ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2016 ވަނަ އަހަރުގެ އެކްޓިވިޓި ކަލަންޑަރ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދު އާ ހިއްސާ ކުރައްވައިފި

supremecourt 01

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2016 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދު އާ ހިއްސާ ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިއްޔެ އޮތް ބައްދަލުވުމުގައި 2016 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރ ހުށަހަޅުއްވާދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު އެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދު އެދިވަޑައިގަތީ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް މިހާރަށް ވުރެން ހަލުއިކޮށް، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ފެންވަރަށް ޝަރުޢީކޯޓުތަކާއި ޝަރުޢީދާއިރާގެ ޚިދުމަތަށް އެދޭ ފަރާތްތަކާއި މުވާޞަލާތުކޮށް، ޝަކުވާތައް މަދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ޝަރުޢީދާއިރާގެ ތަޞައްވުރު މިހާރަށްވުރެން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށެވެ.

އަދި ހައިކޯޓުގެ ދެކުނު ގޮފި (ސ.ހުޅުދޫ-މީދޫ) ގެ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން ޝަރުޢީ ކޯޓުތަކުގެ ކޭސްމެނޭޖްމަންޓް ހަރުދަނާކުރުމަށް 2016 ވަނަ އަހަރު އަޅަންޖެހޭ ފިޔަވަޅުތައްވެސް ފާހަގަ ކޮށްދެއްވިއެވެ. އަދި ކޭސް ކްލިއަރެންސް ރޭޓާއި، ޝަރުޢީ ވަފުދުތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި އަދި ޝަރުޢީ ވަފުދުގެ މަސައްކަތަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް އެއްސެވިއެވެ.

ޝަރުޢީދާއިރާގެ ޖުޑީޝަލް ސްޓްރެޓެޖިކް ޕްލޭންގެ މުއްދަތު 2015 އަށް ހަމަވެފައިވުމާއި އަދި ސްޓްރެޓަޖިކް ޕްލޭނުގެ މަގްޞަދު ޙާޞިލްވެފައިވާ މިންވަރާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރު ކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ. އަދި 2016 އާ 2017 ގެ އައު ސްޓްރެޓެޖިކް ޕްލޭންގައި ހިމަނަން ޖެހޭ ކަންތައްތައްވެސް ފާހަގަ ކުރެއްވިއެވެ.

ޝަރުޢީދާއިރާގެ 2014 ވަނަ އަހަރުގެ ސްޓެޓިސްޓިކްސް ޝާޢިއުކުރުން ލަސްވެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދު ފާހަގަ ކުރެއްވި ގޮތުގައި ޝަރުއީދާއިރާގެ ތަފާސްހިސާބަކީ ޝަރުޢީދާއިރާގެ މަސައްކަތް ރައްޔިތުންނާއި، ގައުމީ ތަރައްގީގެ ސިޔާސަތު އެކުލަވާ ފަރާތްތަކަށް ބޭނުންވާ މުހިންމު ޑޭޓާއެވެ. އަދި ހާމަކަންބޮޑު ގޮތެއްގައި ޝަރުޢީދާއިރާގެ މަސައްކަތް ދައްކައިދޭ ހަމައެކަނި ވަސީލަތެވެ. އެހެންކަމާއެކު 2016 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބު ކޮންމެ ހަފްތާއަކުވެސް އެއްކުރައްވައި ކޯޓުތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު ހާމަކޮށްދިނުމަށް ތަފާސްހިސާބު ހާމަކުރަމުންދިއުމަށް އެދި ވަޑައިގެންނެވިއެވެ. 

އަދި މީގެ އިތުރުން 2016 ވަނަ އަހަރުން ފެށިގެން ޝަރުޢީދާއިރާގެ ހިއުމަން ރިސޯސްއާއި އިދާރީ މަސައްކަތާއި އިދާރީ ހިންގުމާއި ވަޞީލަތްތަކާ ބެހޭ ސްޓެޓިސްޓިކްސްވެސް ވަކި ވޮލިއުމްއެއްގައި ޝާއިޢުކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ޝަރުޢީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން 2016 ވަނަ އަހަރު އިސްކަމެއް ދީގެން ފެމިލީ ކޯޓަށް އިތުރު ޖާގަ ހޯދައި ދިނުމަށާއި، ސިވިލް ކޯޓުގެ މަސައްކަތް އަވަސްކުރުމަށް ސިވިލް ކޯޓަށް އިތުރު ކޮށްދީފައިވާ މަދަނީ ވެހީގެ މަސައްކަތްވެސް އަވަސް ކުރުމަށް އެދިވަޑައިގަތެވެ. އަދި ހުޅުމާލޭ ކޯޓަކީވެސް ގިނަ މައްސަލަތަކެއް ހުށަހެޅޭ ކޯޓެއްކަމުން އެކޯޓަށް މިހާރަށް ވުރެން ތަނަވަސް ޖާގަ ހޯދައިދިނުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު މަޝްވަރާކޮށްގެން ނަމަވެސް ބިމެއް ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށްވެސް އެދިވަޑައިގަތެވެ.

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno