Bursa Escort - escort bayan - görükle Escort

ޑީ.ޖޭ.އޭ ގެ މުވައްޒަފުންނަށް ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް

dv5

ގެވެށި އަނިޔާއާ މެދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ ގެވެށި އަނިޔާ އަކީ ދިވެހި މި މުޖުތަމަޢު އިން ފާހަގަކުރެވިފައިވާ ސީރިއަސް މައްސަލައަކަށްވާތީ، މި މައްސަލަ އާ މެދު ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މައްސަލަ ޙައްލުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަށް އަހުލުވެރި ބަޔަކަށް ޑިޕާޓްމަންޓްގެ އެންމެހައި މުވައްޒަފުން ހެދުމެވެ.

މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޑިރެކްޓަރ، ރިފެރަލް އެންޑް މޮނިޓަރިންގ އަލްފާޟިލާ ޢާއިޝަތު އިބާހަތު އާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ޚަދީޖާ އަރީޝާއެވެ. މި ސެޝަންގައި، ގެވެށި އަނިޔާ އަކީ ކޮބާކަމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުން ރައްކާތެރިކޮށްދިނުމަށާއި އެހީތެރިވުމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ގުޅޭ މަޢުލޫމާތާއި ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ ދައުރާއި އަނިޔާ ލިބޭ ފަރާތްތަކުން ރައްކާތެރިކަން ހޯދުމަށް ނުވަތަ މައްސަލަ ރިޕޯޓްކުރުމުގައި ޢަމަލުކުރަންވީ ގޮތްތަކުގެ މަޢުލޫމާތު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މުވައްޒަފުން ދެއްވިއެވެ.

މިއަދުގެ މަޢުލޫމާތު ދިނުމުގެ ސެޝަން ފެށުމުގެ ގޮތުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ 28 ޑިސެމްބަރު 2015 ގައި ނިޔާވި ގދ.ތިނަދޫ، މަރްޙޫމާ ޒިޔާދާ ނަޢީމްގެ އަށް ހެޔޮ ދުޢާ ކުރުމަށްޓަކައި ފާތިހާ ކިޔުމުގެ ސުކޫތެއް ގެނެވުނެވެ.

dv1dv2dv3

antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
sex watch
cankaya escort