އޯޑިއޯ ރެކޯރޑިންގ ސިސްޓަމް ސަޕްލައިކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރިއަށް ބޭނުންވާ އޯޑިއޯ ރެކޯރޑިންގ ސިސްޓަމާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ 3 ކޮޓަރި އަށް ބޭނުންވާ 3 އޯޑިއޯ ރެކޯރޑިންގ ސިސްޓަމް ސަޕްލައިކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެޕިސް (ނަސްރުﷲ ޢަލީ، ބްލޫވިންގ/ސ.މަރަދޫ) އާއެކެވެ.

16 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ރޭ ސޮއިކުރެވުނު މި އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލްއެޑްމިނިސްޓްރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛު ޢަބްދުﷲ ޢައްބާސްއެވެ.