ޑީ.ޖޭ.އޭ ގެ ވެބްސައިޓް މީޑިއާގެ ސަމާލުކަމަށް

 

3

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ދުއްރަ ހަދައި، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި، ބައިސިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓަށް މީޑިއާގެ ޚާއްޞަ ސަމާލުކަމެއް ލިބިއްޖެއެވެ. 08 ޖޫން 2016 ވީ ބުދަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓްގައި މި އިޢުލާންތައް ޝާއިޢުކުރުމާއެކު ރާއްޖޭގެ ބައެއް އޮންލައިން ދުވަހު ނޫސްތަކުގެ ސަމާލުކަމަށް މިކަން އައިސް، ޢާއްމުންނާ ހަމައަށް މިމަޢުލޫމާތު ވަރަށް ފުރިހަމައަށް ވަނީ ފޯރުކޮށްދީފައެވެ.

 ޝަރުޢީ ކޯޓުތަކުގައި ބޭނުންކުރާ ދުއްރަ

ދުއްރައަކީ ކޯޓުތަކުން ބަލާ ޖިނާއީ މައްސަލަތަކުގެ ތެރެއިން ހައްދުޖެހުމަށާއި ތަޢުޒީރުކުރުމަށް ކުރާ ޙުކުމްތައް ތަންފީޛުކުރުމަށްޓަކައި ބޭނުންކުރާ ޚާއްޞަ ވަޞީލަތެވެ. މުއްގަނޑު ސައްކެޔޮ ލަކުޑިން ހަދައި، ލާޖަހައި، އޮރިޖިނަލް ލެދަރ އިން ތައްޔާރުކުރެވޭ މި ވަޞީލަތް ރާއްޖޭގެ ފަނޑިޔާރުގެތަކުގައި ޒަމާނުއްސުރެ ދަނީ ބޭނުންކުރަމުންނެވެ.

ގިނަދުވަސްވުމުގެ ސަބަބުންނާއި، ހޫނުގެ އަސަރުކުރުމުގެ ސަބަބުން ދުއްރައިގެ ލެދަރުން ތައްޔާރުކުރެވޭ ބައިގެ ބާރު ކެނޑި، ޙުކުމް ތަންފީޛުކުރުމުގައި ބޭނުންކުރުމަށް އެކަށީގެންނުވާކަމަށް ފެނުމުން، ކުރީގައި ޖަސްޓިސް މިނިސްޓްރީން އަދި މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދުއްރަ ތައްޔާރުކުރުމުގެ މަސައްކަތަށް ކަމުވޮށިގެންވާ ފަރާތެއް ހޯދައި، ދުއްރަ ތައްޔާރުކޮށް، ފަނޑިޔާރުގެތަކަށް ފޮނުވަމުންގެންދެއެވެ. އެގޮތުން ފާއިތުވި 2015 ވަނަ އަހަރުވެސް މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް 20 ދުއްރަ ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް، މަސައްކަތާ ޙަވާލުވި ފަރާތުން ހަދައިދިން ދުއްރަތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް ފޯރުކޮށްދީފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ބައިސިކަލް ހޯދުން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ އިދާރާއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް ޤާއިމުކޮށްފައިވާއިރު ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް ރައްދުކުރުމަށާއި، އިދާރީ އެހެނިހެން ބޭނުންތަކަށް، އެއްގަމު އުޅަނދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ފޯރުކޮށްދެމުންދެއެވެ. އެގޮތުން މިފަހަރު އިޢުލާންކޮށްފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 64 ބައިސިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ތަކެތި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދައިދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އެލްމިނިއަމް ހަރުގަނޑާއި ވީލް ބަރޯ ހޯދުމަށް އިޢުލާންކޮށް، އެތަކެތިވެސް ކޯޓުތަކަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ.

ޝަރުޢީ ދާއިރާގެ މިފަދަ ހަބަރުތައް ރާއްޖޭގެ މީޑިއާ ވަޞީލަތްތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް މިފުރުޞަތުގައި އުފަލާއެކު ފާހަގަކުރަމެވެ. އަދި މިކަމުގެ ސަބަބުން މިފަދަ އިޢުލާންތައް ގިނަ ބަޔަކަށް ފެނި، ވާދަވެރިކަން އިތުރުވެގެންދާނެކަން ފާހަގަކުރަމެވެ.

މީޑިއާގެ ފަރާތްތަކާއި ޝަރުޢީދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް އުފެއްދުމަށްޓަކައި އަންނަ ޖުލައިމަހުގެ ތެރޭގައި، އޯޕަން ހައުސް މީޑިއާ ހަފްތާ ޝަރުޢީ ދާއިރާއިން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. 

 

4

 

1

2

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno