ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާގުޅިގެން، ހުއްދަދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ހުއްދަދިނުމާގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހުއްދަދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ 01 ސެޕްޓެމްބަރ 2016 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި 160 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހުއްދަދިނުމަށް ކޮމިޓީން ނިންމެވިގޮތް:

ތަފްޞީލް

ޢަދަދު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ - ޝަރީޢަތާއި ޤާނޫނުގެ ބެޗްލަރޑިގްރީ ޙާޞިލުކޮށްފައިވާ

52

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ) - ޝަރީޢަތާއި ޤާނޫނުގެ ބެޗްލަރ ޑިގްރީ ޙާޞިލުކޮށްފައިވާ

62

Al-Azhar Univeristy – ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލުކޮށްފައިވާ

01

Islamic University of Madina - ޝަރީޢާ / އިސްލާމިކް ޝަރީޢާ އިން ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

03

International Islamic University Malaysia - ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

02

University of London -  ބެޗްލަރ އޮފް ލޯސް ޙާޞިލްކޮށްފައިވާ

07

The University of WARWICK - ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

01

Oxford BROOKES University - ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

01

Cardiff University - ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

01

University of READING - ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

01

University of West of England Bristol - ބެޗްލަރ އޮފް ލޯސް ޙާޞިލުކޮށްފައިވާ

01

ޖުމްލަ

132

 

ބޭރުގެ ޔުނިވަރސިޓީތަކުން ބެޗްލަރ ޑިގްރީ ޙާޞިލުކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން 02 ފަރާތަކުން ހުށަހަޅާފައިވާ ޑިގްރީ ސެޓްފިކެޓް ބަލައި ނުގަނެވޭނެކަމަށް ކޮމިޓީން ނިންމެވިއެވެ.  އަދި ލިޔެކިޔުން ފުރިހަމަނުވާތީ ބަލައިގަނެވެން ނެތް 03 އެޕްލިކޭޝަން ފިޔަވައި، 23 ފަރާތެއްގެ އެޕްލިކޭޝަންސް އިތުރަށް ދިރާސާކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ އިތުރުން ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ބައިވެރިވެވަޑައިގެންނެވިއެވެ.