ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިފްތިތާޙްކޮށް ދެއްވައިފި

JuvenileJustice2019Laam.jpeg

ތ. އަތޮޅާއި ލ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ. މި ސެމިނާރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އިތުރުން، ޖުޑީޝަލް ދާއިރާތަކުގެ ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުޑީޝަލް އެކެޑަމީން އިންތިޒާމްކޮށްގެން މިހިނގާ ނޮވެންބަރު މަހުގެ 24 އިން 28 އަށް ލ. ފޮނަދޫގައި ކުރިއަށް ގެންދާ މި ސެމިނާރުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާއެކު، ފަނޑިޔާރުންނާއި ކަމާގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ މެދުގައި ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާއި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމެވެ. އަދި ހަމަމިއާއެކު، ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ބައިވެރިންގެ މެދުގައި ޤާއިމުކޮށް، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައިވެރިންގެ މެދުގައި ބަދަލުކޮށް މަޝްވަރާކުރުން ހިމެނެވެ.

ތ އަދި ލ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ލ. އަތޮޅު ކައުންސިލާއި، ލ އަތޮޅުގެ ސްކޫލުތަކާއި، ލ. އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުތަކުން ޖުމްލަ 30 ބައިވެރިން މި ސެމިނާރުގައި ބައިވެރިލައްވައެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno