ސުޕްރީމް ކޯޓާއި ހައިކޯޓުގެ ދެ މަގާމެއް އުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ދެ މަގާމެއް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 25 ނޮވެމްބަރު 2015 އިން ފެށިގެން ވަނީ އުވާލާފައެވެ. އެގޮތުން އުވާލައިފައިވާ މަޤާމުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ހައިކޯޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢި ދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އިދާރާއަށް ވުމާއެކު ޝަރުޢީ ދާއިރާގެ މަޤާމުތައް އުފައްދައި އުވާލަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.