ޏ. ފުވައްމުލަކުގައި ކުރިއަށްގެންދާ ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ސެމިނާރެއް ފަށައިފިއެވެ.

މި ސެމިނާރުގެ މަގުސަދަކީ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނަވައި ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތި ވާ ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ސެމިނާރުގެ ސެޝަންތަކުގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަދި ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު އެވެ. އަދި މީގެ އިތުރުން ސެމިނާރުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖުވެނައިލް ކޯޓާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުން މަސައްކަތް ކުރައްވައެވެ.

05 ދުވަހުގެ މުއްދަތަށް، ޔުނިސެފް މޯލްޑިވްސްގެ މާލީ އެހީތެރިކަމާ އެކު ހިންގާ މި ސެމިނާރު ކުރިއަށްދާނީ 28 އޮކްޓޫބަރުން 01 ނޮވެންބަރުގެ ނިޔަލަށް ޏ. ފުވައްމުލަކުގައެވެ. މި ސެމިނާރުގައި ސ. އަދި ޏ. ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަތޮޅު ކައުންސިލް އިދާރާއާއި ސްކޫލްތަކުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާގޮތަށް ޖުމްލަ 30 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno