ސަސްޕެންޑްކުރެވުނު ބައެއް ޤާނޫނީ ވަކީލުންގެ ހުއްދަ އަލުން ދޫކުރުން

މި ޑިޕާޓްމަންޓްގެ ނަންބަރު 198-L/2017/69 (10 ސެޕްޓެންބަރު2017 ) އިޢުލާނުން، 2017 ސެޕްޓެންބަރު  10ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނު ޤާނޫނީ ވަކީލުންގެ ތެރެއިން ބައެއް ވަކީލުންގެ މައްސަލަ ބެލުމަށްފަހު، 2017 ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ އަލުން ވަނީ ދޫކުރެވިފައެވެ.

އިޢުލާނު ވިދާޅުވުމަށް

ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުމާ ބެހޭ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، އެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ ޤާނޫނީ ވަކީލުންގެ އިޤުރާރާއި، އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޚިލާފަށް، އަދި ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ،ބައެއް ވަކީލުންދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަނީ މަނާކުރެވިފައެވެ.

އިޢުލާނު ވިދާޅުވުމަށް

1438 ވަނަ އަހަރުގެ އަޟްޙާޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވުން

Eid1438

1438 ވަނަ އަހަރުގެ އަޟްޙާޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ފޮނުއްވައިފިއެވެ.

2017 ޖޫންމަހު ކޭސް ކްލިއަރެންސް ރޭޓް 99 އިންސައްތައިގައި

statjune2017-web

2017 ވަނަ އަހަރުގެ ޖޫން މަހުގެ ޝަރުޢީ ދާއިރާގެ ތަފާސްހިސާބަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިއަހަރުގެ މެއި މަހާ އަޅައިބަލާއިރު %41 އިން ސައްތަ ވަނީ ދަށްވެފައެވެ. ފާއިތުވި ޖޫން  މަހު ދަށުކޯޓުތަކަށް ހުށަހެޅިފައިވަނީ ޖުމްލަ 921 މައްސަލައެވެ.

އިތުރަށް ވިދާޅުވުމަށް...

ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވައިފި

Eid-al-fitr1438

1438 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑިއާގުޅޭ

1438 ވަނަ އަހަރުގެ ރަމަޟާންމަހާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، 1438 ވަނަ އަހަރުގެ ރަމަޟާންމަހާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ޝަރުޢީ ދާއިރާގެވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަނޑިއާގުޅޭ ޢާއްމުސިޓީ ވިދާޅުވުމަށް

ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ސާފުކުރުމާގުޅޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ސާފުކުރާ ފޯމުތަކުގައި ތައްގަނޑު ޖަހައިދިނުމުގެ ބަދަލުގައި ދޫކުރަމުން ދަނީ އެ މަޢުލޫމާތު ހިމެނޭ ރިޕޯޓެކެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ސާފުކުރަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ފިޔަވައި، އެހެން ކޯޓުތަކުން ސާފުކުރަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނިގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އިޢުލާން ވިދާޅުވުމަށް

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓުކުރުމާ ގުޅޭ ޢާއްމު ސިޓީ

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓުކުރުމާ ގުޅޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ޢާއްމު ސިޓީގައި ހިމެނޭ މުހިންމު ކަންތައްތައް ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ވަރިކައިވެނީގެ ތަފާސްހިސާބު 2016

vari2

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނާތާއި އަދި އެނޫންވެސް ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ ކަންކަމާގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލަމުންދަނީ ޝަރުޢީ ކޯޓުތަކުންނެވެ. އެގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ އެފަދަ މައްސަލަތައް ބަލަމުންދަނީ، މާލޭގައި ނަމަ، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ފެމިލީ ކޯޓުން، އަދި އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށެއްގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ. މިފަދަ މައްސަލަތައް ކޯޓުތަކުން ބަލަމުންދަނީ ޢާއިލާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޢާއިލާ އާ ބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

އިތުރަށް ވިދާޅުވުމަށް...

2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގެ ކޭސް މެނޭޖްމަންޓް ރިޕޯޓް ޝާއިޢުކޮށްފި

CM

ޝަރުޢީ ކޯޓުތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި ކޭސް މެނޭޖްކުރިގޮތުގެ ރިޕޯޓް ޝާއިޢުކޮށްފިއެވެ. ޝަރުޢީ ކޯޓުތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ކޭސް މެނޭޖްމަންޓް ރިޕޯޓަށް ބަލާއިރު، ކޯޓުތަކުގެ ޕަރފޯމަންސްއާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ފަހިވެފައިވާކަން ކަށަވަރުކުރުމުގެ ގޮތުން، ޝަރީޢަތް ކުރެވޭ ބަސް ނޭނގޭ އަދި ވާހަކަދެއްކުމާއި، އަޑު އިވުމުން މަޙްރޫމްވެފައިވާ ޚަޞްމުންނާއި، ހެކިންނާއި، ޚަބީރުންނަށް ތަރުޖަމާނުންގެ އެހީތެރިކަން ޝަރުޢީ ކޯޓުތަކުން ދަނީ ފޯރުކޮށްދެމުންނެވެ، ވުމާއެކު، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތުތަކުގައި، ފަސޭހަކަމާއެކު ތަރުޖަމާނުން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމަށްޓަކައި މިޑިޕާޓްމަންޓުގައި ވަނީ ތަރުޖަމާނުންގެ ދަފްތަރެއް ޤާއިމުކޮށްފައެވެ. މި ދަފްތަރުގައި ހިމެނެނީ:

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
izmir escort gaziantep escort
porno
denizli bayan escort hd sex videos
free sex video
ankara escort
sex watch
porn
free porn
kartal escort
izmir escort
izmit escort
pornoflow.com freehdporn.mobi