ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. ސިވިލް ކޯޓާއި، ޖުޑީޝަލް އެކެޑަމީން އިންތިޒާމުކޮށްގެން، ސްޓެލްކޯގެ ޓްރެއިނިންގ ހޯލްގައި 01 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 52 ކޯޓު އޮފިސަރުން ބައިވެރިއެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޯޓު އޮފިސަރުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ކޯޓުގެ ޝަރީޢަތުގެ ނިޒާމާ ބެހޭ އުޞޫލުތަކަށް ކޯޓު އޮފިސަރުން އަހުލުވެރިކޮށް ޤާބިލުކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއާއި، ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިންސްޕެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ސުޖާޢުއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް ޗީފް ކޯޓް މާސްޓަރ އަލްފާޟިލް އަޙްމަދު އާޞިފްއެވެ.