ކޮމަރޝަލް ލޯއާ ބެހޭ ޓްރެއިނިންގ އޮފް ޓްރެއިނާރސް ސެމިނާރު

TOTComomercialLaw1

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ކޮމަރޝަލް ލޯއާ ބެހޭ ޓްރެއިނިންގ އޮފް ޓްރެއިނަރސް ސެމިނާރެއް ފަށައިފިއެވެ.

މި ސެމިނާރަކީ ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުންނާއި ލީގަލް މުވައްޒަފުން ބައިވެރި ވެވަޑައިގަންނަވާ ޓްރެއިނިންގ އޮފް ޓްރެއިނާރސް ސެމިނާރެކެވެ. މި ސެމިނާރުގެ މަގުސަދަކީ ކޮމަން ލޯ އާއި އިސްލާމީ ޝަރީޢާ ކޮމަރޝަލް ލޯގައި ބޭނުންކުރެވޭ ގޮތާމެދު ޢިލްމީ އަދި ފަންނީ ފެންވަރުގައި މަޝްވަރާކުރުމާއި، މި ފަދަ ތަމްރީނުތައް ކުރިއަށް އޮތްތަނުގައި ހިންގާނެ ޓްރެއިނަރުން ތައްޔާރު ކުރުމެވެ.

TOTComomercialLaw2

TOTComomercialLaw3

އިންޓަރނޭޝިނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ފަންނީ އެހީތެރިކަމާ އެކު ހިންގާ މި ޕްރޮގްރާމުތައް އޮންނާނީ 01 ޑިސެންބަރުން 09 ޑިސެންބަރުގެ ނިޔަލަށެވެ. މި ސެމިނާރުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސްޓެލްކޯގެ މައި އޮފީހުގެ ޓްރޭނިންގް ރޫމް އާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ރޫމްގައެވެ.

TOTComomercialLaw6

TOTComomercialLaw7

ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވަނީ އިންޓަރނޭޝިނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ދެ ޕްރޮފެސަރުން ކަމުގައިވާ ޑރ. އައިމަން ނަރިމަން ބިންތި މުޙައްމަދު ސުލައިމާން އާއި ޑރ. މުޙްސިން ހިންގުން އެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އާއި އިންޓަރނޭޝިނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ އާ ދެމެދު މިއަހަރު ވަނީ އެ ޔުނިވަރސިޓީ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމް. އޯ. ޔޫ އެއްގައި ވެސް ސޮއި ކުރެވިފައެވެ.