މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް" ގައި ޝަރުޢީ ދާއިރާއިން ބައިވެރިވެއްޖެ

haj2

މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކުރިޔަށް ގެންދާ "މުވައްޒަފުންގެ ސްކީމް" ގައި ޝަރުޢީ ދާއިރާއިން ބައިވެރިވެއްޖެއެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު ޚާލިދު ޤާސިމެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަންގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޟާއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ މި ސްކީމުގެ މަޤުޞަދަކީ، ސްކީމްގައި ބައިވެރިވެ ޙައްޖަށް ދިއުމަށް ބޭނުންވާ މުވައްޒަފުންގެ މުސާރައިން، އެމުވައްޒަފަކު ހުއްދަކުރާ މިންވަރެއް މަހުންމަހަށް އުނިކުރަމުން ގޮސް، ޙައްޖުގެ އަގު ހަމަވުމުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. 

haj1haj3haj4