ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 (04 ނޮވެންބަރު 2015) ރޫލިންގ އިން އެކަށައަޅާފައިވާ "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދު" ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2018 ނޮވެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގައި ރަސްމީ ގަޑީގައެވެ.

އޮރިއެންޓޭޝަންއާ ގުޅޭ އިތުރު މަޢުލޫމާތު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ވެބްސައިޓްwww.judicialacademy.gov.mv  އިން ލިބިވަޑައިގަންނަވާނެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އިޢުލާން ވިދާޅުވުމަށް

އޮރިއެންޓޭޝަން ޕްރޮގްރާމްގެ އެޕްލިކޭޝަން ފޯމް ޑައުންލޯޑްކުރެއްވުމަށް