ޝަރުޢީ ދާއިރާގެ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ 93 އިން ސައްތަ ނިމިއްޖެ

nec1

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑާއި (ދިރާގު) ގުޅިގެން ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ ހަމަޖެހިފައިވާ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓް 93 އިން ސައްތަ މިހާރު ވަނީ ނިމިފައެވެ. މި ގޮތުން މި ބިޔަ މަޝްރޫޢުގައި ހިމެނޭ ރަށްރަށުގެ ތެރެއިން ހުވަދު އަތޮޅުގެ ބައެއް ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި މިހާރު ވަނީ ދިރާގު ގެ ފަރާތުން ހައި ސްޕީޑް ލިންކެއް އެ ކޯޓު ތަކާއި، މި ޑިޕާޓްމަންޓާއި  މެދު ޤާއިމްކޮށް، އިންޓްރާނެޓް، އިންޓަނެޓް، އަދި ޕީއޭބީޢެކްސްގެ ޚިދުމަށް ދޭން ފަށާފައެވެ.

nec2

މި ނެޓްވޯކު އެންހޭންސްމެންޓް ޕްރޮޖެކްޓްކީ މިހާ ފުޅާ ދާއިރާއެއްގައި ކޮމްޕްލީޓް ނެޓްވޯކިންގ ސެޓަޕެއް ރާއްޖޭގައި ޤާއިމްކުރެވޭ ފުރަތަމަ ފަހަރެވެ. ދިރާގާއި އެކު ވެފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން  101 މެޖިސްޓްރޭޓް ކޯޓުގެ ނެޓްވޯކިންގ ކަނެކްޓިވިޓީ އަޕްގްރޭޑްކޮށް ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް  އެ ކޯޓު ތަކުގައި ޤާއިމް ކުރެވިގެން ދާނެއެވެ.

ނެޓްވޯކު އެންހޭންސްމެންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ދިރާގާއެކީ ސޮއި ކުރެވުނީ 20 އެޕްރީ 2016 ގައެވެ. މި އެއްބަސް ވުމުގެ ދަށުން 101 މެޖިސްޓްރޭޓް ކޯޓުގައި ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ ދަށުން ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ކުރިޔަށް ގެންދިޔުމަށް ނިންމިފައިވެއެވެ. އެއީ އަބާދީގެ ގޮތުން 1000 އަށް ވުރެ މަތީ އާބާދީގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ. މި ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ ދަށުން މައިގަނޑު ތިން ޚިދުމަތެއް ފޯރު ކޮށްދެއެވެ. އެއީ، ކްލައުޑް ވޮއިސް ހައި ސްޕީޑް އިންޓަނެޓް އަދި އިންޓްރާނެޓް އެކްސެސިބިލިޓީ ގެ ޚިދުމަތެވެ.

އަލްމަރްޙޫމް އާދަމް ޝަރީފްގެ ހަނދާނުގައި

adam

ދައުލަތަށާއި ޝަރުޢީދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި ހ.ވީސަންގެ އަލްމަރްޙޫމް އާދަމް ޝަރީފް، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 60 އަހަރުފުޅެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓު އުތުރު ގޮއްޕަށް ނެގި މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިޔަށް ގެންގޮސްފި

HC3

ހައިކޯޓު އުތުރު ގޮއްޕަށް ނެގި މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ހދ.ކުޅުދުއްފުށީގައި ހުންނަ ހައިކޯޓު އުތުރު ގޮފި ހިންގުމަށް ހަމަޖެހިފައިވާ އިމާރާތުގައެވެ. މިޕްރޮގްރާމްގެ މަޤުޞަދަކީ ޝަރުޢީދާއިރާއާ އަލަށް ގުޅޭ  މިމުވައްޒަފުންނަކީ ޝަރުޢީ ދާއިރާއަށް ހޭލުންތެރި މުވައްޒަފުންނަށް ހެދުމުގެ އިތުރުން. ވަޒީފާއާ ގުޅޭ ދާއިރާގެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިފައިވާ، ޚިދުމަތްތެރި މުވައްޒަފެއްކަމުން މިމުވައްޒަފުން ހެދުމެވެ.HC2HC1

ޝަރުޢީ ކޯޓުތަކުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ޕަރފޯމަންސް، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު، ރަނގަޅު!

ޝަރުޢީ ކޯޓުތަކުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ޕަރފޯމަންސް، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު، ރަގަޅު ކަމަށް ޝަރުޢީދާއިރާގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ޝާއިޢުކުރި ޝަރުޢީދާއިރާގެ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތައް ތިރީގައިއެވަނީއެވެ.
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ދަށުކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ނިންމި މައްސަލަތަކަށް ވުރެ %9.4 ވަނީ އިތުރުކުރެވިފައެވެ.

2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ 15.3% ވަނީ އިތުރުވެފައެވެ.

3.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނު އިރު ކޯޓުތަކުގައި ނުނިމި މައްސަލަތަކަށް ވުރެ %15 މަދުކުރެވިފައިވެއެވެ.
 
4.    2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކާ އަޅާ ބަލާއިރު 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ މައްސަލަތައް ވަނީ ވަރަށް ބޮޑު ތަން މަދު ކުރެވިފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ 32.3% މައްސަލަ ކޯޓުތަކުގައި ނުނިމި ހުރިއިރު، 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ މައްސަލަތައް، 16% އަށް ދަށް ކުރެވިފައިވެއެވެ.

5.    2016 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ 84% މައްސަލަ އަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރު ނުވާ މައްސަލަތަކެވެ.


ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ސިވިލް ކޯޓުގެ ޕަރފޯމަންސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު 45.6% އިތުރު ވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު 36.1% އިތުރު ކުރެވިފައިވެއެވެ.
3.    2016 ވަނަ އަހަރު ފުރަތަމަ ހަމަސް ދުވަހުގައި ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަ ތަކުގެ އަދަދު ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކާ އަޅާބަލާއިރު 4.5% އަދަދު ދަށް ކުރެވިފައިވެއެވެ.
4.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރު ވެފައިވަނީ އެން 0.3% މައްސަލައެވެ.
5.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 118.8% މައްސަލަ ނިންމާފައިވެއެވެ.

ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ފެމިލީ ކޯޓުގެ ޕަރފޯމަންސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު، 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު 6.3% މައްސަލަ އިތުރަށް ނިންމާފައިވެއެވެ.
2.    2016 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ފެމިލީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 20.2% މަދު ކުރެވިފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފެމިލީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރު ވެފައިވަނީ އެންމެ 1.3% މައްސަލައެވެ.
4.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 105.1% މައްސަލަ ނިންމާފައިވެއެވެ.
ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ކްރިމިނަލް ކޯޓުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 55.7% މައްސަލަ ނިންމާފައިވެއެވެ.

2.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވަނީ 38.8% މައްސަލައެވެ.
ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖުވެނައިލް ކޯޓުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 41.2% މައްސަލަ އިތުރު ވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކާ އަޅާ ބަލާއިރު 11.1% މައްސަލަ އިތުރުވެފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވަނީ 1 މައްސަލައެކެވެ.
4.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 83.7% މައްސަލަ ޖުވެނައިލް ކޯޓުން ނިންމާފައިވެއެވެ.

ވަކިވަކި ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޑްރަގް ކޯޓުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 124.5% މައްސަލަ އިތުރު ވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޑްރަގް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކާ އަޅާ ބަލާއިރު 22.5% މައްސަލަ އިތުރުވެފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑްރަގް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރު ވެފައިވަނީ 8.1% މައްސަލައެވެ.
4.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 67% މައްސަލަ ނިންމާފައިވެއެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްވުރެ 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މެޖިސްޓްރޭޓް ކޯޓުތަކުގެ ޕަރފޯމަންސް ވެސް ރަނގަޅުކަމަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓުން ދައްކައެވެ. އެގޮތުން:
1.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 7.7% އިތުރުވެފައިވެއެވެ.
2.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ، 2015 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކާ އަޅާ ބަލާއިރު 11.5% މައްސަލަ އިތުރުވެފައިވެއެވެ.
3.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަ މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 29.6% މައްސަލަ ދަށްކުރެވިފައިވެއެވެ.
4.    2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވަނީ 16% މައްސަލައެވެ.
5.    2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 102.5% މައްސަލަ ނިންމާފައިވެއެވެ.

 

ރިޕޯޓް ވިދާޅުވުމަށް

ޖުޑިޝަރީ ވޯރކްޝޮޕް އޮން ސްޓްރެންތަނިންގ ސްޓްރެޓެޖިކް އެންޑް ބަޖެޓަރީ ޕްލޭނިންގ 2017

Budget201701

2017 ވަނަ އަހަރަށް ޝަރުޢީ ދާއިރާއިން ތައްޔާރުކުރާ ބަޖެޓަކީ ޝަރުޢީ ދާއިރާގެ އެޝަން ޕްލޭންގައި ކަނޑައަޅާފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭގޮތަށް ތައްޔާރުކުރެވޭ ބަޖެޓަކަށް ހެދުމުގެގޮތުން، ވަކިވަކި ކޯޓުތަކުން 2017 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރައްވާއިރު، އެ އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ހިމެނޭގޮތަށް ބަޖެޓް ތައްޔާރުކުރުމަށް ޚާއްޞަ ސަމާލުކަންދޭންޖެހޭ ދާއިރާތައް ފާހަގަކޮށް، އެކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިއަދު ވޯކްޝޮޕެއް ބާއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން މީޑިއާގެ ފަރާތްތަކާއެކު ކޯޓުތަކުގެ އިސްފަނޑިޔާރުން ބޭއްވެވި ބައްދަލުވުން

md2

ޝަރުޢީ ދާއިރާއާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ކުރިޔަށް ގެންދާ "ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގެ ތެރެއިން މިއަދު އޮތީ މީޑިއާގެ ފަރާތްތަކާއެކު ކޯޓުތަކުގެ އިސްފަނޑިޔާރުން ބޭއްވެވި ބައްދަލުވުމެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން މީޑިއާގެ ފަރާތްތައް ޑްރަގް ކޯޓަށާއި ފެމިލީ ކޯޓަށް ޒިޔާރަތްކޮށްފި

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން، މީޑިއާގެ ފަރާތްތަކުން ކޯޓުތަކަށް ޒިޔާރަތްކޮށް، ކޯޓުތަކުން ހުއްދަ ދޭ ގޮތެއްގެ މަތިން، ކޯޓުތައް ވީޑިއޯކޮށް ފޮޓޯ ނެގުމަށް ހުޅުވާލި ފުރުޞަތުގައި، މީޑިއާގެ ފަރާތްތަކުން ޑްރަގް ކޯޓަށާއި ފެމިލީ ކޯޓަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން ޝަރުޢީ ދާއިރާއިން ޕަބްލިކް ސަރވިސް މީޑިއާއާ މިއަދު ބައްދަލުކޮށްފި

media

ޝަރުޢީ ދާއިރާއާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ކުރިޔަށް ގެންދާ "ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގެ ތެރެއިން މިއަދު އޮތީ ޕަބްލިކް ސަރވިސް މީޑިއާއާއެކު ޝަރުޢީ ދާއިރާއިން އިންތިޒާމްކުރި ބައްދަލުވުމެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން މީޑިއާގެ ފަރާތްތައް ޖުވެނައިލް ކޯޓަށް ޒިޔާރަތްކޮށްފި

image3

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން، މީޑިއާގެ ފަރާތްތަކުން ކޯޓުތަކަށް ޒިޔާރަތްކޮށް، ކޯޓުތަކުން ހުއްދަ ދޭ ގޮތެއްގެ މަތިން، ކޯޓުތައް ވީޑިއޯކޮށް ފޮޓޯ ނެގުމަށް ހުޅުވާލި ފުރުޞަތުގައި، މީޑިއާގެ ފަރާތްތަކުން ޖުވެނައިލް ކޯޓަށް ޒިޔާރަތްކޮށްފިއެވެ. މިއަދު ހެނދުނު 10:30 ގައި ފެށި މި ޙަރަކާތުގައި، ކޯޓުތެރެ ބަލާލުމުގެ ފުރުޞަތު ދިނުމުގެ އިތުރުން، ކޯޓާ ބެހޭ މަޢުލޫމަތު ޙިއްޞާކުރުމުގެ ސެޝަންއެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ކޯޓުން ހުއްދަދޭ ތަންތަން ފޮޓޯ ނެގުމުގެ ފުރުޞަތު މީޑިއާގެ ފަރާތުން ބައިވެރިވި ފަރާތްތަކަށް ވަނީ ދީފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު މިއަދު ތާވަލުކުރެވުނު ބައްދަލުވުން

 

imagecom

ޝަރުޢީ ދާއިރާއާއި މީޑިއާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ކުރިޔަށް ގެންދާ ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގައި މިއަދު ތާވަލްކުރެވިފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު ޝަރުޢީދާއިރާގެ ފަރާތުން ބާއްވާ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު އަސްލަމްއާއި، ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ނާސިހްއާއި، ޕީ.އާރ ކޯޑިނޭޓަރ އަޙްމަދު އަރްޝަދު ޢަލީއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން މީޑިއާގެ ފަރާތްތައް ކްރިމިނަލް ކޯޓަށް ޒިޔާރަތްކޮށްފި

mc1

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން، މީޑިއާގެ ފަރާތްތަކުން ކޯޓުތަކަށް ޒިޔާރަތްކޮށް، ކޯޓުތަކުން ހުއްދަ ދޭ ގޮތެއްގެ މަތިން، ކޯޓުތައް ވީޑިއޯކޮށް ފޮޓޯ ނެގުމަށް ހުޅުވާލި ފުރުޞަތުގައި، މީޑިއާގެ ފަރާތްތަކުން ކްރިމިނަލް ކޯޓަށް ޒިޔާރަތްކޮށްފިއެވެ. ހަވީރު 5:00 ގައި ފެށި މި ޙަރަކާތުގައި، ކޯޓުތެރެ ބަލާލުމުގެ ފުރުޞަތު ދިނުމުގެ އިތުރުން، ކޯޓާ ބެހޭ މަޢުލޫމަތު ޙިއްޞާކުރުމުގެ ސެޝަންއެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ކޯޓުން ހުއްދަދޭ ތަންތަން ފޮޓޯ ނެގުމުގެ ފުރުޞަތު މީޑިއާގެ ފަރާތުން ބައިވެރިވި ފަރާތްތަކަށް ވަނީ ދީފައެވެ.

އިތުރަށް ވިދާޅުވުމަށް...