ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ނިންމުމުގައި ކަން ހިނގާދިޔަގޮތް

މައްސަލައިގެ ތަޢާރަފު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/01 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޤާނޫނޫއަސާސީގެ އެންމެހައި ހަމަތައް ނެގެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ޢަދުލު އިންޞާފު ކަށަވަރުކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން، ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި މަޞްލަޙަތު ހިމެނޭ ފަރާތެއްގެ ގޮތުން ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް މި މައްސަލައިގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމާ ބެހޭގޮތުން އިޖްރާއީގޮތުން ބަލައި ނިންމާފައިވާ ނިންމުމެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ މައްސަލަ ރައްދުވާ ފަރާތަކީ ގ. ކެނެރީގެ، މުޙައްމަދު ނަޝީދު އެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަލައިގަނެ މައްސަލަ ކުރިއަށް ގެންދިއުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަލައިގަނެ، ކުރިއަށް ގެންދިއުމާ ބެހޭގޮތުން 25 ނޮވެމްބަރ 2015 ގައި ބޭއްވުނު އިޖްރާއީ އަޑުއެހުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް ބެލުމަށްފަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަނެ، ކުރިއަށް ގެންދިއުމަށް ކަނޑައެޅުނެވެ.

މި މައްސަލައާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކުރައްވާ ކަންތައްތައް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު
132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، މި މައްސަލައިގައި މަޞްލަހަތު ހިމެނޭ ފަރާތެއްގެ ގޮތުން ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މި ބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުން މައިގަނޑު 10 ކަމެއް ފާހަގަކުރައްވާފައިވެއެވެ.

1-      މުޙައްމަދު ނަޝީދު، ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ، ރ. ހުޅުދުއްފާރު، ބަހާރުގޭ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް، 17 ޖަނަވަރީ 2012 ވަނަ ދުވަހުގެ 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ. ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ފޮރުވާފައި ބެހެއްޓިކަން، ދައުލަތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ބުނެވިދިޔަ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤަނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގ. ކެނެރީގެ، މުޙައްމަދު ނަޝީދު ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގ. ކެނެރީގެ، މުޙައްމަދު ނަޝީދު 13 (ތޭރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން.

2-      ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވެފައި، އެ ފަރާތުން އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭގޮތަށް ހުށަހެޅި މައްސަލައަކަށް ނުވާތީ އާއި، އަދި މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 321/Cr-C/2015 ޤަޟިއްޔާގެ މައުޟޫޢުގައި އެ ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ޙުކުމް ކޮށްފައިވާ ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޙުކުމް ރަނގަޅު ނޫންކަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، މި މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަދެވެން އޮތް މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ނިންމާފައިވާކަން.

3-  ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC-IH/2015/01 ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ނުކުތާތައް:

(ހ) ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ވަގުތާއި، ވަޞީލަތްތަކާއި ފުރުޞަތުތައް މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

(ށ) ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކޮށް ވަކީލުގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ ކަމެއް މުޙައްމަދު ނަޝީދުގެ  މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޝަރީޢަތުގައި ހިނގާފައިނުވާކަމާއި އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކުން.

(ރ) މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވަ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން.

4-      އިސްތިއުނާފުކުރުމުގެ ޙައްޤުގެ ބޭނުންކޮށް އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ޙާލަތްތައް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި އިޖްމާލީގޮތަކަށް ބަޔާންކޮށްފައިވާކަމާއި، އެއީ އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުމާއި، ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއާތެއްގައި ހިމެނޭ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުންކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބުނެވިދިޔަ 43 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެން އޮތްކަން.

5-      ކޯޓުތަކުން އިއްވާ ޖިނާއީ ޙުކުމްތަކަށް އިސްތިޤްރާރުކަން ނުލިބި ދިގުދެމިގެން ދިއުމަކީ ޖިނާއީ ޢަދާލަތުގެ މަޞްލަޙަތާއި ކަނޑައެޅިގެން ފުށުއަރާ ކަމަކަށްވާއިރު، އެފަދަ ޙުކުމްތަކަށް ފައިޞަލާކުރަނިވި ބާރު ލިބި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިހާއީ ޙުކުމްތަކަށް ވެގެންދިއުމުގެ ޟަރޫރަތްތެރިކަމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތު ތަފާތު ޖުރިސްޑިކްޝަންތަކުގައި ވަނީ ޤައިދުކުރެވިފައިކަމާއި، މިގޮތުން ދިވެހިރާއްޖޭގައި ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުމަކާމެދު، އެއީ ޖިނާއީ މައްސަލައެއް ނުވަތަ އެނޫންވެސް ބާވަތެއްގެ މައްސަލައެއް ކަމުގައި ވިއަސް، ހިތްހަމަނުޖެހޭ ފަރާތަކުން އެ ނިންމުމެއް ނިންމިތާ 10 ދުވަސްތެރޭގައި އެ ނިންމުން އިސްތިއުނާފުކުރުމަށް މައްސަލަ ނިންމި ދަށުކޯޓަކަށް ހުށަހަޅަންވާނެކަމާއި، މައްސަލަ ނިންމި ދަށުކޯޓަށް އިސްތިއުނާފަށް ހުށަހަޅާތާ 07 ދުވަސްތެރޭގައި އެ ކޯޓުން މައްސަލައިގެ ފައިލް ލިޔުންތަކާއެކު ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ހުށަހަޅަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރއިން ކަނޑައަޅާފައި ވާކަމާއި، މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިމާވާ "ޤަހްރީ" ނުވަތަ އަމިއްލަ ބާރު ނުފޯރާ ސަބަބަކާ ހުރެ އިސްތިއުނާފަށް ހުށަހެޅުމަށް ޢުޒުރުވެރިވާ ޙާލަތުގައި، އިސްތިއުނާފުކުރަން އެދޭ ފަރާތުން މަޤުބޫލު ސަބަބަކާ ހުރެ އިސްތިއުނާފަށް ހުށަހެޅުމަށް ޢުޒުރުވެރިވާ ޙާލަތުގައި، އިސްތިއުނާފުކުރަން އެދޭ ފަރާތުން މަޤުބޫލު ސަބަބެއް ނުވަތަ ސަބަބުތަކެއް ބަޔާންކޮށް އެ މައްސަލަ ކަމާބެހޭ އިސްތިއުނާފީ ކޯޓަށް  ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓަށް އަބަދުވެސް ލިބިގެންވާކަން އެގެން އޮތްކަން.

6-      އިސްތިއުނާފުކުރުމާބެހޭ ޢާންމު އުޞޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައި ނުވާކަން އެނގެން އޮންނައިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ޤަޟިއްޔާގެ ޙުކުމް ރަނގަޅު ނޫންކަމަށް ދެކިގެން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމާ، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާގެ އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ކަންތަކަކަށް ނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ފައިޞަލާކޮށްފައި ނުވިނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކަން ހިނގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޝަރްޢީ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށް ހުށަހަޅާފައިވާ ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށްފަހު އެ ކޯޓަށް ފާހަގަކުރެވުނު ކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން.

7-      ޕްރޮސިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލައެއް ނޫންކަމާ، އެހެންނަމަވެސް މި މައްސަލައަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9  ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރާއި އިޚްތިޞާޞަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމުގެގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، އެކަންކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ނަޒަރުކުރިއިރު އަންނަނިވި ކަންތައްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފާހަގަކުރެވިފައި ވެއެވެ.

(ހ) ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށް އެކަށީގެންވާ ވަގުތާއި، ވަޞީލަތްތައް ލިބިފައިވުން

މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެންމެ ފުރަތަމަ ދަޢުވާ ހުށަހަޅާފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި 15 ޖުލައި 2012 ދުވަހުގައިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1/އެޗްއެމްސީ/2012/602 ދަޢުވާ ހުށަހަޅާ ފޯމުން އެނގެން  އޮންނަކަމާއި، މި މައްސަލައާގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާގައި މުޙައްމަދު ނަޝީދު ހިންގިކަމަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންވެދިޔަ ވާޤިޢާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދީފައިވާ ޤާނޫނީ ވަޞްފަކީ ނުވަތަ ކޮށްފައިވާ ތުހުމަތަކީ، "ޤާނޫނާ ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ހިފައި ހައްޔަރު ކުރުން" ކަމާއި، އެއީ އެއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް ކުށެއްކަމާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 397/HMC/2012 ޤަޟިއްޔާއިން އެ މައްސަލަ ހިންގަމުންދާތާ ގާތްގަނޑަކަށް 3 އަހަރު ވާން ކައިރިވެފައި ވަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ކ) އާއި (އ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ މައްޗަށް ރިޢާޔަތްކޮށް އެ މައްސަލަ އަލުން މުރާޖަޢާ ކުރުމަށްފަހު ކްރިމިނަލް ކޯޓަށް 22 ފެބްރުއަރީ 2015 ގައި އެ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ހުށަހަޅާފައިވާ ކަމާއި، އެ ޤަޟިއްޔާއިން ކުރެވުނު ދަޢުވާގައި މުޙައްމަދު ނަޝީދު ހިންގިކަމަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންވެދިޔަ ވާޤިޢާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ތުހުމަތަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކަމާއި، މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރިން، މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވާ ދަޢުވާގައި މުޙައްމަދު ނަޝީދަށް ނިސްބަތްވާ އިޖްރާމީ ވާޤިޢާ އަލުން ތަޤްޔީމްކުރުމަށްފަހު އެ ވާޤިޢާއަށް އައު ޤާނޫނީ ވަޞްފެއް ދިނުމާއެކު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، އެ ކޯޓުގެ ނަންބަރު
132/Cr-C/2015 ޤަޟިއްޔާގައި ހުށަހަޅާފައިވާ އެންމެހައި ވާޤިޢާތަކާއި، ހެކިތަކާއި، ދަލީލުތަކާއި، ލިޔެކިޔުންތަކަކީ ހަމަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 397/HMC/2012 ޤަޟިއްޔާގައި ވެސް ހުށަހެޅުނު ވާޤިޢާތަކާއި، ހެކިތަކާއި، ދަލީލުތަކާއި، ލިޔެކިޔުންތައްކަމާއި، އެ ތަކެތި ވަނީ މުޙައްމަދު ނަޝީދަށް ޤަވާޢިދުން ލިބިދީފައިކަމާއި، މީގެއިތުރުން، މި މައްސަލައާގުޅިގެން ކްރިމިނަލް ކޯޓުގައި މުޙައްމަދު ނަޝީދު ތަމްޘީލު ކޮށްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައިވެސް މުޙައްމަދު ނަޝީދު ތަމްޘީލުކުރި ޤާނޫނީ ވަކީލުންކަން އެނގެން އޮންނައިރު، 15 ޖުލައި 2012 އިން ފެށިގެން ހިނގަމުން ދިޔަ މައްސަލައެއްގައި ކޮށްފައިވާ ދަޢުވާ މުރާޖަޢާކޮށް އެ މައްސަލައިގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ވާޤިޢާއަށް އެހެން ޤާނޫނީ ވަޞްފެއް ދީފައި ވީނަމަވެސް، މައްސަލައިގެ ވާޤިޢާތަކަށް ބަދަލެއް އައިސްފައި ނުވާކަމާ، އަދި އައު ހެއްކެއް ނުވަތަ މުސްތަނަދެއް ވިއަސް ދައުލަތުން ހުށަހަޅާފައި ނުވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް މުޙައްމަދު ނަޝީދަށް ލިބިދެވިފައިވާކަން އެނގެން އޮތްކަން.

(ށ) އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކޮށް ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ހަނިކުރެވިފައިނުވުން

އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާކަމާ، އަދި މީގެއިތުރުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮށް މީހަކަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "ޖިނާއީ ބޮޑެތި މައްސަލަތުގައި ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި ވާއިރު، މި ޙައްޤަކީ ތަފާތު ދިމިޤްރާޠީ ދައުލަތްތަކުގެ ދުސްތޫރުތަކުގަޔާއި، އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ އިޢުލާނު (Universal Declaration of Human Rights) (1948) އާއި، ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އަޙްދު (1966) ފަދަ ބައިނަލްއަޤްވާމީ ވަޘާއިޤު (instruments) ތަކުގައި އިސްތިޤްރާރުވެފައިވާ ޙައްޤެއްކަން އެނގެން އޮންނަކަމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ މުއްތަހަމުގެ މަޞްލަޙަތާ ގުޅިފައިވާ ދިފާޢީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއްކަމުގައިވާއިރު، ޢަދުލު އިންޞާފުގެ މަޞްލަޙަތަށްޓަކައި ކޯޓުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ޙައްޤުން ތަނާޒުލްވެ ޤާނޫނީ ވަކީލަކާ ނުލައި ކޯޓުގައި ދިފާޢުވުމުގެ އިޚްތިޔާރު ކޮންމެ މުއްތަހަމަކަށްވެސް ލިބިގެންވާކަމާއި، ކޯޓުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މުއްތަހަމަށް ދިނުމަށްފަހު، ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ މާލީ ތަނަވަސްކަން އޭނާއަށް ލިބިގެންނުވާނަމަ ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަންކޮށްދިނުމަށް އެދުމަކާ ނުލައި، އޭނާ ޤާނޫނީ ވަކީލަކު އިޚްތިޔާރުކުރުމުން މަނާވެގެންފިނަމަ އޭނާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ތަނާޒުލްވީކަމަށް ބަލައި ވަކީލަކާ ނުލައި ޝަރީޢަތް ހިންގުމުގެ ބާރު ކޯޓަށް ލިބިގެންވާކަން އެނގެން އޮންނައިރު، މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ފުރަތަމަ އަޑުއެހުމުގައި މުޙައްމަދު ނަޝީދުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލަ ކުރިއަށް ގެންދިއުމަށް އެދުމުން އެފުރުޞަތު މުޙައްމަދު ނަޝީދަށް ދެވިފައިވާކަމާއި، އަދި އެއަށްފަހު އެ މައްސަލާގައި ބޭއްވުނު އަޑުއެހުންތަކުގައި މުޙައްމަދު ނަޝީދު އިޚްތިޔާރުކުރި ޤާނޫނީ ވަކީލުންގެ ޙާޟިރުގައި ޝަރީޢަތްކުރެވިފައި ވާކަމާއި، ނަމަވެސް، އެ މައްސަލައިގެ އަޑު އެހުންތައް ހިނގަމުން ދަނިކޮށް މުޙައްމަދު ނަޝީދުގެ ވަކީލުން 08 މާރިޗް 2015 ގައި ބޭއްވުނު އެ މައްސަލައިގެ ޝަރީޢަތް ފެށުމަށް ހަމަޖެހިފައިވާ ގަޑި ފާއިތުވެ ދިޔަފަހުން އެ މައްސަލައިން ތަނާޒުލްވިކަމަށް އަންގާފައިވާކަމާއި، އެއަށްފަހު މުޙައްމަދު ނަޝީދަށް އަލުން ވަކީލުން ޢައްޔަންކުރުމުގެ ފުރުޞަތު ދިނުމުން އެ ފުރުޞަތުގެ ބޭނުންކޮށް، ވަކީލުން ޢައްޔަންކޮށްފައި ނުވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކޮށް ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިދިނުމުގައި ކޯޓުން އެ ޙައްޤު ހަނިކޮށްފައިވާކަމަށް ބަލާނެ އަސާސެއް ނެތްކަން.

(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޠަޢުނުކުރެވޭ ފަދަ ކަމެއް ހިނގާފައިނުވުން

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު، ދަޢުވާގައި އަނިޔާ ލިބުނު ފަރާތަކީ ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ކަމުގައިވާތީ، އެ ޤަޟިއްޔާ ބެލުމުގެ ޞަލާޙިއްތު ޢަބްދުﷲ މުޙައްމަދަށް ލިބިގެން ނުވާކަން އެނގެން އޮންނަކަމާއި، އެހެނީ ޖިނާއީ ދަޢުވާއެއްގައި އަނިޔާ ލިބޭ ފަރާތަށް އެ ދަޢުވާ މުސްތަޤިއްލުކަމާއެކު ވަކިފަރާތަކަށް ބުރަނުވެ ބެލުމުގެ އިޙްތިމާލަކީ ދުރު އިޙްތިމާލެއްކަމުން މައްސަލައެއްގައި އަނިޔާ ލިބޭ ފަރާތަށް ޚުދު އެ މައްސަލަ ބެލުމުގެ އަހްލިއްޔަތު ލިބިގެން ނުވުމަކީ ޖިނާއީ އިޖްރާއާތުގައި އިސްތިޤްރާރުވެފައިވާ އުޞޫލަކަށްވާތީ، ކްރިމިނަލް ކޯޓުގައި ބުނެވިދިޔަ މައްސަލަ ކުރިއަށް ދިޔައިރު މައްސަލައިގެ އެއްވެސް ކަމެއްގައި ޢަބްދުﷲ މުޙައްމަދު ބައިވެރިފައި ނުވާކަން އެނގެން އޮންނަކަމާއި، ވަކިފަރާތަކަށް ބުރަނުވެ އިންޞާފުން ޝަރީޢަތްކުރުން ކަށަވަރުކުރުމަށްޓަކައި، ޖިނާއީ މައްސަލައެއް ބަލާ ފަނޑިޔާރަށް އެމައްސަލަ ބެލުން މަނާކުރެވޭ ޙާލަތްތަކެއް ވާކަން އިސްތިޤްރާރުވެފައިވާ ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން ޖިނާއީ މައްސަލައެއް ތަޙްޤީޤު ކޮށްފައިވާ ފަރާތަށާއި، ޖިނާއީ މައްސަލައެއްގައި ޚަޞްމެއްގެ ފަރާތުން ވަކާލާތުކޮށްފައިވާ ޤާނޫނީ ވަކީލަށާއި، ޖިނާއީ މައްސަލައެއްގައި ޤަވާޢިދުން ހެކިބަސްދީފައިވާ ފަރާތަށާއި، ޖިނާއީ މައްސަލައެއްގައި އެކްސްޕާރޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތަށާއި، މިފަދަ ފަރާތްތަކަށް އެ މައްސަލަ ބަލާ ފަނޑިޔާރުކަންކުރުން މަނާވެގެންވާކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އެ ކޯޓުގައި ބެލި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަކީ އެ ޤަޟިއްޔާގައި މުޙައްމަދު ނަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވާޤިޢާ ހިނގިއިރު ކްރިމިނަލް ކޯޓުގައި މަސައްކަތްކުރަމުން ދިޔަ ފަނޑިޔާރުންނަށް ވުމަކީ ނުވަތަ އެ ވާޤިޢާ ހިނގައިދިޔަ މަސްރަޙުގައި ތިބި ބަޔަކަށް ވުމަކީ، އޭގެޒާތުގައި އެ ފަނޑިޔާރުންނަށް އެ މައްސަލަ ނުބެލެންޖެހޭ ސަބަބެއް ނޫންކަމާއި، އަދި އެއީ އެ ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ޠަޢުނުކުރެވޭ ފަދަ މަޤްބޫލު ސަބަބެއް ނޫންކަމާ، އަދި އެއީ އެ ފަނޑިޔާރުން އެ މައްސަލަ ބެލުމުން މަނާވެގަންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއްވެސް ނޫންކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ހިންގުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޠަޢުނުކުރެވޭ ފަދަ ކަމެއް ހިނގާފައި ނުވާކަން އެނގެން އޮންނަކަން.

(ރ) ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤު ޖިނާއީ އިޖުރާއާތުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިބިދެވިފައިވުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކިންނާ ސުވާލުކޮށް، ހުށަހެޅިފައިވާ އެންމެހައި ހެކިތަކާއި ދަލީލުތަކާމެދު ވާހަކަދެއްކުމުގެ ފުރުޞަތު މުޙައްމަދު ނަޝީދަށް ޖިނާއީ އިޖުރާއާގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޓުން ފަހިކޮށްދީފައިވާކަން އެނގޭކަމާއި، މީގެއިތުރުން، މުޙައްމަދު ނަޝީދުގެ ފަރާތުން ދިފާޢުގައި ހުށަހަޅަން ބޭނުންވި ހެއްކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ދީފައިވާކަމާއި، އެހެންނަމަވެސް، މުޙައްމަދު ނަޝީދުގެ ފަރާތުން ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަސް ކޯޓަށް ނަގާފައި ނުވާ ސަބަބަކީ، އެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ޘާބިތުވެފައިވާތީކަން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޤަޟިއްޔާއިން މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް އެދުމާއި، އެ ހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ޖިނާއީ އިޖްރާއާތުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މުޙައްމަދު ނަޝީދަށް ލިބިފައިވާކަން އެނގެން އޮތްނަކަން.

8-      ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ތަފްޞީލުކުރެވުނު ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައިގައި، އެ ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ ވަޘާއިޤުތަކާއި، ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކާއި، އިޖްރާއީ ޝަރްޠުތަކާއި ޤަވާޢިދުތަކާއި، ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖިނާއީ އިޖްރާއާތުގެ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އިންޞާފުން ޝަރީޢަތްކުރުމާގުޅޭ އެންމެހައި އަސާސީ ޙައްޤުތައް ލިބިދީފައިވާކަން އެނގެން އޮތްކަން.

9-      ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވެފައި، އެ ފަރާތުން އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭގޮތަށް ހުށަހެޅި މައްސަލަކަށްނުވާތީ އާއި، އަދި މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ މައުޟޫޢުގައި އެ ފަރާތެއްގެ މައްޗަށް ޙުކުމް ކޮށްފައިވާ ގ. ކެނެރީގޭ މުޙައްމަދު  ނަޝީދުގެ ފަރާތުން އެ ޙުކުމް ރަނގަޅު ނޫންކަމަށް ނުބެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، މި މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫންކަމަށް، ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮތްކަން.

10-   ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް މައުޟޫޢީ ގޮތުންނާއި، އިޖްރާއީ ގޮތުން ޤާނޫނު ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ދެކޭ ކަންކަމުގައި ވާހިނދު، އެ ކަންކަމަށް ޠަޢުނުކޮށް މުޙައްމަދު  ނަޝީދުގެ ފަރާތުން ހުށަހަޅަންޖެހޭނީ ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ކަމާއި، އެހެންކަމުން، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް މައުޟޫޢީ ގޮތުންނާއި، އިޖްރާއީ ގޮތުން ބިނާކޮށްފައިވާ އަސާސްތަކަކީ ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއް ކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ނުދެކޭނަމަ، ޢަމަލުކުރެވޭ ޤާނޫނީ އިޖްރާއާތުގެ އުޞޫލުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަކީ މުޙައްމަދު ނަޝީދަށް ލިބިގެންވާ ޙައްޤެއްކަމުގައި ވީނަމަވެސް، މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޙައްޤު ބޭނުންކުރުމަށް އިޖްރާއީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ޙައްޤު ބޭނުންކޮށް، އެ ޤަޟިއްޔާ އިސތިއުނާފުކުރުމަށް ޤަވާޢިދުން ހުށަހަޅާފައި ނުވާކަން އެނގެން އޮންނަކަމާ، އަދި 13 މާރިކް 2015 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ބުނެވިދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ނިމުނުތާ ދިގު މުއްދަތެއް ފަހަނައަޅައި ދިޔަ ފަހުންވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރުމަށް ހުށަނޭޅުނު މަޤްބޫލު ސަބަބެއް ބަޔާންކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙޙައްމަދު ނަޝީދުގެ ފަރާތުން މަސައްކަތްކޮށްފައި ނުވުމުން، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދުގެ ފަރާތުން ޢަމަލީގޮތުން ދޫކޮށްލާފައިވާކަމާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ މިހާރު ފައިޞަލާކުރަނިވި ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަން އެނގެން އޮތްކަން.

އިސްވެ ދެންނެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ ސަބަބުތަކަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ސަބަބުތަކަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 ނިންމުމުގައި، އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ، އެ ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައި ވެއެވެ.

ކަން މިހެން އޮތްނަމަވެސް، ކޯޓުތަކުގެ މިފަދަ ނިންމުންތަކާގުޅޭ މަޢުލޫމާތު ޚަބަރު ފަތުރާ ބައެއް ވަޞީލަތްތަކާއި، އޮންލައިން ނޫސްތަކާއި، ޖަރނަލްތަކުގައި ޢާންމުންނާ ހަމައަށް ގެނެސްދީފައި ހުންނައިރު، މުޅި މައްސަލައިގެ މައްޗަށް އެކުލެވޭ ފުރިހަމަ މަޢުލޫމާތު ނުހިމަނައި މައްސަލައިގެ ޙަޤީޤަތް އޮޅޭގޮތަށް، އެ ޚަބަރު ލިޔާ ނޫސްވެރިއެއްގެ ޚިޔާލާއި ފިކުރަށް ފެންނަގޮތަކަށް ގެނެސްދީފައި ހުންނަކަން ފާހަގަ ކުރެވިފައިވެއެވެ.

އަދި ކޯޓުތަކުގައި ޝަރީޢަތްކުރިއަށްދާއިރު ފަނޑިޔާރުންގެ ބެންޗުން ނިންމަވާ ނިންމުންތައް ޢާންމުންނާ ހަމައަށް ގެނެސްދީފައި ހުންނައިރު، މައްސަލަތަކުގައި ކޯޓުންކުރާ ޙުކުމްތަކުގައި ވަކިކަމެއް އައިސްފައިވަނީ މިވެނިގޮތަކަށް ކަމަށް ބުނުމުގެ ބަދަލުގައި ޙުކުމުގައި އައިސްފައިވާ ނިންމުންތަކަކީ، ވަކިވަކި ފަނޑިޔާރުންގެ ފަރުދީ ނިންމެވުންތަކެއްކަމަށް ދޭހަވާގޮތަށް ވަކިވަކި ފަނޑިޔާރުންނަށް ނިސްބަތްކޮށް ޚަބަރުތަކުގައި ހިމަނާފައި ހުންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ވިދާޅުވުމަށް

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno