ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ދިނުމަށްޓަކައި ކުރިޔަށް ގެންދާ ސެޝަން ފަށައިފި

IMG 5522

ފަނޑިޔާރުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެގޮތުން "ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން: މުޖުތަމަޢަށް އޮތް ބޮޑު ނުރައްކަލެއް" މިނަމުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ސެޝަން ފަށައިގެން ކުރިޔަށްއެބަދެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިންގ ހޯލްގައި ކުރިއަށްދާ މިސެޝަންގައި މަޢުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ފަރާތުން، ބްރިގޭޑިޔާ ޖެނެރަލް އަލްފާޟިލް ޒަކަރިއްޔާ މަންސޫރާއި، މޭޖަރ އަލްފާޟިލް ޙަސަން އާމިރެވެ. މިސެޝަންގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ސުޕީރިއަރ ކޯޓުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ މި ޕްރޮގްރާމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑަމީއާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކީ،ޓްރެރިޒަމްއާއި ހައްދުފަހަނައަޅާދިއުމުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭފަދަ ޤައުމީ މައްސަލައެއްކަމަށްވުމާއެކު، އެކަމާގުޅޭ މަޢުލޫމާތާއި، ދިވެހިރާއްޖޭގައި މިހާރު ޓެރެރިޒަމް އޮތް ޙާލަތާއި، ޓެރެރިޒަމްއާ ގުޅޭގޮތުން ބައިނަލް އަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޒިންމާއަކީ ކޮބާކަމާއި، ޓެރެރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތަކީ ކޮބާކަމާއި، އަދި މިކަންކަން ހުއްޓުވަން ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށްއޮތްތަނުގައި ކުރަން ނިންމާފައިވާ ކަންތަކުގެ މަޢުލޫމާތު ޝަރުޢީދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ދިނުމާއި، މިމައްސަލައާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަދުގެ ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ން މެންދުރުފަހު  14:00 އެވެ.

މި ޕްރޮގްރާމްގެ ތެރެއިން، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ފަނޑިޔާރުންނަށް ދިނުމަށްޓަކައި އިއްޔެ ވަނީ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ. މި ސެޝަންގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ. އިއްޔެގެ ސެޝަންގައި ވެސް މަޢުލޫމާތު ދެއްވީ ބްރިގޭޑިޔާ ޖެނެރަލް އަލްފާޟިލް ޒަކަރިއްޔާ މަންސޫރާއި، މޭޖަރ އަލްފާޟިލް ޙަސަން އާމިރެވެ.

އިއްޔެގެ ސެޝަންގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. 

IMG 5560

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno