އެކިއެކި ފަރާތްތަކުށް ޝަރުޢީދާއިރާއާ މުޢާމަލާތުކުރުމާބެހޭ ސަރކިއުލަރއެއް ނެރުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދުލް އިންސާފް ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމުގައި ބަޔާންކޮށްފައިވުމާއެކު، ދިވެހރާއްޖޭގެ އަދުލް އިންސާފް ޤާއިމްކުރުމާބެހޭ ޖުޑީޝަލް ޕޮލިސީ ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށް ވީހިނދު، ޝަރުޢީ ދާރިއާ ގުޅުންހުރި ކަންތައްތަކުގައި ދައުލަތުގެ އެކިއެކި މުއްސަސާތަކާއި އޮފީސްތަކުން ވަކިވަކި ކޯޓުތަކާއި ނުވަތަ ވަކިވަކި ފަނޑިޔާރުންނާއި ނުވަތަ މުވައްޒަފުންނާއި ނުވަތަ ވަކިވަކި ފަރާތްތަކާ މުޢާމަލާތްކުރުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި މުޢާމަލާތްކުރަންޖެހޭ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމުގައި އަންގާ ސާރކިއުލަރއެއް ނެރުއްވައިފިއެވެ.

ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ކޮމެޓީތަކަށް އައްޔަންކުރެވޭ ޙާލަތުގައިވެސް ޢައްޔަންކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބުމަށްފަހުގައި ކަމަށްވެސް މި ސާރކިއުލަރގައިވެއެވެ.
މިހާރު އެފަދަ ކޮމެޓީއެއްގައި ހިމެނިފައިވާ ފަރާތްތަކުން، މި ސަރކިއުލަރއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ލިޔުމުން ހުއްދަ ހޯދަންވާނެކަމަށްވެސް ސަރކިއުލަރގައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރ ވިދާޅުވުމަށް