ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ޓެރެރިޒަމްއާ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުން

ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ޓެރެރިޒަމްއާ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ 02 ސެޝަންއެއް ފެށޭ ހަފްތާގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް އޮފިޝަލުންނަށް ޑިޕާޓްމަންޓުގެ ޓްރޭނިންގ ރޫމްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިސެޝަންގައި މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ކަމާބެހޭ ރިސޯސް ބޭފުޅުންނެވެ. މިސެޝަންތަކުގައި އަލިއަޅުވާލެވޭނީ، ޓްރެރިޒަމްއާއި ހައްދުފަހަނައަޅާދިއުމާބެހޭ ޤައުމީ މައްސަލައާއި، ދިވެހިރާއްޖޭގައި މިހާރު ޓެރެރިޒަމް އޮތް ޙާލަތާއި، ޓެރެރިޒަމްއާ ގުޅޭގޮތުން ބައިނަލް އަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޒިންމާއަކީ ކޮބާކަމާއި، ޓެރެރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތަކީ ކޮބާކަމާއި، އަދި މިކަންކަން ހުއްޓުވަން ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށްއޮތްތަނުގައި ކުރަން ނިންމާފައިވާ ކަންތަކުގެ މައްޗަށެވެ. މި 02 ސެޝަން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ 20 އަދި 21 ޖޫން 2016 މިދެދުހުގެ ހެނދުނު 10:30 ން މެންދުރުފަހު  14:00 އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް" ގައި ޝަރުޢީ ދާއިރާއިން ބައިވެރިވެއްޖެ

haj2

މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކުރިޔަށް ގެންދާ "މުވައްޒަފުންގެ ސްކީމް" ގައި ޝަރުޢީ ދާއިރާއިން ބައިވެރިވެއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޑީ.ޖޭ.އޭ ގެ ވެބްސައިޓް މީޑިއާގެ ސަމާލުކަމަށް

 

3

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ދުއްރަ ހަދައި، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި، ބައިސިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓަށް މީޑިއާގެ ޚާއްޞަ ސަމާލުކަމެއް ލިބިއްޖެއެވެ. 08 ޖޫން 2016 ވީ ބުދަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓްގައި މި އިޢުލާންތައް ޝާއިޢުކުރުމާއެކު ރާއްޖޭގެ ބައެއް އޮންލައިން ދުވަހު ނޫސްތަކުގެ ސަމާލުކަމަށް މިކަން އައިސް، ޢާއްމުންނާ ހަމައަށް މިމަޢުލޫމާތު ވަރަށް ފުރިހަމައަށް ވަނީ ފޯރުކޮށްދީފައެވެ.

އިތުރަށް ވިދާޅުވުމަށް...

1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދުބެލުމާބެހޭ ހަނދުކޮމިޓީގެ ބައްދަލުވުން

moon03

މި އަހަރުގެ ރަމަޟާންމަހުގެ ހަނދުބެލުމުގެ ޙަރަކާތަށް އެކުލަވައިލާފައިވާ ޝަރުޢީދާއިރާގެ ހަނދު ކޮމިޓީގެ ބައްދަލުވުން މިއަދު ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައި ކުރިއަށް އެބަދެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލް އިދާރާ ހިންގެވުމާ ޙަވާލުވެހުންނެވި އެންމެ އިސްވެރިޔާގެ ކުރިފުޅު މަތީގައެވެ.

އިތުރަށް ވިދާޅުވުމަށް...

1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދުބެލުން

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލް އިދާރާ ހިންގެވުމާ ޙަވާލުވެހުންނެވި އެންމެ އިސްވެރިޔާގެ ކުރިފުޅު މަތީގައެވެ.

މިއަދު، 29 ޝަޢުބާން 1437 (05 ޖޫން 2016) ވާ އާދީއްތަ ދުވަހު ހަވީރު 5:30 ން ފެށިގެން ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ފޯނާއި ފެކްސްގެ ޚިދުމަތް ލިބޭނޭގޮތުގެމަތީން އަތޮޅުތަކުގެ އަތޮޅު ކައުންސިލް އިދާރާތަކާއި، ރަށުކައުންސިލް އިދާރާތައް ހުޅުވާފައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވާނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގައި ދަންނަވާފައެވެ.

ފަނޑިޔާރުގޭ އެކުވި މާހެފުން 1437

maahefun201601

ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރާ ދާއިރާއަކަށް ހެދުމަށް، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ.

އެގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން މާލޭގެ ކޯޓެއްގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި 15 ދުވަހަށް އައިސް މަސައްކަތްކުރުމަށް ފުރުޞަތު ވަނީ ހުޅުވައިލައްވާފައެވެ. އަދި މީގެއިތުރުން، މާލޭގެ ކޯޓުތަކުގެ މުވައްޒަފުން އެއްތަނަކަށް ޖަމާވެގެން އެއް ޢާއިލާއެއްހެން މިއަހަރުގެ މާހެފުން ބޭއްވުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ވަޒީފާގެ ފުރުޞަތު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ / ފައިނޭންސް ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 24 މޭ 2016 ވާ އަންގާރަ ދުވަހުގެ 14:30 ގެ ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ.

އިޢުލާނު ވިދާޅުވުމަށް

ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމަށް މިއަހަރު ބާއްވާ ފުރަތަމަ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ތަފާތު އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމް ހުށަހެޅިފައިނުވާ ގިނަ ފަރާތްތަކެއް ތިބުމުގެ ސަބަބުން، އެފަރާތްތަކަށް އެ ފުރުޞަތު ލިބިދިނުމުގެ ގޮތުން، މިއަހަރު ބާއްވާ ޤާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައި ޢާންމުކޮށް ވަނީ އިޢުލާނު ކުރެވިފައެވެ.

ޢިޢުލާނު ވިދާޅުވުމަށް

ފަނޑިޔާރުންގެ މަހާސިންތާ 2016 ނިމިއްޖެ

IMG 0558

ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، އަތޮޅުތަކުގެ އިސްމެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަތް މި ޙަފުލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެވެ.

އިތުރަށް ވިދާޅުވުމަށް...

އެޓަރނީ ޖެނެރަލް ފަނޑިޔާރުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގެންފި

image8

އެޓަރނީ ޖެނެރަލްއާއެކު ފަނޑިޔާރުން މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަންތައްތަކާގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ފަނޑިޔާރުންގެ މަހާސިންތާގެ މިއަދުގެ އެންމެ ފަހު ސެޝަންގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ. މިސެޝަންގެ މަޤުޞަދަކީ ޝަރުޢީ މަރުޙަލާގައި އެޓަރނީ ޖެނެރަލްއާ ގުޅިގެން މަސައްކަތް ކުރައްވަންޖެހޭ ކަންކަމާގުޅޭގޮތުން ފަނޑިޔާރުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަންކަން ހުށަހަޅުއްވައި، މަޝްވަރާކުރެއްވޭނެ ފޯރަމެއް ހުޅުވައިލުމެވެ.

އިތުރަށް ވިދާޅުވުމަށް...

beylikdz escort istanbul escort beylikduzu escort ataky escort
sakarya escort
evden eve nakliyat
izmir escort
konya escort
bodrum escort bayan
antalya bayan escort
sex watch
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
escort sakarya escort sanliurfa
paykasa bozdurma
bodrum escort
sex hikayeleri Sex Hikayeleri