29 ނޮވެމްބަރު 2015 އިން ފެށިގެން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 ކަމަށް ހަމަޖައްސައިފި

29 ނޮވެމްބަރު 2015 އިން ފެށިގެން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 ކަމަށް ހަމަޖައްސައިފިއެވެ. މި ބަދަލު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު:16/205 ޢާއްމު ސިޓީން މިއަދު ވަނީ ހުރިހާ ކޯޓުތަކަށް އަންގާފައެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު:16/205 ޢާއްމު ސިޓީން އަންގަވާފައިވާ ކަންތައްތައް:
– މިގޮތަށް ހަމަޖެހުމާ ގުޅިގެން، ބްރޭކްގެ ގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް މެންދުރުފަހު 12:00 ން ފެށިގެން 14:00 އާ ދެމެދު، 1 ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވޭނެއެވެ.
– މި ނޫން ވަގުތުތަކުގައި ހުސްވަގުތު ދެވޭނީ އެކޯޓެއްގެ ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ވެރިއެއްގެ ހުއްދަ ލިބިގެން، އެ މުވައްޒަފަކަށް ހުސްވަގުތުގެ ގޮތުގައި ދެވޭ 1 ގަޑިއިރުގެ ތެރެއިން އުނިކުރާ ގޮތަށެވެ.
– މުވައްޒަފުންނަށް ދެވޭ ހުސްވަގުތުގައި ކޯޓު ނުވަތަ އިދާރާގެ މަސައްކަތް މެދުނުކެނޑި ހިނގާނޭ ގޮތައްގެ މަތީން އިންތިޒާމްތައް ހަމަޖެއްސުމަށް އެންގެވިއެވެ.
– ޝރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެވުނު ނަމަވެސް ޝަރުޢީ ދާއިރާގައި ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީ ކުރުމަށް ހަމަޖެހިފައިވާ ގަޑި ކަމަށް އެންގެވިއެވެ.

FullSizeRender