"ނޭޝަނަލް ސްޓްރެޓެޖީ ފޯރ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް 2010-2019" ރިވިއުކުރުމާބެހޭ ބައްދަލުވުމުގައި ބައިވެރިވުން

nsds

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި އެކުލަވާލައިފައިވާ 10 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތަޞައްވުރު "ނެޝަނަލް ސްޓްރެޓެޖީ ފޯރ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެން.އެސް.ޑީ.އެސް) 2010-2019" ރިވިއުކުރުމާ ގުޅޭގޮތުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބައިވެރިވެއްޖެއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޓްރެއިނިންގ ހޯލް ގައި މިއަދު އޮތް ބައްދަލުވުމުގައި ޑިޕާޓްމަންޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިޕާޓްމަންޓުގެ ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ އަލްފާޟިލް ސުހާދު އެވެ.

މިބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، ޢާއްމުކޮށް ޝާއިޢުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާގޮތުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކޮށް، މިމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި ރާއްޖޭގައި ތަފާސްހިސާބުގެ ނިޒާމް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ލަފާދެއްވީ ޔުނައިޓެޑް ނޭޝަންސް އެސްކެޕް ގެ އިކޮނޮމިކް އެންޑް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް ސެކްޝަނުގެ ފަރާތުން ޗީފް މިސް.ރިކޭ މުންކް ހެންސަން އާއި ސްޓެޓިސްޓީޝަން މިސް. ޒޭންޕް އޯހުން އެވެ.