ވީޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައި ކުރުމުގެ 2 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ 1 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހޯދުމަށް ޑިޕާޓްމަންޓުން ކުރި އިޢުލާނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 2 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ މަސައްކަތް ވެސް ޙަވާލުކުރުމަށް ހޮވުނު ފަރާތް ކަމުގައިވާ 'ޑޮކް މޯލްޑިވްސް' އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ދެމެދު މަސައްކަތުގެ 2 އެއްބަސްވުމުގައި މިއަދު ސޮއިކޮށް، ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތް މިއަދު ޙަވާލުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޑިޕާޓްމަންޓުގެ ފަރާތުން 2 އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓަންޓް ލީގަލް އޮފިސަރ އަލްއުސްތާޛާ މަރްޔަމް ފާޠިން އެވެ. އަދި 'ޑޮކް މޯލްޑިވްސް' ގެ ފަރާތުން 2 އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝިހާމެވެ

ޑިޕާޓްމަންޓަށް ބޭނުންވާ ވީޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 206،700.00 ރ އަށް04 ޑިސެމްބަރު 2015 ގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށެވެ. އަދި މެޖިސްޓްރޭޓް ކޮޓުތަކަށް ބޭނުންވާ 2 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 381،600.00ރ އަށް 04 ޑިސެމްބަރު 2015 ގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށެވެ.