ޝަރުޢީދާއިރާއަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިއެއް

Naseem222

24 އަހަރާއި 02 މަހާއި 21 ދުވަހު ފޫހިކަމެއްނެތި ވަޒީފާއެއްގައި ދެމިހުރުމަކީ މިފަދަ އިޙުޞާޞެއް ކުރެވިފައިވާ ފަރާތްތަކަށް ނޫނީ އަންދާޒާކުރުން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހަފުތާގެ ތެރޭގައި މަސައްކަތު 05 ދުވަސް އޮންނައިރު، ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ވަޒީފާއަށް ނިކުމެ ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ދުވަހުގެ މަސައްކަތު ގަޑި ނިމުމުގެކުރިން ފުރިހަމަކުރުމަކީ މުރާލި މުވައްޒަފަކަށް ނޫނީ ކުރުން މާ ފަސޭހަކަމަކަށް ނުވާނެއެވެ. ޚާއްޞަކޮށް އެކި މުއައްސަސާތަކާ ގުޅިގެން ނޫނީ ފުރިހަމަނުކުރެވޭ ގިނަ މުވައްޒަފުންތަކެއްގެ ޙައްޤު ހިމެނޭ ކަންތައްތައް ފާހަގަ ކޮށްލަންޖެހެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލު އަލްއުސްތާޛް އަޙްމަދު ޠާލިބު އަށް ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދިނުން

12 ނޮވެމްބަރު 2015 އިން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނު، ސ.މީދޫ، ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު (އައިޑީކާޑު ނަންބަރު A040031) އަކީ، 01 ފެބުރުވަރީ 2016 އިން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫންނެވެ.

އިޢުލާނު ވިދާޅުވުމަށް

އިޢުލާނު ބާޠިލުކުރުން

.އެނިމޭޝަންތަކެއް ތައްޔާރުކޮށް، ބެކްޑްރޮޕް އަދި ލައިޓިންގ ހަދައިދީ، އިންފޯގްރާފްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނާގުޅިގެން ދެވުނު މަޢުލޫމާތަށް ބައެއް ބަދަލު ގެންނަންޖެހޭތީ އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ

އިޢުލާނު ވިދާޅުވުމަށް

ސުޕީރިއަރ ކޯޓުތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފި

PA

ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ޕަރފޯމަންސް އެޕްރެއިޒަލް ފޯމް ފުރުމާއި މި ހިނގަމުންދާ 2016 ވަނަ އަހަރުގެ މަސައްކަތްތަކާއި ޓާގެޓްތައް ކަނޑައެޅުމާ ގުޅޭ ގޮތުން ސުޕީރިއަރ ކޯޓުތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. 16 ޖަނަވަރީ 2016 ވީ ހޮނިހިރު ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮތް މި ސެޝަންގައި ކޮންމެ ސުޕީރިއަރ ކޯޓަކުން ދެ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 10 މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އެގޮތުން، ކޮންމެ ކޯޓަކުންވެސް އެ ކޯޓެއްގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާ ޙަވާލުވެ ހުންނަވާ އިސް ބޭފުޅެއް މި ސެޝަންގައި ބައިވެރިވެވަޑައިގަތެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޗް-އާރް ސެކްޝަންގެ ފަރާތުން ކުރިޔަށް ގެންދިޔަ މި ސެޝަންގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ޑިޕާޓްމަންޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު މަޢުރޫފް އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝައިމާ މުފީދެވެ.

2015 ވަނަ އަހަރުގެ ޕަރފޯމަންސް އެޕްރެއިޒަލް ފޯމް ފުރުމާއި މި ހިނގަމުންދާ 2016 ވަނަ އަހަރުގެ މަސައްކަތްތަކާއި ޓާގެޓްތައް ކަނޑައެޅުމާ ގުޅޭ ގޮތުން ސުޕީރިއަރ ކޯޓުތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވި މި ސެޝަންގައި ޕަރފޯމަންސް އިވެލުއޭޓްކުރުމުގެ މަޤުސަދުތަކާ ގުޅޭ ގޮތުންނާއި މިކަމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ބައިވެރިންނަށް ހުށަހަޅައިދިނެވެ. އަދި ވޭތުވެދިޔަ ތަނުގައި މުވައްޒަފުންގެ ޕަރފޯމަންސް އިވެލުއޭޓް ކުރުމުގައި ދިމާވި މައްސަލަތަކާއި އެކަންތައް ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ޖުޑީޝަރީގެ ވެބްސައިޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިފްތިތާހުކޮށްދެއްވައިފި

newswebsite

ޖުޑީޝަރީގެ ވެބްސައިޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ޖުޑީޝަރީގެ އައު ވެބްސައިޓަކީ ދާއިރާގެ ޚަބަރާއި މަޢްލޫމާތު ހިމެނޭ، ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުޢީ މައުޛޫނުންނާއި އިދާރީ ފަރާތްތަކާއި އާންމުންނަށް ބޭނުންވާ މުހިންމު މަޢްލޫމާތު ހިމެނޭ މުއްސަނދި ސައިޓެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި ޖުޑީޝަރީގެ ވެބްސައިޓާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓާއި، ލޯރިޕޯޓް ޑާޓާބޭސްއާ ބެހޭ މަޢްލޫމާތު އުއްތަމަ ފަނޑިޔާރާ ޙިއްސާ ކުރެއްވުން އޮތެވެ. އަދި މީގެ އިތުރުން ފަސޭހައިން ޢަދުލު އިންޞާފަށް ވާޞިލުވުމަށް އާންމު ރައްޔިތުންނަށް އެހީތެރިވުމަށް އުފައްދާ އެކްސަސް ޓު ޖަސްޓިސްގެ ވެބްސައިޓާ ބެހޭ މަޢުލޫމާތު ވެސް ޙިއްސާ ކުރެއްވުން އޮތެވެ.
މި ބައްދަލުވުމުގައި، ފަނޑިޔާރުންގެ މަޖިލިސް ޕޭޕަރލެސް ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށާއި ޒަމާނީ ކޭސްމެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް، އީ-ފައިލިންގެ ނިޒާމެއް ގާއިމްކުރުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތެވެ. އަދި ޝަރުޢީ ކޯޓުތަކުގެ ޝެޑިއުލްތައް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ކޯޓުތަކަށް ޤާއިމްކޮށްދިނުމަށްވެސް އެދި ވަޑައިގަތެވެ. އަދި 2016 ވަނަ އަހަރުގެ ޖުޑީޝަލް އިޔަރ ފެށުމުގެ ތައްޔާރީތައް ކުރިއަށްދާ ގޮތުގެ މަޢްލޫމާތުވެސް ސާފުކުރެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2016 ވަނަ އަހަރުގެ އެކްޓިވިޓި ކަލަންޑަރ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދު އާ ހިއްސާ ކުރައްވައިފި

supremecourt 01

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2016 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދު އާ ހިއްސާ ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިއްޔެ އޮތް ބައްދަލުވުމުގައި 2016 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރ ހުށަހަޅުއްވާދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު އެވެ.

އިތުރަށް ވިދާޅުވުމަށް...

ދިދަ ސަޕްލައި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ޤައުމީ ދިދަ އާއި، ޝަރުޢީ ދާއިރާގެ ދިދަ ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރުމަށް ހޮވުނު ފަރާތް ކަމުގައިވާ "ޓްރެކް އާރތް ޕްރައިވެޓް ލިމިޓެޑް" އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށް، މަސައްކަތް ޙަވާލުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޑިޕާޓްމަންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙުމަދު އަލީ އެވެ. އަދި "ޓްރެކް އާރތް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް އަބްދުﷲ ލަތީފް އެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ދިދަ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 183,380.00ރ އަށް 29 ޑިސެމްބަރު 2015 ގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށެވެ.

29 ނޮވެމްބަރު 2015 އިން ފެށިގެން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 ކަމަށް ހަމަޖައްސައިފި

29 ނޮވެމްބަރު 2015 އިން ފެށިގެން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 ކަމަށް ހަމަޖައްސައިފިއެވެ. މި ބަދަލު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު:16/205 ޢާއްމު ސިޓީން މިއަދު ވަނީ ހުރިހާ ކޯޓުތަކަށް އަންގާފައެވެ.

އިތުރަށް ވިދާޅުވުމަށް...

2 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ 1 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހޯދުމަށް ޑިޕާޓްމަންޓުން ކުރި އިޢުލާނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 2 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ މަސައްކަތް ވެސް ޙަވާލުކުރުމަށް ހޮވުނު ފަރާތް ކަމުގައިވާ 'ޑޮކް މޯލްޑިވްސް' އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ދެމެދު މަސައްކަތުގެ 2 އެއްބަސްވުމުގައި މިއަދު ސޮއިކޮށް، ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތް މިއަދު ޙަވާލުކޮށްފި އެވެ.

އިތުރަށް ވިދާޅުވުމަށް...

ވީޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައި ކުރުމުގެ 2 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ 1 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހޯދުމަށް ޑިޕާޓްމަންޓުން ކުރި އިޢުލާނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 2 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ މަސައްކަތް ވެސް ޙަވާލުކުރުމަށް ހޮވުނު ފަރާތް ކަމުގައިވާ 'ޑޮކް މޯލްޑިވްސް' އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ދެމެދު މަސައްކަތުގެ 2 އެއްބަސްވުމުގައި މިއަދު ސޮއިކޮށް، ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތް މިއަދު ޙަވާލުކޮށްފި އެވެ.

އިތުރަށް ވިދާޅުވުމަށް...

ސުޕްރީމް ކޯޓާއި ހައިކޯޓުގެ ދެ މަގާމެއް އުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ދެ މަގާމެއް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 25 ނޮވެމްބަރު 2015 އިން ފެށިގެން ވަނީ އުވާލާފައެވެ. އެގޮތުން އުވާލައިފައިވާ މަޤާމުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ހައިކޯޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢި ދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އިދާރާއަށް ވުމާއެކު ޝަރުޢީ ދާއިރާގެ މަޤާމުތައް އުފައްދައި އުވާލަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

beylikdz escort istanbul escort beylikduzu escort ataky escort
sakarya escort
evden eve nakliyat
izmir escort
konya escort
bodrum escort bayan
antalya bayan escort
sex watch
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
escort sakarya escort sanliurfa
paykasa bozdurma
bodrum escort
sex hikayeleri Sex Hikayeleri