ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން، ތުރުކީވިލާތުގެ ސޯޝަލް ސައެންސަސް ޔުނިވަރސިޓީ އޮފް އަންކާރާ (އެސްއެސްޔޫއޭ) އާއެކު މެމޮރޭންޑަމް އޮފް އެގްރީމެންޓެއްގައި ސޮއި ކުރައްވައިފި

ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤަޟާއީ އަދި ޤާނޫނީ ދާއިރާއިން ޢިލްމީ ދިރާސާތަކުގެ މަސައްކަތް ކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން، ތުރުކީވިލާތުގެ ސޯޝަލް ސައެންސަސް ޔުނިވަރސިޓީ އޮފް އަންކާރާ (އެސްއެސްޔޫއޭ) އާއެކު މެމޮރޭންޑަމް އޮފް އެގްރީމެންޓެއްގައި ސޮއި ކުރައްވައިފި އެވެ.

އެކަޑަމީ އާއި އެސްއެސްޔޫއޭއާ އެކު ސޮއި ކުރެވުނު އެމްއޯއޭގެ ދަށުން، ދެ މުއައްސަސާ ގުޅިގެން ޤަޟާއީ އަދި ޤާނޫނީ ޢިލްމުގެ ދާއިރާއިން ދިރާސާތައް ކުރުމާއި، މި ދާއިރާއިން ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާއި، ޖުޑީޝަލް އެކަޑަމީގެ ޕްރޮގްރާމްތަކުގައި އެސްއެސްޔޫއޭގެ ޕްރޮފެސަރުންގެ ބޭނުން ހިފުމާއި، ދެ މުއައްސަސާ ގުޅިގެން ޤަޟާއީ އަދި ޤާނޫނީ ދާއިރާއިން ޢިލްމީ މަސައްކަތްތައް ޝާއިޢު ކުރުމާއި، ސެމިނާރުތަކާއި ކޮންފަރެންސްތައް ގުޅިގެން އިންތިޒާމު ކުރުމާއި، ދެ އިދާރާގެ މުއައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމުގައި އެއްބާރުލައިގެން މަސައްކަތް ކުރުމާއި، މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރު ކުރުމާ ބެހޭ އެހެން ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައި ވެއެވެ. 04 ޖުލައި 2019 އިން ފެށިގެން 05 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯއޭ އެކެވެ.

އެކަޑަމީގެ ފަރާތުން މި އެމްއޯއޭގައި ސޮއި ކުރެއްވީ އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު އެވެ. އެސްއެސްޔޫއޭގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ، ޕްރޮފެސަރ ޑރ. މުޙައްމަދު ބަރްޖާ އެވެ.

ސޯޝަލް ސައެންސަސް ޔުނިވަރސިޓީ އޮފް އަންކާރާއަކީ، ޤަޟާއީ އަދި ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށާއި ކޯޓުތަކުގެ މުއައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހި ކޮށްދިނުމުގައި އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ޓަކައި އެމްއޯއޭގައި ސޮއި ކުރެއްވި ދެވަނަ އިދާރާ އެވެ. 2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އެކަޑަމީން ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީއާ އެކުގައި ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފައި އެވެ.

މިފަދަ އިތުރު އެއްބަސްވުންތަކުގައި ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީ އޮފް ޓާރކީ އާއި، ޕާކިސްތާނުގެ ފެޑްރަލް ޖުޑީޝަލް އެކަޑަމީ އާ އެކުގައި ސޮއި ކުރުމުގެ މަސައްކަތް ފެށި، އަންނަ ސެޕްޓެންބަރު މަހުގެ 27 އިން 30 އަށް ޖުޑީޝަލް އެކަޑަމީން ބާއްވާ ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސްއަށް ޖަސްޓިސް އެކަޑަމީ އޮފް ޓާރކީ އާއި ފެޑްރަލް ޖުޑީޝަލް އެކަޑަމީ އޮފް ޕާކިސްތާނުން ވަޑައިގަންނަވާ މަންދޫބުންނާ އެކު އިތުރު މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އިންޑިޔާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީ އާއި، ސިންގަޕޯރުގެ ޖުޑީޝަލް ކޮލެޖާއި، ޔުނައިޓެޑް ކިންގްޑަމްގެ ޖުޑީޝަލް ކޮލެޖާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑްރަލް ޖުޑީޝަލް ސެންޓަރ އާއި، މެލޭޝިޔާގެ ޖުޑީޝަލް އެންޑް ލީގަލް ޓްރެއިނިންގ އިންސްޓިޓިޔުޓް ފަދަ އިދާރާތަކާ އެކު ވެސް އެމްއޯޔޫތަކެއް ޤާއިމު ކުރުމަށް ޕްލޭން ކުރެވިފައިވެއެވެ.

mersin escort - escort bursa';
antalya bayan escort
kadikoy escort
bodrum escort
konya escort
astropay bozdurma
izmir escort gaziantep escort
denizli bayan escort hd sex videos
free sex video
ankara escort
sex watch
porn
kartal escort
izmir escort
izmit escort
freehdporn.mobi