ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ ޤާނޫނުލް އުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރު

MJA-PCode-Hdh2018-01.JPG

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ޤާނޫނުލް އުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރުގެ ނަމުގައި  ސެމިނާރެއް ފަށައިފިއެވެ. 2018 ނޮވެންބަރު 18 އިން 22 އަށް ކުރިއަށް ގެންދާ މި ސެމިނާރުގެ މަޤުސަދަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް މުވައްޒަފުންނާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުންނަށް ޤާނޫނުލް ޢުޤޫބާތާބެހޭ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

MJA-PCode-Hdh2018-02.JPG

MJA-PCode-Hdh2018-03.JPG

ހދ. ކުޅުދުއްފުށީ ނޮދަރން އޮފީސް ކޮމްޕްލެކްސްގެ ސެމިނާރ ރޫމްގައި ޖުމްލަ 36 ބައިވެރިންނާއެކު ކުރިއަށްދާ ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވާނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް އާއި، ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެވެ.

MJA-PCode-Hdh2018-04.JPG

MJA-PCode-Hdh2018-05.JPG

މި ސެމިނާރަކީ ހއ، ހދ، ށ. އަދި ނ. ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މި ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާރެކެވެ.