ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއްޖެ

Orientation01.jpg

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް 03 ޑިސެންބަރު 2018 ގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ ލީގަލް ޕްރޮފެޝަނަށް އަލަށް ގުޅިވަޑައިގަންނަވާ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމަށް ޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު މަޢުލޫމާތު ދެވޭ ދާއިރާތަކުގެ ތެރޭގައި، އިންޓްރަޑަކްޝަން ޓު ދަ ލީގަލް ޕްރޮފެޝަންސް، މެނޭޖިންގ ލީގަލް ޕްރެކްޓިސް، އެތިކްސް ފޯ ލޯޔަރސް އެންޑް ކޮންޓެންޕްޓް އޮފް ކޯޓު ހިމެނެއެވެ. އަދި މީގެ އިތުރުން ކޯޓުތަކުގެ އިޖުރާއާތާ ބެހޭ ގޮތުންވެސް މަޢޫލޫމާތު ދެވޭނެއެވެ.

orientation03.jpg

Orientation02.jpg

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި، ސްޕީރިއާ ކޯޓުތަކުގެ ޤާޟީންނާއި، ރަޖިސްޓްރާރއިންނެވެ. ވަކީލުންގެ ތެރެއިން މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ އަލްއުސްތާޛު އަޙްމަދު މުޢިއްޒު އާއި އަލްއުސްތާޛު މަޒްލާން ރަޝީދެވެ.

މިފެށުނު އޮރިއެންޓޭޝަން ޕްރޮގްރާމަކީ މިގޮތުން ކުރިޔަށް ގެންދާ 02 ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި  އަލަށް ހުވައި ކުރެއްވި  ޤާނޫނީ ވަކީލުންގެ ތެރެއިން 306 ވަކީލުން ބައިވެރި ވެވަޑައިގެންފައި ވެއެވެ.

މި ޕްރޮގްރާމް ކުރިޔަށް ދާނީ، 07 ގްރޫޕަކަށް ބަހާލައިގެން 03 ޑިސެންބަރުން 2018 އިން 18 ޑިސެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.