1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދުބެލުމާބެހޭ ހަނދުކޮމިޓީގެ ބައްދަލުވުން

moon03

މި އަހަރުގެ ރަމަޟާންމަހުގެ ހަނދުބެލުމުގެ ޙަރަކާތަށް އެކުލަވައިލާފައިވާ ޝަރުޢީދާއިރާގެ ހަނދު ކޮމިޓީގެ ބައްދަލުވުން މިއަދު ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައި ކުރިއަށް އެބަދެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލް އިދާރާ ހިންގެވުމާ ޙަވާލުވެހުންނެވި އެންމެ އިސްވެރިޔާގެ ކުރިފުޅު މަތީގައެވެ.

moon01

moon02

މިއަހަރުގެ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މި ޑިޕާޓްމަންޓާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކުގެ އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ.