޖެޓްތަކުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ ދާއިރާގެ ތަފާސްހިސާބުގައި އިންސާނީ ވަގުފާރީގެ މައްސަލަތަށް ހިމެނުމަށް މަޢުލޫމާތު ހޯދަނީ

 

converstat2016

2016 ވަނަ އަހަރުގެ ޝަރުޢީދާއިރާއިން ހާމަކުރާ ތަފާސްހިސާބުގައި އިންސާނީ ވަގުފާރީގެ މަޢުލޫމާތު ހިމެނުމައްޓަކައި، އެ މަޢުލޫމާތު އެއްކުރުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ރާވާ ހިންގުމަށްޓަކައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއެކު ބައްދަލުވުމެއް ބާއްވާފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމާގުޅޭ

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ތާރީޚަކީ 05 އޮކްޓޯބަރ 2016 ވާ ބުދަދުވަސް ކަމުގައި ހަމަޖައްސައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެކަން ޢާންމުކޮށް އަންގައި އިޢުލާނުކޮށްފައެވެ. 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިޢުލާނު ވިދާޅުވުމަށް

 

ޝަރުޢީ ދާއިރާގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި ފައިނޭންޝަލް ސްޓޭޓްމަންޓާ ގުޅޭ ބައްދަލުވުން ބާއްވައިފި

 Auditmeeting2016-cover

ޝަރުޢީ ދާއިރާގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި ފައިނޭންޝަލް ސްޓޭޓްމަންޓް އާ ގުޅޭ ބައްދަލުވުން މި ޑިޕާޓްމަންޓްގެ ޓްރޭނިންގ ހޯލްގައި މިއަދު  ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ އޮޓިޑަރ ޖެނެރަލްގެ އޮފީހުން ކުރެއްވި، ޝަރުޢީދާއިރާގެ 2013 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގެތެރޭގައި ފާހަގަކުރެވުނު ކަންތައްތައްކާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޮންސޮލިޑޭޓެޑް މާލީ ބަޔާން ތައްޔާރުކުރުމުގެ މުހިންމުކަމާއި، ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމެނޭ ބައިތަކާއި، އަދި މާލީ ބަޔާނަކީ އެއްވެސް އޮޅުމެއް އަދި އޮޅުވާލުންތަކެއްނެތް ބަޔާނަކަށް ހެދުމަށްޓަކައި ދުރާލާ ހިސާބުތައް ބަހަލައްޓައި ރިކޮންސައިލް ކުރުމުގެ މުހިންމުކަމާއި އެކަންކުރާނެ ގޮތްތަކާގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާގުޅިގެން، ހުއްދަދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ހުއްދަދިނުމާގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހުއްދަދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ 01 ސެޕްޓެމްބަރ 2016 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި 160 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

101 މެޖިސްޓްރޭޓް ކޯޓަކަށް ޖެމްސް ގެޚިދުމަތަށް އެކްސެސް ވެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

gems

ޝަރުޢީ ދާއިރާގެ ވައިޑް އޭރިއާ ނެޓްވޯކްގައި ހިމެނޭ 101 މެޖިސްޓްރޭޓޤ ކޯޓަށް ޖެމްސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑާއި (ދިރާގު) ގުޅިގެން ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ 'ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ ދަށުން މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ 101 މެޖިސްޓްރޭޓް ކޯޓަށް ސަރުކާރުގެ އީ-ގަވަރމަންޓް ނެޓްވޯކަށް އެކްސެސް ވެވޭނެ ގޮތް ހަދައި، ޖެމްސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ޑިޕާޓްމަންޓާއި، ދިރާގު އަދި އެންސީއަޓީ ގުޅިގެން ކުރަން ވަނީ ފަށާފައެވެ. އަދި ކޯޓުތަކާއި ޑިޕާޓްމަންޓާއި ދެމެދު ޤާއިމް ކުރާ ލިންކު މެދުވެރިކޮށް މި ޚިދުމަތް ކޯޓުތަކަށް ފޯރުކޮށްދެވޭނެ އެވެ. މީގެ ކުރިން މެޖިސްޓްރޭޓް ކޯޓު ތަކުގެ ތެރެއިން ޖެމްސްގެ ޚިދުމަތް ލިބެނީ ހަމައެކަނި އަތޮޅު ވެރިކަން ކުރާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އެކަންޏެވެ.


ޖެމްސްގެ ޚިދުމަށް މިމެޖިސްޓްރޭޓް ކޯޓުތަކަށް ލިބެން ފެށުމާއެކު، ދައުލަތުގެ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފެކްސްގެ ޒަރީއާއިން ފޮނުވުމުގެ ބަދަލުގައި ސްކޭންކޮށް ޖެމްސް އިން ފޮނުވުމުގެ މަގު ފަހި ވެގެންދާނެ އެވެ. މީގެ ސަބަބުން ކަރުދާސް ބޭނުންކުރާ ވަރު ވަރަށް ބޮޑުތަން ދަށްވެ ދައުލަތުގެ ޚަރަދުތައް ކުޑަވެގެންދާނެ އެވެ. 4 ސެޕްޓެމްބަރު 2016 ގައި މި މަސައްކަތް ނިންމާލެވި ޖެމްސްގެ އެކްސެސް ކޯޓުތަކަށް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.