101 މެޖިސްޓްރޭޓް ކޯޓަކަށް ޖެމްސް ގެޚިދުމަތަށް އެކްސެސް ވެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

gems

ޝަރުޢީ ދާއިރާގެ ވައިޑް އޭރިއާ ނެޓްވޯކްގައި ހިމެނޭ 101 މެޖިސްޓްރޭޓޤ ކޯޓަށް ޖެމްސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑާއި (ދިރާގު) ގުޅިގެން ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ 'ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ ދަށުން މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ 101 މެޖިސްޓްރޭޓް ކޯޓަށް ސަރުކާރުގެ އީ-ގަވަރމަންޓް ނެޓްވޯކަށް އެކްސެސް ވެވޭނެ ގޮތް ހަދައި، ޖެމްސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ޑިޕާޓްމަންޓާއި، ދިރާގު އަދި އެންސީއަޓީ ގުޅިގެން ކުރަން ވަނީ ފަށާފައެވެ. އަދި ކޯޓުތަކާއި ޑިޕާޓްމަންޓާއި ދެމެދު ޤާއިމް ކުރާ ލިންކު މެދުވެރިކޮށް މި ޚިދުމަތް ކޯޓުތަކަށް ފޯރުކޮށްދެވޭނެ އެވެ. މީގެ ކުރިން މެޖިސްޓްރޭޓް ކޯޓު ތަކުގެ ތެރެއިން ޖެމްސްގެ ޚިދުމަތް ލިބެނީ ހަމައެކަނި އަތޮޅު ވެރިކަން ކުރާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އެކަންޏެވެ.


ޖެމްސްގެ ޚިދުމަށް މިމެޖިސްޓްރޭޓް ކޯޓުތަކަށް ލިބެން ފެށުމާއެކު، ދައުލަތުގެ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފެކްސްގެ ޒަރީއާއިން ފޮނުވުމުގެ ބަދަލުގައި ސްކޭންކޮށް ޖެމްސް އިން ފޮނުވުމުގެ މަގު ފަހި ވެގެންދާނެ އެވެ. މީގެ ސަބަބުން ކަރުދާސް ބޭނުންކުރާ ވަރު ވަރަށް ބޮޑުތަން ދަށްވެ ދައުލަތުގެ ޚަރަދުތައް ކުޑަވެގެންދާނެ އެވެ. 4 ސެޕްޓެމްބަރު 2016 ގައި މި މަސައްކަތް ނިންމާލެވި ޖެމްސްގެ އެކްސެސް ކޯޓުތަކަށް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.