ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އަހަރީ ލެކްޗަރ ސީރީޒްގެ ފުރަތަމަ އިސްދާރު ބޭއްވުމާ ގުޅޭ

mjalecture01-2016-cover

mjalecture01-2016-cover2

mjalectureseries2016

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ހަމަޖެހިފައި ވާ އިލްމީ ތަގުރީރު ސިލްސިލާގެ ފުރަތަމަ އިސްދާރު މިރޭ ބޭއްވިއްޖެއެވެ. އެމްޖޭއޭ އެނުއަލް ލެކްޗަރ ސީރީޒްގެ ނަމުގައި ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމުގެ ފުރަތަމަ އިސްދާރު ބޭއްވިފައި ވަނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ބާއްވާ ހަރަކާތެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާލަމުގައި ބޭއްވުނު ޕްރޮގްރާމުގައި، އިނގިރޭސި ބަހުން، ތަގުރީރު ކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދައުވަތަށް ރާއްޖެ ވަޑައިގެން ހުންނެވި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕްރޮފެސަރ ޑޮކްޓަރ އަޝްޣަރު ޢަލީ ބިން ޢަލީ މުޙައްމަދު އެވެ.

mjalecture01-2016-00

mjalecture01-2016-01

mjalecture01-2016-02

mjalecture01-2016-04

ޕްރޮފެސަރ ޑޮކްޓަރ އަޝްޣަރު ޢަލީ އަކީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ކުއްލިއްޔާ އޮފް ލޯވސް ގައި 2012 ވަނައަހަރުގެ ޖުލައިމަހުންފެށިގެން ކިޔަވައިދެއްވަމުން ގެންދަވާބޭފުޅެކެވެ. މެލޭޝިޔާ އާއި ނިއު ޒިލޭންޑުން މަތީ ތަޢުލީމު ހާސިލު ކުރެއްވި ޕްރޮފެސަރ ޑޮކްޓަރ އަޝްޣަރަކީ ގާނޫނީ އިލްމުގެ ގިނަ ފޮތްތަކެއް ލިޔުއްވައިފައި ވާ، ގާނޫނީ އިލްމުގެ ޖާރނަލްތަކަށް ގިނަ އަދަދެއްގެ މަޒުމޫނުތަކެއް ލިޔުއްވައިފައި ވާ، އަދި ބައިނަލްއަގުވާމީ ގިނަ މަހާސިންތާތަކެއްގައި ގާނޫނީ އިލްމުގެ އެކިއެކި މައުޟޫޢުތަކުން ކަރުދާސް ހުށަހަޅުއްވައި، ތަގުރީރު ކުރައްވައިފައި ވާ ބޭފުޅެކެވެ.

މިރޭގެ ޕްރޮގްރާމުގެ މައުޟޫޢަކީ "ޓައިޕްސް އޮފް އެމްޕްލޯއިމަންޓް އެންޑް ދަ ކޮމަން ލޯވ ރެމެޑީސް: އަ ކޮމްޕަރޭޓިވް އެޕްރޯޗް" އެވެ. ޕްރޮގްރާމް ކުރިޔަށް ގެންދެވިފައި ވަނީ ދޮޅުގަޑިއިރުގެ ތަގުރީރަކަށް ފަހު، އެއް ގަޑި އިރުގެ ސުވާލާއި ޖަވާބު ސެޝަނަކާ އެކުގައެވެ. މި ޕްރޮގްރާމުގައި ބައިވެރި ވެވަޑައިގެންފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕީރިއަރ ކޯޓުގެ ފަނޑިޔާރުންނާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނެވެ.

mjalecture01-2016-05

mjalecture01-2016-06

mjalecture01-2016-07

mjalecture01-2016-08

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންނާއި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން، ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނާއި ގާނޫނީ އިލްމުގެ ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފައްދަވައިފައި ވާ މުއައްސަސާއެކެވެ. ޖުޑީޝަލް އެކަޑަމީން ހިންގުމަށް ހަމަޖެހިފައި ވާޕްރޮގްރާމްތަކުގެ ތެރޭގައި އިލްމީ ސިމްޕޯސިއަމްތަކާއި، ކޮލޯކިއަމްތަކާއި، ވޯކްޝޮޕްތަކާއި، ސެމިނަރ ގެ އިތުރުން، ތަޖުރިބާ ބަދަލުކުރުމުގެ ދަތުރުތަކާއި އޮރިއެންޓޭޝަން ޕްރޮގްރާމްތަކާއި، އިންޑަކްޝަން ޕްރޮގްރާމްތައް ހިމެނެއެވެ.

އެމްޖޭއޭ އެނުއަލް ލެކްޗަރ ސީރީޒަކީ ވެސް މީގެ ތެރެއިން އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމް ރޭވިފައި ވަނީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ގާނޫނީ ދާއިރާއަށް މުހިއްމު މައުޟޫޢުތަކުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ ޢިލްމީ ބޭފުޅުން ގެނެސްގެން، ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި އަދި ޝަރުޢީ ދާއިރާގެ ޤާނޫނީ މުވައްޒަފުންނަށް ބައިވެރި ވެވޭ ގޮތަށް، ހިންގޭ ޕްރޮގްރާމެއްގެ ގޮތުގައެވެ. މީގެ އިތުރު ޕްރޮގްރާމެއް މި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ބޭއްވުމަށް ޓަކައި ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch