ފަނޑިޔާރުގޭ އެކުވި މާހެފުން 1437

maahefun201601

ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރާ ދާއިރާއަކަށް ހެދުމަށް، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ.

އެގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން މާލޭގެ ކޯޓެއްގައި ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި 15 ދުވަހަށް އައިސް މަސައްކަތްކުރުމަށް ފުރުޞަތު ވަނީ ހުޅުވައިލައްވާފައެވެ. އަދި މީގެއިތުރުން، މާލޭގެ ކޯޓުތަކުގެ މުވައްޒަފުން އެއްތަނަކަށް ޖަމާވެގެން އެއް ޢާއިލާއެއްހެން މިއަހަރުގެ މާހެފުން ބޭއްވުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ހައިކޯޓާއި، ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ހުރިހާ މުވައްޒަފުން ގުޅިގެން ޢާއިލާގެ މެންބަރުންނާއެކު މާހެފުމުގެ ޙަރަކާތެއް އިންތިޒާމު ކޮށްދެއްވުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ޙުސައިން ގެ އަރިހުން އެދިވަޑައިގެންފައިވާތީ، ހުރިހާމުވައްޒަފުން ގުޅިގެން ޝަރުޢީދާއިރާގެ އާއިލީ މާހެފުމުގެ ގޮތުގައި މިއަހަރު ބޭއްވި "ފަނޑިޔާރުގޭ އެކުވި މާހެފުން 1437" މިއަދު ހަވީރު 16:00 އިން ފެށިގެން 21:00 އަށް ތީމުގޭ ގޯތިތެރޭގައި ކުރިއަށް އެބަދެއެވެ.

maahefun201602

maahefun201603

maahefun201605

ޝަރުޢީދާއިރާގެ މުވައްޒަފުން ގުޅިގެން އިންތިޒާމުކުރި، މި ޙަފުލާގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ޢަބްދުލްބާޤިރެވެ. މި ޙަރަކާތްތައް ހުޅުއްވައިދެއްވަމުން ރަމަޟާންމަހުގެ މާތްކަމާއި އެމަހުގެ ޘަވާބާއި ދަރުމައާ ގުޅޭގޮތުން ޝަރަފުވެރި މެހެމާނު ނަޞޭޙަތުގެ ބަސްކޮޅެއް އިއްވަވައިދެއްވިއެވެ. އަދި އިސްލާމީ ޝަރީޢާގެ އުޞޫލުތައް ދިރުވައި ނެގެހެއްޓެވުމަށްޓަކައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަރިސްކުރެއްވިއެވެ.

maahefun201604

ޝަރުޢީދާއިރާގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކާ މުޚާތަބުކުރައްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ދެއްކެވި ވާހަކަފުޅުގައި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ އާއިލީ މާހެފުމަކަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގޮވާލެއްވުމާގުޅިގެން، އެކަމަށް ތަރުހީބުދީ މިފަދަ ފުރިހަމަ ޙަފުލާއެއް އިންތިޒާމުކޮށްފައިވާތީ، އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ހެޔޮއެދުމާއި ޝުކުރު އަދާކުރެއްވިއެވެ.

maahefun201606

މިގޮތުން، ކޯޓުގެތަކުގެ ފަނޑިޔާރުންނާއި، އިސްވެރިންނާއި މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޚާއްޞަގޮތެއްގައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޙަފުލާއިން އެނގިގެންދަނީ، އެއް އާއިލާއެއްހެން ގުޅިގެން ޝަރުޢީދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް މިފަދަ އިޖުތިމާޢީ ވަރަށް ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދެވިދާނެކަން ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މުސްތަޤުބަލުގައިވެސް ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން މިފަދަ ޙަރަކާތްތައް ހިންގުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިއްވަރުދެއްވާކަން ފާހަގަކުރައްވައި، ކުރިއަށްއޮތްތަނުގައި، އަތޮޅުތެރޭގެ ކޯޓުތައްވެސް މިފަދަ ޙަރަކާތްތަކުގައި ބައިވެރިކުރުމަށާއި، މި މަޢުލޫމާތު އެބޭފުޅުންނާވެސް ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ވާހަކަފުޅު ނިންމަވައިލެއްވީ، މި ކަން އިންތިޒާމުކޮށް މި ޙަރަކާތަކީ ކާމިޔާބު ޙަރަކާތެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވަމުންނެވެ.

maahefun201607

ޝަރުޢީދާއިރާގެ މުވައްޒަފުން ގުޅިގެން މިފަދަ ފުރިހަމަ މާހެފުމަށް އިންތިޒާމުކޮށްދެއްވާފައިވާތީ އެކަމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދަށް ވަރަށް ޚާއްޞަ ޝުކުރެއް ޑްރަގް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު އަރިސްކުރެއްވިއެވެ. އަދި މި ޙަފުލާ އިންތިޒާމުކުރުމުގައި ޙަރަކާތްތެރިވި ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

maahefun201619

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، މާލޭ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އިތުރުން، މާލޭގެ ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުން މި ޙަފުލާގައި ބައިވެރިވެ، ވަރަށް އެކުވެރި އަދި އުފާވެރި މާޙައުލެއްގައި މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

maahefun201608

maahefun201609

maahefun201610

maahefun201611

maahefun201612

maahefun201614

maahefun201615

maahefun201616

maahefun201617

maahefun201618

maahefun201613

"ފަނޑިޔާރުގޭ އެކުވި މާހެފުން 1437" އަކީ، ކުޑަކުދިންނަށް ޙާއްޞަ ޙަރަކާތްތަކެއް އެކުލެވޭގޮތަށް ޝަރުޢީދާއިރާގެ މުވައްޒަފުން އިންތިޒާމުކޮށްގެން އާއިލީ ހަވީރެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މާހެފުމުގެ ޙަރަކާތެކެވެ. 

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno