ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 2014 އަށް އަހުލުވެރި ކުރުމުގެ ސެމިނާރު

mja-penalcode-male01

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، މާލޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ރަޖިސްޓްރާރއިންނާއި ލީގަލް އެހެން މުވައްޒަފުންނަށް އަމާޒު ކޮށްގެން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 2014 އަށް އަހުލުވެރި ކުރުމުގެ ސެމިނާރެއް ފަށައިފިއެވެ. ސްޓެލްކޯގެ މައި އޮފީހުގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ސެމިނަރ 2016 ޑިސެންބަރު 08 އިން 11 އަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

mja-penalcode-male02

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މުވައްޒަފުން ހޭލުންތެރި ކުރުވުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އެ ޤާނޫނު ތަންފީޛު ކުރެވެމުންދާގޮތާއި، އެ ޤާނޫނުގެ މުޞްޠަލަޙުތަކާއި މަފްޙޫމްތަކާއި އުޞޫލުތަކާމެދު މުވައްޒަފުންގެ މަޢުލޫމާތު މުއްސަނދި ކުރުމުގެ ގޮތުން ބާއްވާ މި ސެމިނާރުގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ރަޖިސްޓްރަރއިންނާއި ލީގަލް އެހެން މުވައްޒަފުންގެ ތެރެއިން 27 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރައްވާ މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން، ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

mja-penalcode-male03

ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވަނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިންގ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރަޢޫފް އިބްރާހީމާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފް އެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ވަނީ މިދިޔަ ނޮވެންބަރު މަހުގެ 03 ވަނަ ދުވަހުން ފެށިގެން 07 ވަނަ ދުވަހުގެ ނިޔަލަށް، އއ، ވ، މ، ފ، ދ، ލ، އަދި ތ މި ހަތް އަތޮޅުގެ މެޖިސްޓްރޭޓުންނަށް ޢަމާޒު ކޮށްގެން ވެސް ޤާނޫނުލްޢުޤޫބާތުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ. ފ. ނިލަންދޫގައި ބޭއްވުނު އެ ޕްރޮގްރާމުގައި 32 މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެން، ޕްރޮގްރާމް ފުރިހަމަ ކުރައްވައި ސެޓްފިކެޓް ޙާޞިލު ކުރައްވައިފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނާއި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނާއި ޤާނޫނީ ޢިލްމުގެ ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފައްދަވައިފައިވާ މުއައްސަސާއެކެވެ. ޖުޑީޝަލް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޢިލްމީ ސިމްޕޯސިއަމްތަކާއި، ކޮލޯކިއަމްތަކާއި، ވޯކްޝޮޕްތަކާއި، ސެމިނަރުގެ އިތުރުން، ތަޖުރިބާ ބަދަލުކުރުމުގެ ދަތުރުތަކާއި އޮރިއެންޓޭޝަން ޕްރޮގްރާމްތަކާއި، އިންޑަކްޝަން ޕްރޮގްރާމްތައް ހިމެނެއެވެ.

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch