ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ފެށިގެން ކުރިއަށް ދަނީ

Sympo-Juvnile12

ނެޝަނަލް ޖުޑީޝަލްކޮންފަރެންސް 2017 އާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކުރިއަށް "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް" މިއަދު ފެށިއްޖެއެވެ.

Sympo-Juvnile11

Sympo-Juvnile05

2017 ސެޕްޓެމްބަރު 14 އިން 16 އަށް ބަނޑޮސް އައިލެންޑް ރިސޯޓްގެ "އޯކިޑް ރޫމް" ގައި ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގައި، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުޟޫޢުތަކަށް އެކުލަވައިލެވިފައިވާ ޢިލްމީ ދިރާސާތައް ހުށަހެޅުމާއި، އެދިރާސާތަކުން ފާހަގަވެފައިވާ ކަންކަމާބެހޭގެތުން ބަހުސްކޮށް ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާ ކުރުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށްގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރުމުގެ އިތުރުން،ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވިގެންދާނެއެވެ.

ސެޝަންތަކަކށް ބަހާލައިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ބަނގްލަދޭޝް ސުޕްރީމް ކޯޓުގެ ޖަސްޓިސް މުޙައްމަދު އީމާން ޢަލީ އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގެ ޕްރޮފެސަރ ޑރ. ނަޖީބާ މުޙައްމަދު ޒައިންއެވެ.