މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ދެލި ސަޕްލައިކުރުމުގެ މަސައްކަތު އެއްބަސްވުމެއްގައި މިއަދުވެސް ސޮއިކޮށްފި

ee

މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ދެލި ސަޕްލައިކުރުމުގެ މަސައްކަތު އެއްބަސްވުމެއްގައި މިއަދު ވެސް ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނޮވެލްޓީ ބުކްޝޮޕް އާ، 21 ދުވަހުގެ ތެރޭގައި ސަޕްލައިކޮށް ނިންމާގޮތަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ރައުޝަން އެވެ. ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސޭލްސް މެނޭޖަރ މުޙައްމަދު އިރުފާން އިސްމާއީލެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ދެލި ސަޕްލައި ކުރުމުގެ މަސައްކަތް އިތުރު ދެ ފަރާތަކާ މިހަފްތާގެ ތެރޭގައި ޙަވާލުކުރެވުނެވެ. އެ ދެ ފަރާތަކީ ސިމްޑީ ޓެކް އާއި ޑިޖި ކޮމްޕިއުޓަރސް އެވެ.