މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބްލޮކް މޯޑުގައި ޑިގްރީ ޕްރޮގްރާމެއް ހިންގުން

މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބްލޮކް މޯޑްގައި ހިންގުމަށް ހަމަޖެހިފައިވާ ޑިގްރީ ޕްރޮގްރާމްގެ ކިޔެވުން، މި ފެށޭ އޮކްޓޯބަރ މަހުގެ ކުރީކޮޅުގައި ފެށުމަށްޓަކައި ކޯސް ހިންގަވާ ފަރާތާގުޅިގެން ދަނީ މަސައްކަތް ކުރެވެމުންނެވެ.

މި ޕްރޮގްރާމަކީ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ބްލޮކް މޯޑުގައި ކުރިއަށް ގެންދާގޮތަށް ފަރުމާކުރެވިފައިވާ  ޑިގްރީ ކޯހެކެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އަހަރީ ލެކްޗަރ ސީރީޒްގެ ފުރަތަމަ އިސްދާރު ބޭއްވުމާ ގުޅޭ

mjalecture01-2016-cover

mjalecture01-2016-cover2

mjalectureseries2016

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ހަމަޖެހިފައި ވާ އިލްމީ ތަގުރީރު ސިލްސިލާގެ ފުރަތަމަ އިސްދާރު މިރޭ ބޭއްވިއްޖެއެވެ. އެމްޖޭއޭ އެނުއަލް ލެކްޗަރ ސީރީޒްގެ ނަމުގައި ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމުގެ ފުރަތަމަ އިސްދާރު ބޭއްވިފައި ވަނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ބާއްވާ ހަރަކާތެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާލަމުގައި ބޭއްވުނު ޕްރޮގްރާމުގައި، އިނގިރޭސި ބަހުން، ތަގުރީރު ކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދައުވަތަށް ރާއްޖެ ވަޑައިގެން ހުންނެވި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕްރޮފެސަރ ޑޮކްޓަރ އަޝްޣަރު ޢަލީ ބިން ޢަލީ މުޙައްމަދު އެވެ.

އިތުރަށް ވިދާޅުވުމަށް...

"ނޭޝަނަލް ސްޓްރެޓެޖީ ފޯރ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް 2010-2019" ރިވިއުކުރުމާބެހޭ ބައްދަލުވުމުގައި ބައިވެރިވުން

nsds

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި އެކުލަވާލައިފައިވާ 10 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތަޞައްވުރު "ނެޝަނަލް ސްޓްރެޓެޖީ ފޯރ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެން.އެސް.ޑީ.އެސް) 2010-2019" ރިވިއުކުރުމާ ގުޅޭގޮތުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބައިވެރިވެއްޖެއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޓްރެއިނިންގ ހޯލް ގައި މިއަދު އޮތް ބައްދަލުވުމުގައި ޑިޕާޓްމަންޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިޕާޓްމަންޓުގެ ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ އަލްފާޟިލް ސުހާދު އެވެ.

އިތުރަށް ވިދާޅުވުމަށް...

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ޓްރޭނިންގ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފި

ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ "މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް" (މެމްސް) ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ތަޢާރަފުކޮށް ބޭނުން ކުރަން ފެށުމާ ގުޅިގެން މެމްސް ބޭނުންކުރާނެ ގޮތުގެ ޓްރޭނިންގ އާއި އައި.ޓީ އާ ގުޅޭ މުހިންމު މަޢުލޫމާތު ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ދިނުމަށް ސެޝަންތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިޔަށް ގެންގޮސްފައިވަނީ 09 އޮކޮޓޯބަރު 2015 ވީ ހުކުރު ދުވަހުގެ ރޭ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައެވެ. މިސެޝަންތަކުގައި މެމްސް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތާއި އައި.ޓީ އާ ގުޅޭ މުހިންމު މަޢުލޫމާތު ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ދެއްވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ ނެޓްވޯރކް އިންޖިނިއަރ ހުސައިން ވަޙީދު އާއި ސީނއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ ޢަލީ އާދަމް އެވެ.

އިތުރަށް ވިދާޅުވުމަށް...

އދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިންނަށް ޝަރުޢީ ދާއިރާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިއްޖެ

އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިންނަށް ޝަރުޢީ ދާއިރާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިއްޖެއެވެ. 07 މެއި 2015 ވީ ބުދަ ދުވަހު ފެށިގެން ކުރިޔަށްދާ މި ޕްރޮގްރާމުގެ ސެޝަންތައް ބާއްވަމުންދާނީ އދ މަހިބަދޫ އަދި އދ މަންދޫގައެވެ.

އިތުރަށް ވިދާޅުވުމަށް...

"އިންފޮރމޭޝަން ޓެކްނޮލޮޖީއަށް އަހްލުވެރިކުރުވުން" މިނަމުގައި މައުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިއްޖެ

މާލޭގެ ކޯޓުތަކަށް އަމާޒުކޮށްގެން "އިންފޮރމޭޝަން ޓެކްނޮލޮޖީއަށް އަހްލުވެރިކުރުވުން" މިނަމުގައި މަޢުލޫމާތު ދިނުމުގެ 5 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިގެން ކުރިޔަށްއެބަދެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މިޕްރޮގްރާމްގެ މަގްސަދަކީ އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ބެހޭގޮތުން ކޯޓުތަކުގެ މުވައްޒަފުން އަޙުލުވެރިކުރުވުމެވެ.

 20 ނޮވެމްބަރ 2014 ވީ ބުރާސްފަތި ދުވަހު ފެށިގެން ކުރިޔަށްދާ މިޕްރޮގްރާމްގައި މާލޭގެ ކޯޓުތަކުން ޖުމްލަ 10 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ.

މިޕްރޮގްރާމްގެ ސެޝަންތައް ބާއްވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ރޫމްގައެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

64 މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ޑިޕްލޮމާ ފެންވަރުގެ ބަޔަކަށް ވާންޖެހޭނެކަމަށް ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރުމަށް ފެށުނު ޕްރޮގްރާމުގެ ދަށުން 64 މެޖިސްޓްރޭޓަކު މިހާތަނަށް ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ވިދާޅުވެފައި ވަނީ، މި 64 މެޖިސްޓްރޭޓުން ޑިޕްލޮމާ ހާސިލްކުރައްވާފައިވަނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިންނެވެ.
މެޖިސްޓްރޭޓުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރުމަށް ފެށުނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޑިޕްލޮމާ ޙާޞިލް ކުރައްވާފައި ނުވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ފަހު ބެޗު މިއަހަރު ނިމުމުގެ ކުރިން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށް ނިންމާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ފާސްކުރިއިރު ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ޝަރުޠު ފުރިހަމަ ނުވާ ފަނޑިޔާރުންނަށް އެޝަރުޠު ފުރިހަމަ ކުރުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ފަނޑިޔާރުންނާބެހޭ ޤާނޫނުގެ 15 ވަނަ މައްދާގެ (ކ) އިން ލިބިދީފައިވެއެވެ. އެމުއްދަތު ހަމަވާނީ 2017 ވަނަ އަހަރުއެވެ.

ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ ފަށައިފި

BD085B88 B6DE 4056 B32A 2A2D00B4EE48

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާގުޅިގެން ކުރިޔަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2018 ފަށައިފިއެވެ. ފަނޑިޔާރުންގެ ޤައުމީ މަހާސިންތާއަކީ، ޝަރުޢީގޮތުންނާއި އިދާރީގޮތުން ކޯޓުތަކަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރެވިދާނެ ގޮތްތަކާގުޅޭގޮތުން ޝަރުޢީ ދާއިރާގެ ފަނޑިޔާރުންގެ މެދުގައި މަޝްވަރާކޮށް، ނިންމުންތަކެއް ނިންމުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ބައްދަލުވުމެކެވެ.

މި އަހަރުގެ މަހާސިންތާގައި ވެސް މުހިންމު މައުޟޫޢުތަކަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، ޖުޑީޝަލް ދާއިރާތަކުގެ މަންދޫބުންގެ ގޮތުގައި އެ ދާއިރާތަކުން ކަނޑައެޅުއްވި މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވައެވެ.

ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ފަށައިފި

1st.JPG

ޤަޟާއީ އަހަރު 2018 އިފްތިތާޙްކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް މިއަދު ފަށައިފިއެވެ.

މި ކޮންފަރެންސްގެ މަޤުޞަދަކީ، ޓެރަރިޒަމް އަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލަކަށް ވާއިރު، ޓެރަރިޒަމްގެ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ޙައްލުކުރުމާގުޅޭގޮތުން ޝަރުޢީ ދާއިރާއާ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޢިލްމީ ގޮތުން މަޝްވަރާކޮށް، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މި ކޮންފަރެންސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 8 ސެޝަންއެއް ހިމެނޭގޮތަށެވެ. އެގޮތުން ފުރަތަމަ ސެޝަން އަކީ ކޮންފަރެންސްގެ މައުޟޫޢު ތަޢާރަފްކުރުމެވެ. އެ ސެޝަންގައި ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކުގެ ބައިނަލްއަޤުވާމީ ލީގަލް ފްރޭމްވޯކާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ނިޒާމާގުޅޭ މަޢުލޫމާތު ހިއްސާކުރާނެއެވެ.

2nd.JPG

ދެވަނަ ސެޝަންގައި މަޢުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވަނީ ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކުގެ ތަޙްޤީޤު މަރުޙަލާގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މައްޗަށެވެ. އެ ސެޝަންގައި މަޢުލޫމާތު ހިއްސާކޮށްދެއްވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނެވެ. ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކަކީ ހެއްކާއި ޤަރީނާ ހޯދަން އުނދަގޫ މައްސަލަތަކެއްކަން ފާހަގަކުރެވިފައިވާއިރު، ތަޙްޤީޤު މަރުހަލާ ފުރިހަމަކުރުމުގައި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާގުޅޭގޮތުން މި ސެޝަންގައި  މަޝްވަރާކުރެވޭނެއެވެ.

3rd.JPG

ތިން ވަނަ ސެޝަންގައި މަޢުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވަނީ ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކުގެ ދަޢުވާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޢުލޫމާތެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓު ގުޅިގެން ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ދަޢުވާ އުފުލުމުގައި ދިމާވާ މައްސަލަތަކުގެ މަޢުލޫމާތު ހިއްސާކޮށްދެއްވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. އަދި ޝަރުޢީ މަރުޙަލާގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިއްސާކޮށްދެއްވާނީ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ ފަރާތުންނެވެ. ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކުގެ ދަޢުވާ އުފުލުމުގައްޔާއި ޝަރީޢަތް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ޙައްލުކުރުމަށް ހުށަހަޅާ ރެކޮމެންޑޭޝަންތަކާގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.

4th.JPG

ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ ބަލައިގަނެވިފައިވާ ވިސްނުމަކީ ޓެރަރިޒަމްގެ ޢަމަލުގެ ތުހުމަތުކުރެވިފައިވާ ފަރާތްތައް ރެސްޓޮރޭޓިވް ޖަސްޓިސްގެ ނިޒާމްގެ ތެރެއިން ރިހެބިލިޓެޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުން ކަމަށްވުމާއެކު، މިހާރު ޢަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑު ތެރެއިން އެފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ނިޒާމް ޤާއިމްކުރުމާއި، ތަންފީޛޫކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މި ކޮންފަރެންސްގެ ހަތަރުވަނަ ސެޝަންގައި މަޝްވަރާކުރެވޭނެއެވެ. މި ސެޝަންގައި ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގުޅިގެންނެވެ.

ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމްގެ ދެވަނަ ދުވަހު، މި މައުޟޫޢުގައި ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 2 ބޭފުޅެއްގެ ލެކްޗަރ ހުށަހަޅުއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކުގައި 30 އަހަރަށް ވުރެ ގިނަދުވަހު މަސައްކަތްކުރައްވާފައިވާ އިނގިރޭސިވިލާތުގެ ޤާނޫނީ ވަކީލު އަރވިންދަރ ކޯ ސަމްބާ އާއި މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގެ އަޙްމަދު އިބްރާހިމް ކުއްލިޔާ އޮފް ލޯވްސްގެ ޑީން ޕްރޮފެސަރ ޑރ. މުޙައްމަދު ނާޤިބް އިޝަން ޖާން ލެކްޗަރ ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ނިމިގެންދާއިރު، ޓެރަރިޒަމްގެ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ދަޢުވާ އުފުލުގައްޔާއި، ޝަރީޢަތް ހިންގުމުގައްޔާއި، ރިހެބިލިޓޭޓްކުރުމުގައި ދިމާޥަމުންދާ ގޮންޖެހުންތަކުގެ ގޮތުގައި ކޮންފަރެންސްގެ ސެޝަންތަކުގައި ފާހަގަކުރެވުނު ކަންތައްތަކާއި، އެ ގޮންޖެހުންތައް ޙައްލު ކުރުމަށް ހުށަހަޅާ ޝޯރޓް ޓަރމް، މީޑިއަމް ޓަރމް އަދި ލޯންގް ޓަރމް ރެކޮމެންޑޭޝަންތައް ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި، ޖުޑީޝަލް ދާއިރާތަކުން މެޖިސްޓްރޭޓުންނާއި، ކޯޓުތަކުގެ ލީގަލް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ގޮތުގައި އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި، މޯލްޑީވްސް ޕޮލިސް ސަރވިސަސް އާއި، ނޭޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރާއި،  މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި، ރައްޔިތުންގެ މަޖިލީހާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަދި މޯލްޑިވްސް އިމިގްރޭޝަން ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން މި ކޮންފަރެންސްގައި ޖުމްލަ 76 ބޭފުޅުން ބައިވެރިވެވަޑަގަންނަވައެވެ.

ޤަޟާއީ އަހަރު 2018 ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިފްތިތާޙްކޮށްދެއްވައިފި

1q.JPG

ޤަޟާއީ އަހަރު 2018 ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަށްޓަކައި ބަނޑޮސް މޯލްޑިވްސް ގައި އޮތް ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލްއާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަލްފާޟިލް އަޒްލީން އަޙްމަދު އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ. އަދި ޤާނޫނީ ވަކީލުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެވަޑައިގަތެވެ.

 

 ޤަޟާއީ އަހަރު 2018 އިފްތިތާޙި ޚިޠާބު އިއްވެވުން

2q.JPG

މި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު 2018 އިފްތިތާޙި ޚިޠާބު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިއްވަވައިދެއްވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ވާހަކަފުޅުގައި ޤަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ، ފާއިތު ވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލު ވީ މިންވަރު ދެނެގަތުން ކަމަށާއި، އަނެއް މަޤްޞަދަކީ ފެށޭ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކާ ބެހޭގޮތުން މަޝްވަރާ ކޮށް، އެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި މުޅި ޝަރުޢީ ދާއިރާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމުގައި ވިދާޅުވިއެވެ.

ފާއިތު ވި 2017 ވަނަ އަހަރަށް ބަލާ އިރު، ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ވެފައި ވާކަމަށާއި، އޭގެ ތެރޭގައި މާލީ ގޮތުން ދިމާ ވި ދަތިތައް ފާހަގަކުރެއްވިއެވެ. "އޭގެ ނަތީޖާއެއްގެ ގޮތުން، ކޯޓުތަކަށް ބޭނުން ވާ ހަރުމުދާ ހޯދުމަށާއި، ޝަރުޢީ ދާއިރާއިން ކަނޑައަޅައިފައި ވާ ދިގު ރާސްތާގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ އިންވެސްޓްމަންޓުތަކަށާއި، އަލަށް ފާސް ކުރެވުނު ޤާނޫނުތަކުން ލާޒިމު ކުރާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމުގައި ދަތިތައް ދިމާ ވެފައި ވޭ." އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މި ދިޔަ އަހަރަކީ ޝަރުޢީ ދާއިރާއަށް ލިބުނު ކުޑަ ބަޖެޓުން، މުހިއްމު ކަންތައްތަކެއް ޙާޞިލު ކުރެވިގެން ދިޔަ އަހަރެއް ކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި އަހަރާއި، އަދި ކުރިޔަށް އޮތް އަހަރުތަކުގައި ޝަރުޢީ ދާއިރާގެ ތަރައްޤީގެ ދުވެލި ހަލުވި ވެގެން ދިޔުން. ކޯޓުތަކުގެ މަސައްކަތްތަކަށް ދިމާ ވެފައި ވާ އެކިއެކި ދަތިތައް އަވަސް ގޮތެއްގައި ޙައްލު ކުރެވިގެން ދިޔުން. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އިންސްޓިޓިޔުޝަނަލް ޤާބިލިއްޔަތުކަން އިތުރު ކުރެވި، އެ ތަންތަނުން ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަކީ އެންމެ މަތީ ފެންވަރުގައި ކުރެވޭ، ނަތީޖާ ނުކުންނަ މަސައްކަތްތަކަކަށް ވެގެން ދިޔުން." އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ޚިޠާބުގައި، ޤަޟާއީ އަހަރު 2018 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ބޭއްވުމަށް އިންތިޒާމްކޮށްފައިވާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އާއި ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ވެސް އިފްތިތާޙްކޮށްދެއްވިއެވެ.

ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމާއި، ޝަރުޢީ މަރުޙަލާތައް ހިންގުމުގައި ޝަރުޢީ ދާއިރާގެ ޤާބިލިއްޔަތު އިތުރު ކުރުމުގެ މަޤްޞަދުގައި، ފަނޑިޔާރުން އެއް ތަނަކުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ޓަކައި ކޮންމެ އަހަރަކު ވެސް ލިބޭ އެންމެ މުހިއްމު ފުރުޞަތަކީ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ކޮންފަރެންސަކީ މުހިއްމު މައުޟޫޢަކާ ގުޅޭގޮތުން، ޢިލްމީ އަދި ފަންނީ ފެންވަރުގައި ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ބައިވެރީންނަށް ލިބިވަޑައިގަންނަވާނޭ ގޮތަށް ފަރުމާ ކުރެވިފައި ވާ ޕްރޮގްރާމެއް ކަން ފާހަގަ ކުރައްވައި، ކޮންފަރެންސުގެ ތެރޭގައި ޤާނޫނު ތަންފީޛު ކުރާ އިދާރާތަކާއި ކޯޓުތަކުން މުހިއްމު ޢިލްމީ ކަރުދާސްތަކެއް ހުށަހަޅުއްވާ ގޮތަށް ހަމަ ޖެހިފައި ވާ އިރު، ރާއްޖެއިން ބޭރުގެ ވަރަށް ޤާބިލު ދެ ތަޖުރިބާކާރުންގެ މުޙާޟަރާތަކެއް ވެސް ކޮންފަރެންސުގެ އޭޖެންޑާގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޓެރަރިޒަމަކީ ވަކި ދީނެއް ނުވަތަ ވަކި މިއްލަތެއް ނެތި، ދުނިޔޭގެ ޞުލްޙަޔާއި އަމަންއަމާންކަމަށް ހުރަސް އަޅާ ކަމެއް. އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހުރިހާ ޤައުމުތަކަކުން ވެސް، އަދި އަލިފުދާލު ފަދަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ފަދަ އިސްލާމީ ޤައުމެއްގައި، ދީނީ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށް ކަމަށް ވިޔަސް، އަދި އެފަދަ އެހެން މަޤްޞަދުތަކެއްގައި ވެސް، ޓެރަރިޒަމް ފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން. އެހެންކަމުން، އަޅުގަނޑުގެ ނަޒަރުގައި ޓެރަރިޒަމާ ދެކޮޅަށް ޤާއިމު ކުރެވޭ ޤާނޫނީ އަދި ޝަރުޢީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ބިނާ ކޮށް، އެ ނިޒާމު އިތުރަށް ތަރައްޤީ ކޮށް ހަރުދަނާ ކުރުމަށް ޓަކައި މިފަދަ ކޮންފަރެންސްތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑު." އެމަނިކުފާނު ވިދާޅުވިއެވެ.

 

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް" ނެރެދެއްވުން

3q.jpg

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް" ފޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު  އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ނެރެދެއްވިއެވެ. ޝަރުޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

 

ޝަރުޢީ ދާއިރާގެ ތަފާސްހިސާބު 2017 ނެރެދެއްވުން

4q.jpg

މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ ތަފާސްހިސާބު 2017 ފޮތް ވެސް ނެރެދެއްވުން އޮތެވެ. ޝަރުޢީ ދާއިރާގެ ތަފާސްހިސާބު 2017 ނެރެދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތަކީ 2016 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި ބާއްވަމުން އަންނަ ރަސްމިއްޔާތެކެވެ. އެގޮތުން ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އާއި، ކަނޑައެޅޭ ވަކި މައުޟޫޢުއަކަށް އިންތިޒާމް ކުރެވޭ ކޮންފަރެންސް މި އަހަރުވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް އެވެ. މިއީ ޓެރަރިޒަމްގެ މައްސަލަތައް ތަޙްޤީޤުކުރުމާއި، ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރާނެ ގޮތްތައް ދެނެގަނެ މަޝްވަރާކުރުމަށްޓަކައި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރުވުމާއެކު ކުރިޔަށް ގެންދެވޭ ކޮންފަރެންސެކެވެ.

 

IMG_5703.JPG

IMG_5698.JPG

IMG_5687.JPG

IMG_5678 - Copy.JPG

IMG_5673.JPG

IMG_5669 - Copy.JPG

IMG_5663 - Copy.JPG

IMG_5662 - Copy.JPG

IMG_5656 - Copy.JPG

IMG_5654 - Copy.JPG

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno