މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން އެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން "ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް"ގެ ނަމުގައި 2019 ޑިސެންބަރު 3 އިން 4 އަށް މާލޭގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ތ. އަތޮޅާއި ލ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ. މި ސެމިނާރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އިތުރުން، ޖުޑީޝަލް ދާއިރާތަކުގެ ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އއ، ވ، މ، ފ، ދ، ތ އަދި ލ ޖުޑީޝަލް ދާއިރާއަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއާތާބެހޭ ޤަޟާއީ ސެމިނާރެއް ފަށައިފިއެވެ. ޖުޑީޝަލް އެކެޑަމީން އިންތިޒާމުކޮށްގެން ދ އަތޮޅުގައި ކުރިއަށްގެންދާ މި ސެމިނާރު އިފްތިތާޙްކޮށް ދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.ޢަބްދުﷲ ނަޒީރު އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. ސިވިލް ކޯޓާއި، ޖުޑީޝަލް އެކެޑަމީން އިންތިޒާމުކޮށްގެން، ސްޓެލްކޯގެ ޓްރެއިނިންގ ހޯލްގައި 01 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 52 ކޯޓު އޮފިސަރުން ބައިވެރިއެވެ.
ޢާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުހޯދުމަށް ޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ.
ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މި މަހުގެ 27 އިން 30 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.
ޢާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުހޯދުމަށް ޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ.
ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މި މަހުގެ 27 އިން 30 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޤާނޫނުލް ޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނަރއެއް ފަށައިފިއެވެ. މި ސެމިނާރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2019 އޯގަސްޓް 31 އިން ސެޕްޓެންބަރު 04 އަށް ބ.އޭދަފުށީ ޓީޗަރ ރިސޯސް ސެންޓަރގައެވެ.
މި ސެމިނަރގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނުވި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާއި، އަދި ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރ، ބ، ޅ، ކ، އަދި އދ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުން އަހުލުވެރިކުރުވައި، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު ތަންފީޛްކޮށް ތަޠުބީޤް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދީ، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް ޤާބިލުކަން އިތުރުކުރުމެވެ.
ޖުމްލަ 42 ބައިވެރިންނާއިއެކު 05 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޤާނޫނުލް ޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނަރުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު އާއި ޑްރަގްކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފް އެވެ.
މި ސެމިނާރުގެ އިތުރުން، ރ، ބ، ޅ، ކ، އދ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖްރާއަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރެއް 25 އޯގަސްޓް އިން 29 އޯގަސްޓް 2019 އަށް ބ. އޭދަފުށީގައި ވަނީ ކުރިޔަށް ގެންދެވި ފައެވެ.
ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤަޟާއީ އަދި ޤާނޫނީ ދާއިރާއިން ޢިލްމީ ދިރާސާތަކުގެ މަސައްކަތް ކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން، ތުރުކީވިލާތުގެ ސޯޝަލް ސައެންސަސް ޔުނިވަރސިޓީ އޮފް އަންކާރާ (އެސްއެސްޔޫއޭ) އާއެކު މެމޮރޭންޑަމް އޮފް އެގްރީމެންޓެއްގައި ސޮއި ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޖިނާއީ އިޖުރާއާތާބެހޭ ޤަޟާއީ ސެމިނަރ އެއް ފަށައިފިއެވެ. 2019 އޯގަސްޓު 25 އިން 29 އަށް ބ. އޭދަފުށީ ޓީޗަރ ރިސޯސް ސެންޓަރގައި ކުރިއަށް ގެންދާ މި ސެމިނަރ އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދެވެ.
މި ސެމިނަރ ގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނުވި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާއި އަދި ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރ، ބ، ޅ، ކ އަދި އދ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުން އަހުލުވެރި ކުރުވައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަންފީޛްކޮށް ތަޠުބީޤް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތަކަށް ޙައްލުހޯދުމާގުޅޭ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާ ކުރުމެވެ.
ޖުމްލަ 40 ބައިވެރިންނާއެކު 05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިސެމިނަރ ގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް އާއި ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރެއް ފަށައިފިއެވެ.
މި ސެމިނާރަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނަވައި ދެއްވުމާއި، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމާއި، ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރުމުގެ މަޤުޞަދުގައި ބާއްވާ ސެމިނާރެކެވެ.