ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019 ބާއްވައިފި

CourtAdministrators201923.jpeg

"ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019" މިރޭ ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ، މި ބައްދަލުވުމުގެ ޝަރަފުވެރި މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އެވެ.

އިތުރަށް ވިދާޅުވުމަށް...

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު ހޮވުމަށް ބޭއްވި އިންތިޚާބު 2019 ގެ ވަގުތީ ނަތީޖާ

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު ވަނީ ޢާންމުކުރެވިފައެވެ.

 

އިޢުލާނު ވިދާޅުވުމަށް

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

candidates03.jpeg

2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ކެންޑިޑޭޓުންގެ ނަންތައް މިއަދު ޢާންމު ކޮށްފިއެވެ.

candidates01.jpeg

candidate04.jpeg

މިގޮތުން، ކެންޑިޑޭޓް ނަންބަރު 01 ލިބިވަޑައިގެންނެވީ ޢަބްދުއްރައްޒާޤު މުޙައްމަދު، ދިލްބަހާރުގެ / ގދ. ފިޔޯރީ އަށެވެ. ކެންޑިޑޭޓް ނަންބަރު 02  އަޙްމަދު ހައިލަމް، އޯޝަންލީޑް / ސ. ހިތަދޫ އަށް ލިބިވަޑައިގެންނެވިއިރު، ކެންޑިޑޭޓް ނަންބަރު 03 ލިބިވަޑައިގެންނެވީ ޢަލީ ޝަރީފް، އީރާފް / ލ. ކަލައިދޫ އަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށްދާނީ 2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 0900 އިން ހަވީރު 1700 އަށެވެ.

ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، 5 ޖުލައި 2019 އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވައިފިއެވެ. 
 
1990 ވަނަ އަހަރުން ފެށިގެން 29 އަހަރާއި 5 މަސްދުވަހު ފަނޑިޔާރު ކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ، އައުސްތާޛު މުޙައްމަދު މޫސާ އަކީ ކެއްތެެރިކަމާއި މުރާލިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
 

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް މުޙައްމަދު މޫސާ އަވަހާރަވެއްޖެ

 

Late-MohamedMoosa.jpg

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އައުސްތާޛު މުޙައްމަދު މޫސާ އަވަހާރަވެއްޖެއެވެ. އަލްއުސްތާޛް މުހައްމަދު މޫސާއަކީ، 1984ވަނަ އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދެވި ހީވާގި މުވައްޒަފެކެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އޭނާވަނީ، ފުލުސް ކޯޓުގެ ކާތިބުކަމާއި ކަނދޮޅުދޫ ކަތީބު ކަންފަދަ ޒިންމާދާރު މަޤާމުތައް އަދާކުރައްވާފައެވެ. އަދި އަލްއުސްތާޛް މުޙަމަދު މޫސާ ވަނީ، 1990 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގައި 29 އަހަރާއި 5 މަސްދުވަހު ޚިދްމަތްކުރައްވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ މި އަހަރު 03ވަނަ ރަސްމިއްޔާތު މިރޭ ބާއްވައިފި

LawyersOath06-201915.jpg

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 28 ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ މިރޭ ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި މި ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބޭއްވުނު 03ވަނަ ރަސްމިއްޔާތެވެ.

LawyersOath06-201907.jpg

އިތުރަށް ވިދާޅުވުމަށް...

"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާ" އުފެއްދުމަށް ނިންމަވައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް 2019 މޭ 21ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމެވުމާގުޅިގެން، މި ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ވަނީ 2019 މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ވަނީ ހުށަހަޅާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ފެމިލީ ލީގަލް ކްލިނިކް އިން ތައްޔާރުކޮށްފައިވާ ފޯމް ފުރުމުގެ ގައިޑްލައިން ކޯޓުތަކަށް ފޮނުވުމަށް ޙަވާލުކޮށްފި

FamilyLegalClinicGuideline2019.jpg

ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ތައްޔާރުކޮށް، އެ ކްލިނިކްގެ ރަސްމީ ވެބްސައިޓްގައި އިފްތިތާޙްކޮށްފައިވާ "ޢާއިލާއާ ބެހޭ މައްސަލަތަކާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދި  ހުށަހަޅާ ފޯމް ފުރުމުގެ ގައިޑްލައިން" ޝަރުޢީ ކޯޓުތަކާ ޙަވާލުކުރުމަށް ފެމިލީ ލީގަލް ކްލިނިކް އިން މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ޙަވާލުކޮށްފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ހަފުތާ ބަންދުގައި ކުށުގެ ރެކޯޑް ސާފުކުރުމާގުޅޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ދަށުކޯޓުތަކުން ސާފުކުރަންޖެހޭ ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް، ކުރިއަށް އޮތް ހަފުތާ ބަންދުގެ ތެރޭގައި ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އިޢުލާން ވިދާޅުވުމަށް

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ މި އަހަރު ފުރަތަމަ ރަސްމިއްޔާތު މިރޭ ބާއްވައިފި

OathCeremony01-2019-01.jpeg

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 104 ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ މިރޭ ދެއްވައިފިއެވެ.

މ.ތީމުގޭގައި މިރޭ ބޭއްވި މި ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.

އިތުރަށް ވިދާޅުވުމަށް...

mersin escort - escort bursa';
antalya bayan escort
kadikoy escort
bodrum escort
konya escort
astropay bozdurma
izmir escort gaziantep escort
denizli bayan escort hd sex videos
free sex video
ankara escort
sex watch
porn
kartal escort
izmir escort
izmit escort
freehdporn.mobi