ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ފަނޑިޔާރުންނަށް ދިނުމަށްޓަކައި ކުރިޔަށް ގެންދާ ސެޝަން ފަށައިފި

t9

ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެގޮތުން "ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން: މުޖުތަމަޢަށް އޮތް ބޮޑު ނުރައްކަލެއް" މިނަމުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން ފަނޑިޔާރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ސެޝަން ފަށައިގެން ކުރިޔަށްއެބަދެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިންގ ހޯލްގައި ކުރިއަށްދާ މިސެޝަންގައި މަޢުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ފަރާތުން، ބްރިގޭޑިޔާ ޖެނެރަލް އަލްފާޟިލް ޒަކަރިއްޔާ މަންސޫރާއި، މޭޖަރ އަލްފާޟިލް ޙަސަން އާމިރެވެ. މިސެޝަންގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދުގެ ސެޝަންގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ މި ޕްރޮގްރާމް އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑަމީއާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކީ، ޓްރެރިޒަމްއާއި ހައްދުފަހަނައަޅާދިއުމުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭފަދަ ޤައުމީ މައްސަލައެއްކަމަށްވުމާއެކު، އެކަމާގުޅޭ މަޢުލޫމާތާއި، ދިވެހިރާއްޖޭގައި މިހާރު ޓެރެރިޒަމް އޮތް ޙާލަތާއި، ޓެރެރިޒަމްއާ ގުޅޭގޮތުން ބައިނަލް އަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޒިންމާއަކީ ކޮބާކަމާއި، ޓެރެރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތަކީ ކޮބާކަމާއި، އަދި މިކަންކަން ހުއްޓުވަން ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށްއޮތްތަނުގައި ކުރަން ނިންމާފައިވާ ކަންތަކުގެ މަޢުލޫމާތު ޝަރުޢީދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ދިނުމާއި، މިމައްސަލައާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަދުގެ ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ން މެންދުރުފަހު  14:00 އެވެ. މި ޕްރޮގްރާމްގައި، މާދަމާ އޮންނާނީ ކޯޓުތަކުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށްގެންކުރިޔަށް ގެންދާ ސެޝަނެވެ. މި ސެޝަންގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.  

 t2t1t7