ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ފެށިއްޖެ

Sympo01

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ. ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވުނު މިރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ގުޅުންހުރި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Sympo02

Sympo03

Sympo04

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ނުވަތަ ފަނޑިޔާރުންގެ މަހާސިންތާއަކީ، ފަނޑިޔާރުންގެ މެދުގައި ޝަރުޢީ އަދި ޤަޟާއީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުޞޫލުތަކެއް އެކަށަ އެޅުމަށާއި، އަލަށް ޢަމަލުކުރަންފަށާ ޤާނޫނުތަކާ ގުޅޭގޮތުން ނުވަތަ ޝަރުޢީ ޙާއްޞަ ވަކި މައުޟޫޢަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުމެވެ.

މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ އާ ގުޅުވައިގެން މައިގަނޑު ދެ ޙަރަކާތެއް ކުރިއަށް ގެންދާގޮތަށް ވަނީ ރޭވިފައެވެ. އެއީ، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި މި ޕްރޮގްރާމާ ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން، 2017 ސެޕްޓެމްބަރު 14 އިން 16 އަށް ކުރިއަށް ގެންދެވޭ ސިމްޕޯޒިއަމް އަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރުމަށްޓަކައި، 2017 ސެޕްޓެމްބަރ 17 އިން 18 އަށް ކުރިއަށް ގެންދެވޭ ބައްލުވުންތަކެކެވެ.

Sympo08

"ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް" ގައި، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުޟޫޢުތަކަށް އެކުލަވައިލެވިފައިވާ އިލްމީ ދިރާސާތަށް ހުށަހެޅުމާއި، އެދިރާސާތަކުން ފާހަގަވެފައިވާ ކަންކަމާބެހޭގެތުން ބަހުސްކޮށް ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާ ކުރުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށްގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރުމުގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމުގައި ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

Sympo05

Sympo06

ޖިނާއީ އިޖުރާއަތުގެ ޤާނޫނާގުޅޭ މަޝްވަރާ ބައްދަލުވުމުގައި، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަންފީޛުކުރަން ފެށުމާއެކު ޖިނާއީ ޢަދުލުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި، އެ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch