ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް 2016 ފަށައިފި

cvc2

ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް 2016 މިއަދު ފަށައިފިއެވެ. މިހަފްތާގެ ޙަރަކާތްތައް ފަށާފައިވަނީ، މީޑިއާގެ ފަރާތްތަކުން ކޯޓުތަކަށް ޒިޔާރަތްކޮށް، ކޯޓުތަކުން ހުއްދަ ދޭ ގޮތެއްގެ މަތިން، ކޯޓުތައް ވީޑިއޯކޮށް ފޮޓޯ ނެގުމަށް ހުޅުވާލި ފުރުޞަތުގައި، މީޑިއާގެ ފަރާތްތަކުން ސިވިލް ކޯޓަށް ކުރި ޒިޔާރަތުންނެވެ. ހެނދުނު 9:00 ގައި ފެށި މި ޙަރަކާތުގައި އެންމެ ފުރަތަމަ އޮތީ، "އަތްހަމަކޮށްލުން" މިނަމުގައި މީޑިއާގެ ފަރާތްތަކާ ތަޢާރަފުވެ، އެކުވެރި މާޙައުލަކުން ބައްދަލުކޮށްލުމެވެ. މި ޙަރަކާތުގައި، ކޯޓުގެ 3 ފްލޯރ އަށް ޒިޔާރަތްކޮށް ކޯޓުތެރެ ބަލާލުމުގެ ފުރުޞަތު ދިނުމުގެ އިތުރުން، ކޯޓާ ބެހޭ މަޢުލޫމަތު ޙިއްޞާކުރުމުގެ ސެޝަންއެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ކޯޓުން ހުއްދަދޭ ތަންތަން ފޮޓޯ ނެގުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 މިއަދު ކުރިޔަށް ދެން އޮތީ، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާޙައުލެއް ގާއިމްކޮށް، ދެމެހެއްޓުމަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައިމޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނާއެކު ޝަރުޢީ ދާއިރާއިން ބާއްވާ ބައްދަލުވުމެވެ. މިބައްދަލުވުން އޮންނާނީ 09:45 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައެވެ. 

cvc1