ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ޓެރެރިޒަމްއާ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުން

ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ޓެރެރިޒަމްއާ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ 02 ސެޝަންއެއް ފެށޭ ހަފްތާގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް އޮފިޝަލުންނަށް ޑިޕާޓްމަންޓުގެ ޓްރޭނިންގ ރޫމްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިސެޝަންގައި މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ކަމާބެހޭ ރިސޯސް ބޭފުޅުންނެވެ. މިސެޝަންތަކުގައި އަލިއަޅުވާލެވޭނީ، ޓްރެރިޒަމްއާއި ހައްދުފަހަނައަޅާދިއުމާބެހޭ ޤައުމީ މައްސަލައާއި، ދިވެހިރާއްޖޭގައި މިހާރު ޓެރެރިޒަމް އޮތް ޙާލަތާއި، ޓެރެރިޒަމްއާ ގުޅޭގޮތުން ބައިނަލް އަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޒިންމާއަކީ ކޮބާކަމާއި، ޓެރެރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތަކީ ކޮބާކަމާއި، އަދި މިކަންކަން ހުއްޓުވަން ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށްއޮތްތަނުގައި ކުރަން ނިންމާފައިވާ ކަންތަކުގެ މައްޗަށެވެ. މި 02 ސެޝަން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ 20 އަދި 21 ޖޫން 2016 މިދެދުހުގެ ހެނދުނު 10:30 ން މެންދުރުފަހު  14:00 އެވެ.