ސެމިނާރ އޮން ޖަޖްކްރާފްޓް، ޖުޑީޝަލް ސްކިލްސް އެންޑް ޖުޑީޝަލް މެނޭޖްމަންޓް ފެށިއްޖެ

01MJAJudgcraft2018.JPG

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ބާއްވާ ޖަޖްކްރާފްޓް، ޖުޑީޝަލް ސްކިލްސް އެންޑް ޖުޑީޝަލް މެނޭޖްމަންޓް އާ ބެހޭ ސެމިނާރެއް މިއަދު ފަށައިފިއެވެ.

ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ސެމިނާރުގައި ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ޢައްޔަން ކުރެވުނު މެޖިސްޓްރޭޓުންނާ އެކު ޖުމްލަ 19 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

04MJAJudgcraft2018.JPG

04MJAJudgcraft2018.JPG

03MJAJudgcraft2018.JPG

02MJAJudgcraft2018.JPG

2018 ޑިސެންބަރު 26 އިން 30 އަށް އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލްގައި ކުރިއަށްދާ މި ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވާނީ މެލޭޝިޔާގެ ތަޖުރިބާކާރު ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. ޙާޖީ ޙާމިދު ސުލްތާން ބިން އަބޫބަކުރު އަދި ޑރ. ޙާޖީ މުޙައްމަދު ނަޢީމް ބިން ޙާޖީ މުޚްތާރު އެވެ.