ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރިއަށްގެންދާ ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު ފެށިއްޖެއެވެ.

ޔުނިސެފްގެ މާލީ އެހީތެރިކަމާ އެކު، ދިވެހިރާއްޖޭގެ ޤައުމީ  ޔުނިވަރސިޓީ ގދ. އަތޮޅު ކެމްޕަހުގެ ހޯލްގައި 2018 އޮކްޓޫބަރު 14 އިން 18 އަށް ކުރިއަށްގެންދާ މި ސެމިނާރުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތަކުގެ މަޢުލޫމާތު ބައިވެރިންގެ މެދުގައި ހިއްޞާކޮށް، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމާއި، ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތި ވާ ގޮންޖެހުންތައް ހިއްސާކުރުމެވެ.

ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖުވެނައިލް ކޯޓާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.

މި ސެމިނާރުގައި، ގއ. އަދި ގދ. ގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަތޮޅު ކައުންސިލް އިދާރާއާއި އަތޮޅު މަދަރުސާއާއި އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޭފުޅުން  ބައިވެރިވެވަޑައިގަންނަވައެވެ.

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno